ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަންގާރަ ދުވަހު ދެއްކި ވާހަކަތައް ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް އެމްއެއާރްއެމް އިން ގޮވާލައިފިއެވެ.

އެ ޕާޓީން މިގޮތަށް ބުނެފައި ވަނީ، ވިލިމާލޭ އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި އިއްޔެ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދިގު މުއްދަތެއް ވަންދެން ޖަލުގައި އޮންނަވަންޖެހޭނެ ކަމަށެވެ. އެމަނިކުފާނު މިގޮތަށް ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވާފައިވާ ގަރާރައި ގުޅިގެން ދެއްކެވި ވާހަކަތަކުގައެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ގިނަ ދުވަސްވެފައިވާ ފަރާތްތަކުން އިދިކޮޅު ފަރާތްތަކާއި ކުރިމަތިލާން ނިކުންނަން ބޭނުން ނުވާ ކަމަށާއި އިދިކޮޅު ފަރާތްތައް ތަޅާ ސުންނާފަތި ކުރަމުންދަނީ އަލަށް ވެއްދި ފުލުހުންތަކެއް މަގުމައްޗަށް ނެރެގެން ކަމަށެވެ.

"ހާލަތު ބަދަލުވާނެ. މާތްﷲ ގެ ނިންމެވުމަކަށް ގޮންޖެހޭނެ އެއްވެސް ބަޔަކު ނޫޅޭނެ. ތި ސީޕީ ހަމީދު ވެސް ޖެހޭނީ ގެއަށްދާން. ނޫނީއްޔާ ދިގު މުއްދަތުގައި ޖެހޭނީ ޖަލުގައި ހޭދަކުރަން" ޔާމީން ވިދާޅުވިއެވެ.

އެ ވާހަކަތަކާއި ގުޅިގެން އެމްއާރްއެމް އިން ބުނީ، ރައީސް ޔާމީން މަގާމުގައި ހުންނެވިއިރު ވެސް ކަން ކުރެއްވި ފަދައިން، ދެންވެސް ވެރިކަން ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ހުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލަށް ލާނެ ފަދަ މޭރުކަމުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް އެ ޕާޓީން ކުއްވެރި ކުރާ ކަމަށެވެ.

އަދި އެވާހަކަތައް ފުލުހުންނާއި ކަމާބެހޭފަރާތްތަކުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ވަނީ ގޮވާލަފާއެވެ.

"ރައްޔިތުންގެ ކުރިމަތީ، ހުރިހާ ރައްޔިތުންނަށް ފެންނާނެހެން ހިނގާފައި ހުރި ކަންކަމުގައި ދޮގުހަދައި، ހަގީގަތް އޮޅުވާލަން މަސައްކަތްކޮށް އަނިޔާވެރިކަން އިސްކުރާނެ ކަމުގެ އިންޒާރުދިނުމަކީ ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އިހްތިރާމް ނުކުރާ ކަމުގެ ހެއްކެކެވެ. އެފަދަ ކަންކަން ކޮށްއުޅެނީ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބަޔަކު ކަމަށް ދެކިގެން އަނިޔާވެރި ވެރިކަން ހިންގާ ވެރިންނެވެ". އެ ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ވަނީ އެފަދަ ވާހަކަތަކަށް ނުހެއްލުމަށާއި، ސިޔާސީ ދަހިވެތިކަމުގައި ދައްކާ އެފަދަ ވާހަކަތަކުގެ ދަޅައިގައި ނުޖެހުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ލޮލް

    މިގައުމަށް ޢަދުލުވެރި ވެރިޔަކު އިންތިޚާބުވާ ދުވަހަކުން 1978ކުން 2023އަށް ވެރިކަން ކުރި ހުރިހާ ރައީސުން ތިބޭނީ ޖަލުގައި.

  2. ޙުސައިން މޫނާބޭ

    ތިޔަ އެމްއާރުއެމް އަކީ ޕާޓިއެއްނޫން !

    16
  3. ޥަގުން

    ބެއްޔާެއެވެ. ޛޖއްވަށް ހަވަޔަށް ފަޒާއަށް ބަޑި ޖެހިގިތް ތަހުގީގުކޮށް ފިޔަވަޅު އެޅުން މާއައުލާކަން ބޮޑުނޫންތޯ. ޥަގުފޯމް ފުރާގެން 3000ހަމަކުރިގޮތް ތަހުގީގުކުރަން ކިހެނެްތޯ

    11
  4. ބޭބެ

    ތިޔަ ވާހަކަ ހަމަ ރަނގަޅު، އިންޒާރު ދީގެންނުވާނެ، ސިޔާސީ ލީޑަރުން ކުރާ އެފަދަ ކަންކަން ތަހުގީގުކޮށް ފިޔަވަޅުވެސް އަޅަންވީ އެކަމަކު ތަރުތީބުން، ފުރަތަމަ ރައީސް ނަޝީދު ހިންގި ޖަރީމާތައް 2004 ކުން ފެށިގެން މިހާތަނަށް ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ހުޅަނގުގެ ޑިމޮކްރަސީ ގެނެސްގެން މުޅި ޤައުމު ހަލަބޮލިކޮށް ދެދޭ މީހުންނާއި އާއިލާތަކުގައި އޮތް އެކުވެރި ބަދަހި ގުޅުންތައް ކަންޑާލާ އިސްލާމި ރީތި އާދަކާދަ ތަކާއި އަޚުލާގު ދިވެހިންގެ ކިބައިން ގެއްލުވަލިގޮތް ބަލާ ފިޔަވަޅު އަޅަންޖެހޭނެ، އަދި ހަމަ އެހެންމެ ދިވެހިރައްޖެގެ އެންމެ މަތީ ކޯޓުގެ ހުރުމަތް ކަނޑާލާ މައުމޫނު އެތަނަށް ވަދެ އެއިރު އޮތް ރައީސް ޔާމީނުގެ ޤާނުނީ ވެރިކަން ވައްޓާލުމަށް ކުރި ޣައިރުޤާނޫނީ ޖަރީމާތަކާއި، އޭގެކުރިން މައުމޫނުގެ ވެރިކަމުގައި ދިނީ އިލްމުވެރިއެއްގެ ތާޖު އަޅުއްވައިގެން ހުންނަވާ އިސްލާމްދީން ރައްޖޭގައި އޭގެ އެންމެ އެކަށޭނަ މިންވަރަށް ނަގަހައްޓައި ނުދެވުނުތާ ކަންބަލކަންބަލުންގެ އޮރިޔާންވެސް ނިވާކށްލަ ނުދެވުނުކަންވެސް ބަލައި ފިޔަވަޅު އެޅުން، .. . ދެން ރައިސް ޔާމީނު ދެއްކި އެވަހަކަ މިވާހަކަ އަދި އެމަނިކުފާނު ވައްކަން ކުރެއްވިނަމަ އެކަން، ދެން ސޯލިހު ރައްޖެގެ މިނިވަންކަން ވިއްކަލަމުން ދާގޮތް. ވަރަށް ސަލާމް

    13
    1
  5. އުގުރި

    ޔާމީނު ދެއްކި ވާހަކަ އަލުން ބެލިޔަސް ހަމަ ގެންދާނީ މައުމޫނު..

    15
  6. އާމިރު

    ފިޔަޅު އަޅަންވީ މައުނަށް ރއްޔިތުން ގުބޯ ހައްދައިގެން 30 އަހަރުވަންދެކަށް ގެންގުޅުނީމަ!ފ މަގޫދޫގެ ކިރުދޭ ސަރީއަތަކާ ނުލައި ޖަލަށްލީތީ! ސަރީއަތަކާ ނުލައި މަގޫދޫގެ ބައެއް ރައްޔިތުން ހދ ށް އަރުވާލީތީ ލަދުން ބޯހަލާކު! މީ މާމޮޅު ދީނީ ޢިލްވެރިއެކޭ އަމިއްލައަށް ކިޔައިގެން އުޅޭ ހަޔާތުގެ ކުޑަމިންވަރެއްވެސްނެތް މީހެއް! އެމް އާރު އެމްގައި ބައިމިލިޔަނެއްހާ މެންބަރުން ތިބޭ އެހެންވީމައި ކިހާ ބާރު ގަދަވާނެތަ! ކަޑުކޮސް ކަޑުކޮސް

    13
  7. ހަސަންބޭ

    ލަދުގަތީދޯ؟ އަމިއްލަ ކުށުން ޖަލަށްދާންޖެހުނު ވާހަކަ ހިއްވަރުގަދަ ގަޓު ރައީސް ޔާމީނު ވިދާޅުވީމާ!

    11
  8. ބައްޕާފުޅު

    ތިދެން ޕާޓީއެއްތަ؟ 3000 މީހުން ހަމަ ކުރެވޭތޯ އުޅެބަލަ.

    12
  9. އދ

    ޔާމީނު ދެއްކެވީ ތެދުވާހަކައެއް އެއި ކުރަންޖެހޭކަމެއް

    12
    1
  10. ޒާ

    މައުމޫނަށްވުރެން އަނިޔާވެރި ވެރިއަކު މިގައުމުގައި ވެރިކަން ކުރިތޯ؟

    9
    1
  11. އަލީމު

    ހާދަބިރެކޭ ދޯ ތިގަންނަނީ . ޔާމީނަށް ވެރިކަން ލިބިދާނެތީ. މީހަކު ކަލޭ ޖަލަށް ލާނެމޭ ބުނީމަ ހަމަ ތުރުތުރު އަޅަނީ ދޯ. ޔަގީން ތާ ކުށެއްކޮއްފިޔާ ހުރިހާ މީހުން ވާނީ އެއްވަރު.

    10
  12. މަ

    ސުވާލަކީ، މައުމޫނު ވެރިކަމަށް އައުމުގެ ކުރިން ޖަލަށް ލީ ކީއްވެތޯ؟ މައުމޫނު މަކުނުދުއަށް އަރުވާލީ ކީއްވެތޯ؟ މައުމޫނުގެ މަކަރުވެރި ރޭވުމުން އިބްރާހީމް ނާޞިރުގެ ވެރިކަން ފޭރިގަނެ ރައްޔިތުން ގުނބޯހެއްދީ ކީއްވެތޯ؟

    11
  13. ގޮޅާ

    މިބައްޕާފުޅުގެ ޒަމާނެނޫން މިއީ ޑިމޮކްރާތީޒަމާން މިހަކުއެޗެބުނާއިރަ ޖަލަލާންދޯ މިހެންވެސް ބުނެލީ ތިއާއިލީ ޕާޓީއަކަންވާތީ

  14. ނާނި

    މައުމޫނަށް ފިޔަވަޅު އަޅަންވީ،

    10
  15. ދުނިޔާ

    ޖައްވައް ފަޒާ އައް ހަވާ އައް އަމަޔައް

  16. Anonymous

    ކަލޭމެންތީ އަލިފުންތަ

  17. ކާފަބޭ2020

    ތިޔަވާހަކަދައްކަން އެންމެތާހިރުމީހާތިޔައީ! "މިނޫން ވެރިކަމެއް" ކުރާތަންދެކެންބޭނުމޭބުނެގެން މުސްކުޅިއަކު ޖަލަށްލީހަނދާ ތިބޭޅާނެތަސް އަޅުގަނޑުއެބަހުއްޓެވެ. ވީމާ ފުރަތަމަތަހްގީގުކުރަންވީ އަމީންދީދީގެކަންތައްފަސްކޮށްފަ ތިބޭޅާގެސަބަބުން އެކިއެކިފަރުދުންނަށްލިބުނުގެއްލުންތަކާއި ދައުލަތަށްލިބުނުގެއްލުންތަކެވެ. ޅިޔަނުމެދުވެރިކޮށްކުރިވައްކަން އަދި މަރްހޫމްނާސިރުގެ މިލްކިއްޔާތަށްވީގޮތް ތަހުގީގުކޮށްދޭން ގޮވިއްޔާމާތާހިރުވާނެއެވެ. ޔަޤީންވާކަމަކީ މުދާތަކާއާރާބާރުން އެކަކަށްވެސް" މަރުން" ސަލާމަތްނުވެވޭނެކަމެވެ.

  18. ޟޯލިޙު

    މައުމޫން އަކީ މިހާރު މާޒީ.... މޑޕ އާ އެއްސަފަކަށް އެރި ދުވަހުން ފެށިގެން ޓާޓާ ކިޔައިފިން....

  19. ބަކުރު

    ރައީސް ޔާމީނަކީ މިގައުމުދުއް ތަރަށްގީގެބާނީއެއް ރަށްޔަތުންގެޖީބުތަށް ތަނަވަސްކޮށްދެއްވި ގައުމުއާއުސްމިނަކަށް ދަންމާލި ހީވާގި ކުޅަދާނަބަތަލެއް ( ކަލޭކަހަލަ ކުޑަކާފު ބޮޑުކާފުގެ ޖަރީމާ ހިންގި ވެރިއެއްނޫން އަދިވެސް މިގައުމު އެދި އާދޭސް ކުރަނީ ރައީސްޔާމީން ވެރިކަމަށް އައުން ﷲ ރަހުމަތުން އެކަންވާނެ ކުޑަކާފު ކޮމެޓީ ބޮޑުކާފު ކޮމެޓީ ބަލަންތިބޭ ބަލަންތިބޭ........؟؟؟؟؟؟

  20. މޯޱު

    ޔާމީނު ހައްޔަރު ކުރަންޖެހޭ ފުލުހުންގެ މުވައްސަސާ ބަދުނާމު ކޮށް ގައުމީ ސަލާމަތް ނުރައްކާވާއިރު ފިޔަވަޅު އަޅަންޖެހޭ

    11
  21. ބަޑަންޑޫ

    ސުބުހާނަﷲ ހާދަހާ އަނިޔާވެރި އިންސާނެކޭމީދޯ މާތްﷲގެ ވާގިފުޅާއި އިރާދަފުޅުން ދެން ދުވަހެއްގެ ޒަމާނެއްގެ ކޮޅުންވެސް ދިވެހިރައްޔިތުންގެ މައްޗަށް އަމުރުވެރި މަގާމަކަށް މިއިންސާނާ އިސްނުކުރައްވާފާނދޭވެ

  22. އިސްޢާފް ސަލީމް

    އެމްއާރު އެމް އޮތީ ތިންބައިކުޅަ ދެބައި ވަޅުލެވިފައި! ބުރަދަނެއް ނެތް!

  23. ނސ

    މައުމޫނު ޖަލުން ނެރެފައި އެހެރީ ކޮން ގާނޫނީ ހަމައެއްގެދަށުންތޯ ތަހުގީގުކޮށް ބަލަން ގޮވާލަން.

  24. Anonymous

    ފިޔަވަޅު އަޅަންޖެހެނީ އަދިވެސް ކަލެއަށް..

  25. ސސ

    ދެންވެސް ވެރިކަން ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ހުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލަށް ލާނެ. އެމްއާރުއެމްގެ ބޭފުޅުންނަށް މިސަރުކާރުން ކުރާ ތިބުނި ކަންކަން ނުފެންނާތީ ހައރާނެއްނުވޭ

    7
    1
  26. ޟ

    އެމް.އާރ.އެމް ހާދަ ބިރެއް ގަންނަނީ. ޖަލު ބޮދުކުރަަނެ ހަމަ. ޢަދި ކަލޭމެން ކޯޓުތަކަށް އަތްބާނާގެން ނެރުނު ހުކުމްތަށް މުރާޖަ ކުރާނެ، އަދި އަތްބޭނި މައްސަލަޔާ ގަައުމު އަޅުވެތި ކުރުމުގަ ބައިވެރިިވި މައްސަލަޔާއާއި އޮޅުވާލައިގެން މީހުން ޕާޓީޔަށް ވައްދާ މައްސަލަވެސް ބަލާނެ.