ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށް ލުމަށް އަމުރުކުރީ، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، އެއީ އެމަނިކުފާނު ކުރެއްވި ކަމަށާއި، އެކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަގީގީ ލީޑަރުންގެ ފަރާތުން ފެންނަ ފިނޑި ވާހަކަފުޅުތަކެއް ކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މައުމޫނަށް ބޮޑެތި ތުޙުމަތުތަކެއް ކުރައްވައި އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ބޭބެ، މައުމޫން ހައްޔަރުކުރީ ކުށެއް ނުކުރައްވާ ހުންނަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރުކުރީ ދައުލަތުގެ ހައްގަކަށް އަރައިގަނެ، ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރުމުގެ އެންމެ މޭސްތިރިއަކަށް ހުންނެވުމުން ކަމަށެވެ.

ނަމަވެސް މައުމޫން ހައްޔަރުކޮށް ޖަލަށްލާން ނިންމީ އެމަނިކުފާނު ނޫން ކަމަށާއި އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމި ނިންމުމެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެ ވާހަކަތަކާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުން އެ ތާރީހުގައި ސަރުކާރު ވައްޓާލުމަށް، ނުވަތަ ސަރުކާރުގެ ގާނޫނީ ޙައިސިއްޔަތު ގެއްލޭގޮތަށް އެއްވެސް އަމުރެއް ނެރުއްވާފައި ނުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އެ ތާރީހުގައި ރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރުއްވާފައިވަނީ، އޭރުގެ ސަރުކާރުން ސިޔާސީ ޖައްބާރުކަމުގައި އެއްވެސް އަސާސެއް ނެތް ތުހުމަތުތައްކޮށް، ޝަރުއީ ދާއިރާއަށް ނޫފޫޒު ފޯރުވައިގެން އެކި ގޮތްގޮތަށް ބަންދުކޮށްފައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށް ކަމަށެވެ.

"ދެން އެ އަމުރުގައި ކަނޑައަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅުއްވާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުއްވި އެ ޢަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި އޭރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ގާނޫނާއި ހިލާފަށް އަމަލުކުރުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން މަޖުބޫރު ކުރިއެވެ. އަދި އެ އަމުރު ތަންފީޒު ނުކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި، ގާޒީން ހައްޔަރުކޮށް ޖަލައްލައި އަދި އޭރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލިއެވެ". އެ ޕާޓިގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައީސް މައުމޫނާއި ޕާޓީގެ ރައީސް އަހުމަދު ފާރިސް އާއި މި ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުހައްމަދު ނަދީމް އާއި މި ޕާޓީގެ އޮފީހުގެ މުވައްޒަފުން ހިމެނޭ ކަމަށެވެ.

އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް މައުމޫން އެއްވެސް އިރަކު މަސައްކަތް ކުރައްވާފައެއް ނުވެާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަކީ، ރައީސް މައުމޫންގެ ތާއީދާއިއެކު އެމަނިކުފާނު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިގެން ގެންނެވި ސަރުކާރެއް ކަމުން، ރައީސް ޔާމީންގެ ސަރުކާރުގެ އެތެރޭގެ ކަންކަން ހަމަމަގަށް ރުޖޫއަކުރެއްވުމަށް ސަރުކާރާއި ޕާޓީގެ އެތެރެއިން، އަދި ފަހުން ޕާޓީގެ ބޭރުން މަސައްކަތް ކުރެއްވިއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން، ރައީސް ޔާމީން އާއި ދެކޮޅަށް އެހެން ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހައްދަވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ، ގާނޫނު އަސާސީ އާއި ހާނޫނުތަކުގެ ބާރު ކަނޑުވާލައި، ކޮރަޕްޝަނާއި އެތައް ގޮތަކުން އަނިޔާވެރިކަން އިސްކޮށް، ގައުމު ހަމަ މަގުން ކައްސާލައިގެން ދާން ފެށުމުން އެކަންކަން އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށްފަހު، އެ މަސައްކަތްތައް ނާކާމިޔާބު ވުމުންނެވެ". އެ ބަޔާނުގައި ވެއެވެ.

ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލުމަށް އަމުރުކުރީ ރައީސް ޔާމީން ނޫން ވިދާޅުވި ނަމަވެސް، އެ ޕާޓީން ދެކެނީ އޭރު ސަރުކާރުގެ ބާރުތަކާއި، ނުފޫޒު އޮތް ގޮތުން އެ ކަމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެެތް ކަމަށެވެ.

"އެހެންކަމުން މިއަދު އެ ކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަގީގީ ލީޑަރުންގެ ފަރާތުން ފެންނަ ތިމާގެ ބާރުން ހިނގާ ކަންކަމުގެ ޒިންމާ ނެގުމުގެ ސިފަޔާއި ނުހަނު ބީރައްޓެހި، ފިނޑި ވާހަކަފުޅުތަކެކެވެ". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. މުފައްކިރު.

    މައުމޫނު ދައްކާ ވާހަކަ ރަގަނޅު ވާހަކަ ކަމަށް ދިވެހިން ގަބޫލު ކުރި ޒަމާން ވެއަތުވެ ހިގައްޖެ.

    11
    2
  2. ރަން ރީނދޫ

    މައުމޫންއަކީ ޖަލުން ނެރެން ހެޔޮވާވަރު މީހެއްވެސް ނޫން. ކޮއްފަ ހުރި ލާއިންސާނީ ކަނަކަމަށް ބަލާއިރު.

    10
  3. އުގުރި

    މައުމޫނު އެބަޖެހޭ ތިރީސް އަހަރަށް ޖަލަށް ލާން.

    45
    3
  4. މުފައްކިރު.

    ޔާމީން ވެރިކަމަށް އަތުވެދާނެތީ ބިރުން ދައްކާ ވާހަކަ. މައުމޫނަކީ މިހާރު މީހުން އިހުތިރާމް ކުރާ މީހެއްނޫން.

  5. ަވިނަރެސް

    މީނަގެ ބާބު ފެށުނީވެސް ކުއްވެރިވެގެން މަކުނުދޫން. ( ނާސިރު ދައުރުގަ ). ދެން ނިމޭނީ ކިހިނެއްކަމެއް ނޭގޭ. ޖަލަށް ލާނެ މޭ ބުނީމަ ހާދަ ބިރެއް ދޯ ތިގަންނަނީ.

  6. ޖ

    ޖަލުގަ ބަޑިޖަހާ މީހުން މެރި މައްސަލާގަ މައުމޫނު ޒިންމާނެގިތޯ ހަގީގީ ލީޑަރެއް ގޮތަށް؟

    10
  7. ލަމްހާ

    މައުމޫން ހުރީ ޖަލުގައިތަ؟ އަރާމާ އިއްޒަތާއި އަނބިންނާއި އެކު ރިސޯޓްގެ ބީޗުގައި ގޮނޑިއަޅާގެން ފޮތް ކިޔާލަން އޮންނާތީ ފެނިފައިވަނީ. ދުންޔާގެ އޮޓްމޯސްފިއަރ ރިސޯޓްތަކުގައި ވެސް އެބޭޅާ ޗުއްޓީ ހޭދަނުކުރާހާ އަރާމާ އުފަލުގައި. މައުމޫން އިރު ޖަލަށްލާ އަދަގޮޑި ޖަހާ ޖަލަށް މަރާ އާއިލާ ބިކަކޮށް ދުނިޔެއިން މޮޔަ ކުރި ކިތަންމެ ބަޔަކު މިއަދު މިފަސްގަނޑުގައި އަދިވެސް ފުރާނެ ނުގޮސް އަދުތޯ މާދަމާތޯ ރޮއިލަ ރޮއިލާ އެބަތިބި. އެމީހުން ފެނިލާނެ ރަށްރަށަށް މައުމޫންމެން ގޮސްލަބަލަ ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތު ފައިސާއިން ވިޔަސް

  8. Anonymous

    މައުމޫނާ މައުމޫނުގެ ދަރިން ދައްކަން މާކަ ތާހިރު ވާހަކައެއްނޫން ޖަލުތަކުގެ ވާހަކައަކީ. މައުމޫނަށް ބާރު ލިބިފައޮތް ދުވަހު ނުހައްގުން ޖަލަށް ލެވުނު އެތައްބަޔަކު މިއަދުވެސް ދުނިޔޭގަ އެބަތިބި. އެކަން ހަނދާން ނައްތާލާފަ މައުމޫނު ޖަލަށް ދާންޖެހުނީމަ މައުމޫނާ މައުމޫނުގެ ދަރިންނަށް އެކަން ހަޖަމެއް ނުކުރެވުނު. މައުމޫނު ކިތަންމެ ވަރަކަށް ދެކޮޅު ހެދިޔަސް މައުމޫނުގެ ކިބައިން ޕީޕީއެމް ވަކިކުރި ހިސާބުން ފެށިގެން މައުމޫނު ހުރީ ޔާމީނަކީ ދުޝްމަނަކަށް ހަދައިގެން ޔާމީނުގެ ދުވަސް ދުއްވާލަން ކެތް މަދުވެފަ. 1 ފެބްރުވަރީގެ ސުޕްރީމް ކޯޓުގެ އަމުރަކީ މައުމޫނު އިސްވެހުރެ ނެރުނު އަމުރެއް ނޫންނަމަ މައުމޫނާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވި ބަޔަކާ އެއްކޮށް މިއަދު މައުމޫނު ބައިއަތު ހިފައިގެން ނުހުރީސް.

  9. ފަޒާޔަ

    12/13ގަ ހިގާދިޔަކަންތައްތަކުންރެކި ބައްޕާފުޅުގެ ޅިޔަނުގެ ދަރިފުޅު އޭރުގެ އިދިކޮޅުމީހުންނާގުޅިގެން މުޅި މާލޭގަހުޅުޖަސަވަމުން ދުވަމުންޔައިރު މަންމާފުޅު ކާރީގައިންނެވީ ފިޓިވެގެން ދެތޯ

  10. އިދްރީސް

    އަދިވެސް ތިޔަ ޕާރޓީ ނުއުވޭތަ؟
    އަހަރެން ހީކުރީ މިހާރު ތިޔަ ޕާރޓީ އާއި އަދި ތިޔަ ފިކުރުވެސް މިގައުމުން މުޅިން އެއްކޮށް އުވިގެންގޮސްފިކަމަށް

  11. ބުޅިކެޑި30

    20ސެޕްޓެބަރުގަ ހިގާދިޔަކަންތައްތަކުގެ އިސްކޮން އުޅުނީ ޅިޔަނުގެ ދަރިފުޅު ހުޅުޖަހަމުދުވިއިރު ބައްޕާފުޅު ހުނެވީ ހަނު

  12. ނާދިރާ

    މައުމޫނޫ ޖަލަށް ލުމަކީ ޙަރާމް ކަމެއްތަ. ކުށެއް ކޮށްފިއްޔާ ޖަލަށްވެސް ހުކުމް ކޮށްފާނެ.

  13. ޢިޔާބު

    އެމްއާރްއެމް ކިޔާ ސިޔާސީ ޕާޓީއެއް އޮވޭތަ. މިގޭ ދޮށުގަވެސް އެބައޮތް 2 ބުޅާ. އެވެސް ސިޔާސީ ޕާޓީއެއް ހަދައިގެން ކަމަށް ވެދާނެ

  14. ބޮޑީ ގާރޑު

    7ފެބްރުއަރީ ޖަރީމާ އިސްމޭސްތިރަކީ ހަމަ މައުމޫން.ފަޑިޔާރު އަލީ ހަމީދު އަށް ގުޅާފަ އަރަބިން ވާހަކަދަށްކަނި ނުކިޔަވާ ކުދިން ކަމަށް ހީކޮށްތަ.

  15. ސަޢީދު

    ރަނގަޅު ވެރިއެއްގެ ކިބައިގައި ހުންނަންވާ ގިނަ ކަންކަން ޔާމީން ގެ ކިބަައިގައި ނެތް. ނަސީބެއް ޤައްޔޫމް ސީދީ ދުނިޔޭގއަި ނެތްކަން. ނޫނީ ބައްޕާފުޅު ވެސް ޖަލަށްލީސް، ހެޔޮ ނަސޭހަތް ދޭތީއޭ ކިޔާފައި.

    11
  16. Anonymous

    ބޭކާރު ވާހަކަނުދައްކާ 30 އަހަރުވަންދެން ދިވެހިރައްޔަތުން ޖަލައްލާ ބޮޑެތި އަނިޔާތަކެއްކުރިމީހެއް އެއީ އެޭނަ އެބަޖެހޭ ޖަލައްލާން

  17. އިސްޢާފް ސަލީމް

    މައުމޫނު ޔާމީންގެ ވެރިކަން ވައްޓާލުމަށް އިދިކޮޅާގުޅިގެން މައިފޯއްޔެއްގެގޮތުގައި ފާޅުގައި ކުރި މަސައްކަތާ ، ބޮޑު ހަނދުކޭތައެއްހިފާ ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދީ ބަންދުގައިތިބި ބަޔަކު ދޫކޮށްލިގޮތާ ، މަޖްލިސްގެ 12 މެމްބަރުން ގަނެ އެބައިމީހުންނަށް ފައިސާ އަޅާލިގޮތާ ، ތަޙްޤީޤަށް ފޯނު ދޭން އެދުމުން ނުދިންގޮތާ މިހުރިހާކަމަކަށް ބަލާއިރުި މައުމޫނަށް 25 އަހަރުގެ ޖަލުޙުކުމެއް އަންނަން ޖެހޭނެ! އެއީ ޔާމީންގެ ވެރިކަންކަމުގައިވިޔަސް މައުމޫނަށް ލިބުނީ 100 ޕަސެންޓް ޙައްޤު އަދަބެއް! މައުމޫނު ޖަލަށްލީ ޔާމީންކަމުގައިވާނަމަ އެކަމުން އެގޭ ކަމަކީ ޔާމީންގެ ޢަދުލުވެރިކަން. ޢަދުލުއިންޞާފް ޤާއިމުކުރުމުގައި ޔާމީން ވާއަތުފަޔަށް ބުރަ ނުވާނޭކަން.

  18. ސާސ

    މައުމޫނު ޖަލުން ނިކުމެއެހެރީ ނާޖާއިޒް ނުފޫޒުން ކަމަށް ގަބޫލުކުރެވޭ. ކުށް ސާބިތުވެގެން ޖަލައްލާފައި ހުއްޓާ ނާޖާއިޒުކޮށް އިންސާފުން ބޭރުން ޖަލުން ނެރެފަ އެހެރީ ކަމަށް ބެލެވިދާނެ. އެހެންވާނަމަ އޭނާ އަލުން ޖަލައް ދާންޖެހޭ.

  19. ހަވާސާ ހަމީދު

    ރައީސް މައުމޫން އެޖެހިވަޑައިގަންނަވާ ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަންނަވާން، ފުރަތަމަ ސަބަބަކީ މަނިކުފާނުގެ އެއްވެސް ދަރިޔަކު/ދަރިކަނބަލަކުގެ ގައިގާއި ރައްޔަތުން ގޮވައިގެން އުޅެވޭނެވަރުގެ އުރައްޕަތެއްނެތުން! ދެވަނަ ސަބަބު މަނިކުފާނުގެ އުމުރުފުޅު މިހާރު އެޖޯސާފޯރިނެތުން! ތިންވަނަ ސަބަބު މަނިކުފާނަށް ގިނަރއްޔަތުން ކުރާ އިކުތިރާމު ދެމެހެއްޓުން!

  20. ދާމިސް

    މައުމޫނަކީ މިދުނިޔެމާތީގައި އުފެދުނު ވެރިކަމައް ދަހިވެތިވި ދައްޖާލެއް 30 އަހަރު ރައްޔިތުން އުޅުނު ބިކަހާލު ދެކިބަލަ!!

  21. Anonymous

    މިގައުމައް އޮތް ހަމައެކަނި ހައްލަކީ 30 އަހަރުގެ އަނިޔާ ވެރި މައުމުން ދިގުމުއްދަތަކައް ޖަލައްލައި ޖަލުމަސައްކަތައްނެރުމެވެ،

  22. ރާއްޖެތެރެ

    ރައިސް ޔާމިން ހެދީ ރަނގަޅައް. ރިސްވަތު ދީގެން ވެރިކަން ވައްޓާލަން އުޅުނީމަ ވާނީ މިހެން.

  23. މަންތިރި

    މައުމޫނު ޖަލަށްލީ ކޯޓުން ކުރި ޙުކުމެއް ތަންފީޒު ކުރުމަށް! ޙުކުމް ތަންފީޒު ކުރުމުގައި މައުމޫނެއް، ޔާމީނެއް ތަފާތު ވެގެން ނުވާނެ! ނަޝީދެއް ޤާސިމެއް ތަފާތުވެގެން ނުވާނެ! ޢިމްރާނެއް ދައްޖާލެއް ތަފާތުވެގެން ނުވާނެ! ޖަލަށްލީ ބޭއިންސާފުން ނަމަ، އިސްތިއުނާފު މަރުހަލާތައް ފުރިހަމަކޮށް އެކަން ސާބިތުކޮށްދިނީސް! އެބަހީ، ގޯހޭ ތިބުނާ ޔާމީނު ވަނީ އުށޫލެގެ ތެރެއިން ޔާމީނުގެ މައުސޫމުކަން ސާބިތުކޮށްދީފަ! ދެންފަހެ، މައުމޫނު ޖަލަށްލީ ޔާމީނުކަމުގައި ވިޔަސްވެސްމެ، ޔާމީނުއަކީ ޢަދުލުވެރި މީހެކެވެ. އެހެނީ މިރާއްޖޭގެ ހުރިހާ ވެރިންވެސް، މިހާރު އިބުރާހީމް މުޙައްމަދު ޞާލިހު ރައީސް ވެސް ޢަދުލު އިންޞާފު ޤާއިމުކުރައްވަނީ ޢާއިލީ ގާތް ތިމާގެ އެކުވެރި ރަޙުމަތްތެރިން ކެޓަގަރައިޒް ކޮށްގެންނެވެ. ޔާމީނުގެ ގޯސް ކަމަކީ ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަ ކުރުމެވެ. ޥައްﷲ އަޢުލަމް!!!

  24. އާދަނު

    - މައުމޫނުގެ ވެރިކަމުގައި:
    - ނައިފަރުދޮހޮއްކޮ ޖަލައްލީ "މިނޫން އެހެންވެރިކަމެއް ބޭނުމޭ" ބުނެގެން.
    - ލަޠީފްބޭ ޖަލަށްލީ މައުމޫނުގެ އަތަށް ސިޓީއެއް ދީގެން
    - ބަނޑަވެރި ޖަލަށްލީ މައުމޫނަށް ލިޔުނު ސިޓީއެއްގެ ކޮޕީ ބަނޑަވެރީގެ ބެލެނިވެރިޔާއަށް ދީގެން
    - ތިއްތިބޭ ޖަލަށްލީ "ކުދިމީހުންނަށް ކުޑަކޮށް ބޮޑުމީހުންނަށް ބޮޑުކޮށް" މިހެން ބުނެގެން
    - އިއްބެއަތުން ވެރިކަން ނަގާ ޖަލަށްލީ " މި އެބަވޭތަ މިނިވަންވޯޓަކަށް" މިހެން ބުނެގެން
    - ޔާމީންގެ ވެރިކަމުގައި:
    - މައުމޫނު ޖަލަށްލީ ވެރިކަން ވައްޓާލަން ފާޅުގައިނުކުމެ ރިޝްވަތުދިންކަން ފަޅާއަރާ ހެކި ނައްތާލަން އުޅުމުން

  25. ދަރި

    މައުމޫނަށް ހީވެލައްވަނީކަންނޭގެ އެމަނިކުފާނުވެރިކަން ކުރެއްވިގޮތަށް އެހެންފަރާތްތަކުންވެސް
    ވެރިކަންކުރައްވާނެކަމަށް އޭރު ތިންބާރުވަކިވުން އޮންނަނީ ނަމެއްގައި އެހެންވީމަ ކުޑަކާފު،ބޮޑުކާފް ހުރެ ދިގު30 އަހަރު ވެރިކަންކުރެއްވީ މިފަދަ ދިގުމުއްދަތެއްގައި ގައުމަށްލިބުނުކުރިއެރުމާ،ތަރަށްޤީ ރ. ޔާންމީގެ ވެރިކަމުގެ ކުޑަދުވަސްކޮޅާއެއްވަރުތޯ އަމިއްލައަށްނުކުރައްވާއޮތްކަމެއްގެ ނުވަތަ ނުކުރެވިއޮތްކަމެއްގެ ނުވަތަ ކުރަންނޭގުނުކަމެއްގެ ރުޅިއާއިހަސަދަ އެކަން
    ކުރެއްވި ފަރާތަކަށް ނުބާއްވަވާ ކޮންމެކަމެއް ވަޔަށް،ޖައްވަށް،ހަވަޔަށް،ފަޒަޔަށް ބަޑިޖެހިގޮކަށްނުވާނެ

  26. އުސާމާ

    ކައްޒާބު. ދޮގު ހަދާހަދާ މޫނުގެ އަލިކަން އެހެރީ ކެނޑި އަނދިރިވެފަ