ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީ މެންބަރަކު ތާއީދުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު އިންޑިއާ އައުޓް ޖަހާފައިވާ ޕޯސްޓަރެއް ހިފައިގެން ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާ، ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވަނީ އޭނާ އިންޑިއާ އައުޓް ހަރަކާތަށް ތާއީދުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ ހަކަރާތް ހުއްޓުވުމަށް ސަރުކާރުން ވަނީ މިދިޔަ މަހުގެ ތެރޭގައި ގަރާރެއްވެސް ނެރެފައެވެ.

އެއާއެކު މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައިހުރި އިންޑިއާ އައުޓް ބެނާތައްވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ނަގަމުން އަންނައިރު އިންޑިއާ އައުޓް ކެމްޕެއިނަށް ތާއީދުކޮށްގެން ސަރުކާރުން ބައެއް ސިވިލް ސާވިސް މުވައްޒަފުންނަށްވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

އެކަމަކު އެ ގަރާރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ގާނޫނާ ހިލާފަށް ނެރެފައިވާ ގަރާތެއް ކަމަށް ރާއްޖޭގެ ބައެއް ގާނޫނީ ވަކީލުން ބުނެއެވެ. އެހެންވެ އެ ގަގާރު ބާތިލުކުރަން އިދިކޮޅުން ވަނީ ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަރާ

    ސަޅި

    37
    1
  2. ރާކަނި

    ތިބޭފުޅާގެ ކުރީގެ އެކުވެރި ކުދިން ކޮޅު ގާތުގަ ބުނުވާ މަގާމުތަކުން އިސްތިއުފާދެވާށޭ އަދި ލަންކާ ކޮޅަޖެސެވުމަ އެކޮޅަ ވަޑައިގެނަވާށޭ

    26
    2
  3. ރާއްޖެތެރެ

    ސާބަހޭ ހުރިހާ ދިވެހިން ނިކުންނަން ޖެހޭ އަޑު އުފުލަން ޖެހޭ.

    1
    1
  4. Happy 1234

    ކަލޭ މިވަގުތުން އިސްތިއުފާދީފަ ރައްކާޥޭ😡😡😡