ސްރީލަންކާއިން ގެއްލުނު އުމުރުން ދުވަސްވީ ދިވެހި މީހާ ފެނިފައިވާ ކަމަށް ފޮރިން މިިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ލަންކާއިން ގެއްލިގެން ހޯދަމުން ގޮސްފައި ވަނީ އުމުރުން 62 އަހަރުގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ، އެ މީހާ ފެނިފައިވާ ކަމަށާއި، އާއިލާއާ އެ މީހާ ގުޅިފައިވާ ކަމަށެވެ.

އަދި ހައިކޮމިޝަން އޮފް މޯލްޑިވްސްގެ ކޮންސިއުލާ ސްޓާފް އޭނާއެކު ކޮލަމްބޯ ހޮސްޕިޓަލްގައި ހުންނެވި ކަމަށްވެސް ވިދާޅުވިއެެވެ.

އިބްރާހިމް އަލީއަކީ ގެއްލުމުގެ ކުރިންވެސް ކޮލަމްބޯ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އަދި އޭނާ ފެނިފައި ވަނީވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޮންސިއުލާ ސްޓާފް ދިޔައީ އެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލަކުންވެސް މައުލުމާތު ހޯދަމުން އެމީހާއާ ގުޅޭގޮތުން، އެގޮތުން އެނގުނީ އޭނާ އެ ހޮސްޕިޓަލްގައި ފަރުވާހޯދަމުންދާކަން"،

މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، އޭނާ ގެއްލިގެން އުޅުނު ދުވަސްވަރު އެއްވެސް އަނިޔާއެއް ލިބުނުކަން ނުވަތަ ނޫން ކަން ސާފް ނުވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަލްޙަމްދު ލިއްލާހި ޝުކުރު. ﷲގެ ރަޙުމަތްފުޅުން އަލްއަޚް އިބްރާހީމް ޢަލީއަށް އަވަސް ޝިފާއެެއް ދެއްވާށި އާމީން.

    65
  2. ޙައި

    އަލްޙަމްދު ލިއްލާހި ޝުކުރު

    40
  3. Anonymous

    ތިޔަ ކޮންސިއުލަރ ސްޓާފުން ގެއްލޭމީހުން ހޯދަން ވަރަށް މޮޅެއްނޫން؟؟؟ 1އަފުތާ ފަހުން ވިއްޔާ މިވަރުވެސް މިވީ، ހޮސްޕިޓަލްތައް ބަލަންވެސް ވިސްނުނީ!!!

    2
    1