ހދ. ކުމުންދޫގައި ވައްކަން ކުރުން ހައްދުފަހަނައެޅުމުން ރައްޔިތުން ސަމާލުވުމަށް ކައުންސިލުން އަންގައިފިއެވެ.

ކުމުންދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެރަށުގައި ވައްކަން ކުރުން އާންމުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭ ކަމަށް ކައުންސިލަށް މައުލޫމާތު ލިބިފައިވާކަމަށާއި، އެހެންކަމުން އެކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ގެތަކުގައި ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ބެހެއްޓުމުގެ ބަދަލުގައި ބޭންކު އެކައުންޓުތަކުގައި ފައިސާ ބެހެއްޓުމަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި މީހުން ގޭގައި ނޫޅޭ ވަގުތުތަކުގައި ގެތަކުގައި ތަޅުލާފައި ބެހެއްޓުމަށް އެ އިއުލާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެފަދަ ހާދިސާއެއް ހިނގައިފި ނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ވަނީ އެދިފައެެވެ.

މީގެ އިތުރުން ވިޔަފާރިތައް ކުރާ ފަރާތްތަކުން ސީސީޓީވީ ކެމެރާ ހަރުކުރުމަށާއި، މުދަލުގެ ރައްކާތެރިކަމަށް ސަމާލުވުމަށް އެ އިއުލާނުގައި ވަނީ އެދިފައެވެ.

އަދި ކައުންސިލަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި ފުލުހުންގެ ސަމާލުކަމަށް ގެނެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގާ ބަލަމުންދާކަމަށް އެކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ދާދި ފަހުން ވަނީ ކުމުންދޫގެ ދެ ދަނޑަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައެެވެ. އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުހައްމަދު

    ތިލަހަލަ މައްސަލަތައް ހުސައަަޅަން ޖެހޭނީ ޕޮލިސް އައް ކައުންސިލްއަކީ މައްސަލަބަލާތަނެއްނޫ

  2. އައްދެ

    ބެންކުން ވެސް ވައްކަން.

  3. ވަހުތާން

    ތިޔައީ މިހާރު ކުމުންދޫގައި ގާކޮޅު ނުބާއްވާތީ ކުރާކަމަކަށްވާނީ.

  4. ހާލުފޮޅި

    ބެންކުގަ ބެހެއްޓީމަ އޮތީ ކޮން ޔަޤީންކަމެއް... ވަގަށްނަގާ ހުސްކޮށްފަ އެއްބަހެއް ނުވޭ، އެންމެ ރުފިޔާއެއްވެސް އަނބުރާ ނުލިބޭ . .

  5. ސުމަން

    ތިކަމެއްނުހގުއްޓުވޭނެ.ސަރުކާރުގެ މާބޮޑު ސަމާލުކަމެއްނެތް.ބޮޑެތި ކުށްވރިން ދޫވާއިރު ސަރުކާރުން އެކަން ހައްލުކުރަން މަސައްކަތެއް ނުކުރެވޭ..

  6. ކުޅިރިހާކުރު

    ކޮބާ މެމްބަރު ރާއީ ސަރ