ހެލްތް މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖޭގައި ހިޖާމަ ކްލިނިކް ނުހިންގޭނެ ކަަމަށް އަންގައިފިއެވެ. މިގޮތަށް އެންގިއިރު، ރާއްޖޭގައި މިހާތަނަށް އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކަށް އެ ހުއްދަ ދީފައި ނުވާ ކަމަށް ވެއެވެ. އެހެންކަމުން އެކަން މި އޮތީ މިހާރު މަނާ ވެފައެވެ.

އެގޮތަށް އެ މިނިސްޓްރީން އަންގާފައިވާކަން ހާމަކޮށްފައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރަމުން އަންނަ ފަޒީ ހިޖާމަ ތެރަޕީންނެވެ.

ފަޒީ ހިޖާމަ ތެރަޕީން ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓޭއްގައި ބުނެފައި ވަނީ ހެލެތް މިނިސްޓްރީން އޭނާއާ ބައްދަލު ކުރުމަށްފަހު މިއަދުން ފެށިގެން ހެލްތް މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖޭގައި ހިޖާމަ ކްލިނިކް ނުހިންގޭނެ ކަމަށް ކަމަށެވެ.

"ވީމާ އަޅުގަނޑުގެ ހިޖާމަ ތެރަޕީ ހުއްޓާލައިފިން". އެ ޕޯސްޓްގައި ވެއެވެ.

އެ ޕޯސްޓްގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ހިޖާމަ ޖަހާ ތަނެއް ހެލްތް މިނިސްޓްރީގައި ރެޖިސްޓަރވެފައި ނުވާ ކަމަށާއި، ރާއްޖޭގައި އެއްވެސް މީހަކަށް ހިޖާމަ ޖެހުމަށް ހެލްތުން ހުއްދަވެސް ދީފައި ނުވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި މިކަން ކުރާނަމަ އެ މިނިސްޓްރީން އެންގުމަށް އޭނާ ވަނީ ހަނދާން ކޮށްދީފައެވެ.

"ނަމަވެސް ސެޓްފިކެޓާއެކު ހުށަހެޅުމުން ހުއްދަ ލިބޭނެ ކަމަށް ވިދާޅުވި، އަޅުގަނޑު ކޯސް ނިމި ހުއްދަ ލިބުނުހާ އަވަހަކަށް ކްލައިންޓުންނަށް އެކަން އަންގާނަން". ފަޒީގެ ޕޯސްޓްގައި ވެއެވެ.

"ފަޒީސް ހިޖާމާ ތެރަޕީ" އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގެ ހިޖާމާގެ ފަރުވާ ދެމުން އަންނަ އެއް ތަނެވެ. 2019 ވަނަ އަހަރު ވެސް ހެލްތް މިނިސްޓްރީން ވަނީ އެ ތަން ބަންދު ކުރުމަށް އަންގާފައެވެ. ނަމަވެސް އެ ފަހުން އެކަން ހުއްޓުވުމަށް އިތުރު ކަމެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ކަދުރު

    ދެން ހުއްދަ ނެގީމަ ނިމުނީނުން! އެއީ ހަމައެކަނި ޑޮކިއުމެންޓް ތަކެއް ފުރާލުން ނޫންތޯ!

    61
    6
    • ައަލަށް

      ޙިޖާމާ ޖަހަން އެނގޭ، ޙިޖާމާގެ ތަޖުރިބާހުރި މީހުން އެބަތިބި. ކުއްލި ގޮތަކަށް މިހެން ހުއްޓާލީމަ އެލިބެނީ ވަރަށް ބޮޑު ގެއްލުމެއް އެންމެނަށްވެސް. ސުންނަތުން ޘާބިތުވާ، الله ގެ އިރާދަފުޅާއެކު އެތައް ބައްޔެެއްގެ ޙައްލު ލިބިގެންދާ ފަރުވާއެއް މިއީ.. 😥

      60
      4
      • ގެރި

        ސުންނަތުގައިވާ ހުރިހާ ކަމެއް ދެން ހުއްދައެއް ނަގަންތޯ ޖެހެނީ. ރޯދަ ހިފުމަކީ ސިއްޙަތަށް ފައިދާ ހުރި ބަލިތައް ޖެހުމާ ދުރުވާ ކަމެއް ކަމަށް އިލްމުވެރިން ފަތުވާދޭ، އެހެންވީމަ ހުއްދަ ނަގަންތޯ ޖެހެނީ؟ ޤުރްއާނުން ޝިފާ ލިބޭ ވާހަކައާއި އެ ކިޔަވާ އެ އަޑު އެހުމުން ޝިފާ ލިބޭ ވާހަކަ އޮވޭ، އެހެންވީމަ، މީހަކު މުސްހަފެއް ގަނެގެން ގޮސް އެ ކިޔަވައިގެން ޝިފާ ނުލިބިއްޖެ ނަމަ މުސްހަފް ވިއްކުން މަނާކޮށްލަން ވީތޯ؟ ކަޅުދިރީގައި ވެސް މަރު ފިޔަވާ ކޮންމެ ބައްޔަކަށް ޝިފާވާ ކަމަށް ސައްޙަ ހަދީސް ތަކުން އައިސްފައިވޭ، ދެން ކަޅުދިރި ގަނަގެން ގޮސް އެކައިގެން ޝިފާ ނުލިބުނީމަ ފިހާރަ ލޮކް އަޅުވާލަން ވީތޯ؟؟؟

        ސުންނަތާ އެއްކޮޅުތޯ ދެކޮޅުތޯ މިވަނީ؟؟

        10
        • މުދިމު2

          ތިބޭފުޅާ ރޯދަހިފަނީ ވިޔަފާރި އުސޫލުން ކަމަށް ވާނަމަ ހުއްދަނެގީމަ ރަނގަޅު ވާނެ..ފަޒީ ހިޖާމާ ޖަހަނީ ކުލިނިކެއް ހުޅުވައިގެން ވިޔަފާރި އުސޫލުން..ނަމަވެސް ނަގަންޖެހޭ ހުއްދަތައް ނުނަގައި..ގަވައިދާ ހިލާފަށް..

      • ސާބަސް

        ކުއްލިއަކަށް ނޫން ދޯ؟ 2019 ގައިވެސް ތަން ހުއްޓުވަން އެންގުމުން އޭގެފަހުން 3 އަހަރު ވީއިރު ސަނަދު ނަގައިފައޮތްނަމަ މިހެން ނުވީސް

        2
        2
  2. އަހުމަދު

    ތިކަން ވެއްޖެ ހުއްޓުވަން. އެހެން ގައުމު ތަކުގައި ތިކަން ކުރިޔަސް ރާއްޖޭގައި ތިކަން ކުރަން އެގޭމީހަކުނެތް. ފަޒީ އަކީ އެއްވެސް އެއްޗެއް އެގޭމީހެއްނޫން.

    86
    60
  3. ރައްޔިތު މީހާ

    ސުބުޙާނަﷲ. ﷲ ބިރުވެތިވޭ މިނޫން ދުވަހެއްވެސް އެބައޮތް

    73
    15
  4. Anonymous

    ހިޖާމާ ޖެހުމުގެ ގަވާއިދެއް ހަދާބަލަ ފުރަތަމަ.. ކަންކަން މަނާކުރަންވާނި ގާނޫނާއި ގަވާއިދާއި ޚިލާފް ވާނަމަ. ގާނޫނެއް ނުވަތަ ގަވާއިދެއް ނެތި ކަންކަން މަނާކުރެވެނީ ކޮން ގޮތަކުން؟؟

    111
    9
  5. އަހުމަދު

    ރަނގަޅު ނިޒާމެއްގެ ދަށުން ވީހާވެސް އަވަހަށް އަލުން ފައްޓަން ވާނެ. ވިޔަފާރިތައް ހައްގު ގޮތުގަ ރެގިއުލޭޓު ކުރުން މައްސަލައެއް ނެތް

    35
    1
  6. ނީސް

    ތީ ފަޒީ އެކަނި ކުރާކަމެއްނޫން ރަށްރަށުގަވެސް އުޅޭ މާއެގިގެން އެއްޗެއް ނުކިޔެވިއަސް ހިޖާމާ ޖަހާމީހުން

    32
    10
  7. ޙަނދުކޭތަ

    ޙުއްދަ ހޯދައިގެން މިގައުމުގަ ކުރާކަމެއް އެބައޮތްތަ ލޮލް

    37
    2
  8. ހެ

    ހިޖާމާޖެހުން ނުހުއްޓުވޭނެ - ފަޒީލާ (1 ދުވަސް ކުރިން)
    ހިޖާމާޖެހުން ހުއްޓުވައިފި - ފަޒީލާ (3 ގަޑިއިރު ކުރިން)

    49
    6
  9. ޢައިމޯ

    ގަދަބަސް ބުނި ނުހުއްޓާނަމޭ ، ކިހިނެއްތިވީ މިހާރު ،.

    47
    3
  10. ވިސްނާ

    ހިޖާމަޖެހުން އިސްލާމްދީނުގައި މަނަލެއްނުކުރައްވާ ބައެއްބާވަތުގެ ކަންކަމަށް ހިޖާމަޖަހަންޖެހެނީ
    ފުރަތަމަ ޑޮކްޓަރަށްދައްކާ ބޭސްތަކެއްކެއުމަށްފަހު އެތަށްބޮޑުޚަރަދުތަކެއްހޭދަވާއިރުވެސް ރަގަޅު
    ނުވުމުން ތަކުރާރުކޮށް ޑޮކްޓަރަށްދައްކާ ބޭސްތަކެއްބޭނުންކޮށްފަ ޚަރަދުތަކެއްކުރަންބޭނުންނުވާތީ
    ޑޮކްޓަރފަރުވާއިން ރަގަޅުނުވެ ހިޖާމަޖެހުމުން ރަގަޅުވެފައިއެބަހުރި ނަމަވެސް މިކަމުގެ ގަވާއިދެއް
    އޮތުން ވަރަށްމުހިއްމު ފުރަތަމަ ގަވާއިދު ހައްދަވާ ފަހުންމަނާކުރައްވާ

    22
    2
  11. ބުރުގާ

    ކޮބާ ފަޒީ.... ދެން ކޮންމެސް އެހެން އެއްޗެއް ޖަހަންއުޅޭ!!!!

    34
    2
  12. ހަވާސާ އިބޫ

    މިކަމަށް ހުއްދަ ނުދީފިއްޔާ މިސަރުކާރުގައި 12 ރެންދުއަޅާނެ 2023 ހަނދާންނައްޓާލާ،

    29
    11
    • Anonymous

      މަސާޖުގެ ނަމުގައި ހަށިވިއްކާ ތަންތަނައް ހުއްދަދޭ އެއވެސް ވަރަކައް ބެލުމެއް ނެތި.

      10
  13. ހުއްދަ

    މި ގައުމުގައި މަނާކުރިޔަސް ބައެއް ކަންކަން ކުރޭ! ފަތްބޮނީ ހުއްދަ ނަގައިގެނެއް ނޫން. ސިހުރު ހަދަނީ ހުއްދަ ނަގައިގެނެއް ނޫން. ދެން ހިޖާމާވެސް ފެތިގެން ދާނީ މިގޮޅިއަށްް.

    32
    5
  14. ރާކަނި ސައްތާރު

    ކޮބާ ރާކަނި މަސް ކެވިއްޖެ އެއްނޫން. އޭރުވެސް މީހުން ބުނޭ 2 ވަނަ އަލްހާން އޭ. ގަދަބަސް ބުނެ ތިމަންނަ ކާންބޯން ކުރާ މަސައްކަތޭ ސަރުކާރުުން ނުހުއްޓުވޭނެ އޭ މީގެ 2 ދުވަސް ކުރިން ބުނި. ޕާޓޭންވެސް ޑްރަގް ވިއްކަނީ ކައި ބޮއެ އަދި އަމަލުވުމަށް ފައިސާ ހޯދަން. އަދި ތަނަކުން އޮންލައިން ސެޓްފިކެޓެއް ގެނަޔަސް އޭތިވެސް އެޑިއުކޭޝަން މިނިސްޓްރީން އެކްރެޑިޓް ކުރަންޖެހޭނެ . މިޒަމާނުގައި އަސާސީ ތައުލީމާއި އެކީގައިވެސް މާސްޓާޒް ސެޓްފިކެޓް ގަންނަން ލިބޭނެ.

    31
    7
  15. ޒީކް

    ނުބައި މަޢުލޫމާތެއް، މާލޭގަ އެބަހުރި ހުއްދަ ދީފަ އޮތް ބައެއް.. ފަޒީ އެ މައްސަލައިގަ ނައްޓަައިގެން އިންޓަރވިއު ދެނީ

    20
    6
  16. ޙެސްކިޔާފަ

    ސާބަހޭ މިނިސްޓުރީ ! އޮންލަެިން ސެޓުފިކެޓަކީ މަސާޖާއި ހިޖާމާ އަށް ހުއްދަދެވެންވީ ކަމެއްނޫން. ލައިންސަންސް ނެގުމަށްވެސް އޮންލައިން ކޯސް އޯކޭވާންވާނެ.

    9
    4
  17. زينب

    ހެލްތު މިނިސްޓްރީ ގެ ރެޕްރެޒެންޓެޓިވް އެއްތަ މިހާރު ފަޒީލާ މީ؟ އެހެންވެ ދޯ މިނިސްޓްރީ ގެ ބަހެއް ނުހޯދާ ފަޒީލާ ބުންޏޭ ކިޔައިގެން މިޚަބަރު ލިޔެފަ މި އޮތީ،؟

    11
    6
  18. ބޮޑުބެ

    މާލޭގައި މަސާޖް ޕާލަތައް ދިވެހިބޭސް ކުލިނިކު ޖަހާގެން ހިންގަނީ ހެލްތު މިނިސްޓްރީ ހުއްދަ ނަގާގެންތޯ ހަރާމް ކަމެއްވިޔާ ކުރަންވީދޯ ހަރާމެއް ހަލާލެއް ބަލާނެ ކަމެއްނެއްދޯ ދޮންމީހުން އުޅޭ ގޮތައް އުޅުން ތޯ ހުއްދައީ ؟

  19. ޕީޖޭ

    ކޮންމެ ސަރުކާރެއް އޮތަސް ސިއްޙީ ކަންކަން ނިންމަން ޖެހޭނީ ވަކި ހުދޫދެއްގެ ތެރެއިން.. ސެޓްފިކެޓް އަވަހަށް ފަޒީއަށް ލިބުމަށް ﷲ ސވތ އަށް ދުޢާކުރަން.
    ދީނީ ގޮތުން ސިއްޙަތަށް ވ ރަނގަޅު ކަމެއްކަމަށް އިލްމުވެރިންގެ ފުށުން އެނގޭ.

    5
    1
  20. ކާފަ

    މާލޭގައި މިސްކކިތްތަކަށްވުރެން ސްޕާތަށް ގިންވެއްޖެ. މިތަންތަނުން ފަރުވާފަރުވާދޭން ތިބެނީ ކޮންފެންވަކޮންފެންވަރެއްގެ ސަނަދުތަކެއް އޮތްބަޔެއްތޯ.

    5
    1
  21. ޜ

    މިނިސްޓަރ ނަސީމަށް 5 ޕަސެންޓް ދެނިކޮށް ތިޔަކަން ވެދާނެ....

    2
    1
  22. އަސްލޭ

    ނާސިގެތައް އޯކޭދޯ😊

  23. އެދުރުބެ

    ހަމަ އެކަނި ކަމެއް ކުރެވެން މި އަންނަނީ ބަންގާޅު ބޭފުޅުން ނަށް.. ދިވެހިން ނަމަށް ނެތް ތިނޫން ގޮތެއް.

    • މޯދީ

      ނޫނޭ އިންޑިއާގެ ރައްޔިތުންނަށްވެސް ފުޅާކޮށް ފުރުޞަތު އެބައޮތް ދިވެއްސަކުވިއްޔާ ފުރުޞަތު ކުޑަކޮށްފަ މިހާރު އޮންނަނީ (އައުޑު އޮފް ދަ އނޑއ)

  24. އައްޓަމަސް

    ދިވެހިންނަށް މަނާވީ ބަންގާޅީންނަށް ކުރެވޭނެ ތިކަންވެސް

  25. 1234

    ތި ފަޒީ ހިޖާމާ ހުއްޓުވަންވީ. އެނާ އަކީ ކަންދެއްކުމާއި މަޝްހޫރުވާން އުޅޭ މީހެއް. އަދި މީހުންގެ ޕާސަނަލް އެތައް ވާހަކަތަކެއް ދައްކާފައިވާ ވަރަށް ފޮނި މީހެއް. ޑރ ނަންވުރެވެސް ތިމާ މާ މޮޅުކަމަށް ހެދިގެން މީހުން ކައިރީގައި ފޮނި ވާހަކަ އަބަދު ދައްކާ.

    4
    2
  26. ޔަހުޔާ

    ޔޫރަޕުގެ ގުޅަބޭހާ އިންޖެކުސަނާ ފަޅާކޮޓަރިއާ އެކަނި ހުއްދަކުރޭ. މިހާރު ކަވާ ނުޖަހާނެ. ހިޖާމާ. ފަންޑިތަ ނުހަދާނެ. ޝަރުޢީ ރުގުޔާ. މިހާރު ރޯދަވީއްލުމެއް ނެތް. އިފްތާރު. މިހާރު އެދުރު ބޭކަލުން ނެތް. ޝޭހުން. މިހާރު ވަލީވެރިން ނެތް. ކައްޒާބުން. އެމީހަކަށް ކެއުނު ގޮތަކަށް ކަމުންދޭ. އެފައިސާ މިފައިސާ . ހާޒާ ހަލާލު ވަހާޒާ ހަރާމް. ފަހުޒަމާނުގާ ހިނގާނެ ހުރިހާ ނުބައެއް ހިނގަމުން މިއޮށްދަނީ.

  27. Anonymous

    އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާ ކަންކަން ހެލްތު މިނިސްޓީން މަނާކުރެވޭތޯ؟ ހިޖާމާ ޖަހާ ތަނެއް ބަންދުކުރެވިދާނެ. ނަމަވެސް ހިޖާމާ ޖެހުން މަނާކުރެވޭނެތޯ؟ ނަމާދުކުރުން މަނާކުރެވޭނެތޯ؟ ވުޟޫކުރުން މަނާކުރެވޭނެތޯ؟ ޞަދަޤާތްދިނުން މަނާކުރެވޭނެތޯ؟ ޒަކާތްދިނުން މަނާކުރެވޭނެތޯ؟

    4
    1
  28. އަލިބިޔާއްކަލޯ

    ލާދީނީ ސަރުކާރެއްގަ އިސްލާމް ދީނާގުޅުންހުރި އެއްވެސްކަމަކަށް ފުރުސަތުނުދީވޭތޯ އަބަދުވެސް މަސަތްކަށްކުރާނެ.
    އިސްލާމް ދީނުގައި ހިޖާމާ ޖެހުމަށް ބާރުއަޅުއްވާފައިވާ މިންވަރު މިލިޔުމަށް ކޮމެންޓުކުރި ހުރިހާ ބެއިފުޅުންވެސް ދިރާސާކޮއްފަ ނޭގޭނަމަ ދީނީ އިލްމު އުނގެނިގެންތިއްބެވި ބެއިފުޅުން އަރިހުންމައުލޫމާތު ސާފުކޮއްފަ ކޮމެންޓް ކުރުން ވ.ރަގަނޅު ކަމަށްދެކެން.

  29. ޑެޑުއހފޯސް

    ޙިޖާމާއަކީ ޑަބުލިއު އެޗް އޯ އިން އެޕުރޫވުޑް އަދި ޑަބުލިއު އެޗް އޯގައި މައިނަރ ސާޖަރީ ރަޖިސްޓަރޑު ޚިދުމަތެއް.ޜާއްޖޭގައި އުޅޭ ޖާހިލު ޑޮކްޓަރުންނާއި ފަޒީކަހަލަ ޖާހިލުން ގެ ސަބަބުން މިސުންނަތައްބޭއަދަބީ ބަސްތައް އަންނަން ފަށައިފި. ސުންނަތައްއަދި ޤުރުޢާނަށް ހަޖޫޖަހާ މީހާ ދީނުން ބޭރުވާނެ. .

  30. ބަބޫ

    ޔޫތިއުބުން ކޯސްހެދީމަވާނީ ތިހެން. ފޭސްބުކް ޕޭޖްގަވެސް މީހުނާ އެހާ ރޫޑްކޮށް ވާހަކަ ދައްކަނީ. ނިއުމަތަކީ ﷲދެެއްވަވާ އެއްޗެއް އެ ނިއުމަތަކަށް ޝުކުރުވެރި ނުވެ ބޮޑާވެ ގަދަބަސްބުނަންފެށީމަ އެނިއުމަތަކުން އެމީހަކު މަހުރޫމްވެދާނެ. މިކަމުންވެސް އިބުރަތް ހާސިލްކޮށްގެބް އަވަހަށް ކޯސްހަދައިހެން އޮންނަ އުސޫލުގެދަށުން ހުއްދަ ނަގައިގެން ތިކަން ކުރޭ.

    2
    2
  31. މުހަންމަދު

    ގަވާއިދާ ޚިލާފަށް ބަންގާޅީން ކުރާވިޔަފާރި ނުހުއްޓުވެނީ ކީއްވެތޯ؟؟

  32. ރިޒްވީ

    މާނަ އޮޅުވާނުލައްވާ ހުއްދަ ނަގަން އެ ޖައްސުވަނީ ތިމާޔާ އެހެން މީހުންގެ ވެސް ރައްކަލަކަށް، މިފަހަރު ވެސް އެ އުޅެނީ ހުއްދަ ނެތް މީހެއް ހިޖާމާޖެހި އަންހެނެއްގެ އައުރަ ނިވާނުވާ ފޮޓޯތަކެއް މީސް މީޑިއަށއަށް ލައިގެން އެހެންވެއެވެ. އެކަހަލަ ނޭއްގާނީ އަމަލު ހިންގާކަށް ހިޖާމާ ޖަހާމީހާއަށް ފުރުސަތެއް ނުދެވޭނެއެވެ. ސަރުކާރުން އެއްވެސް ހާލެއްގައި ހިޔާމާ ގޯހެކޭ ނުބުނެއެވެ. އެކަމަކު އިސްލާމްދީނުގައި އެކަން ކުރާގޮތް އިސްލާމިކް މިނިސްޓްރީ ނުވަތަ ދަންނަ ދީނީ އިލްމުވެރިން ކައިރިން އެނގިގެންނާއި އެކަމުގެ ސިއްހީބައި ސިއްހީ ހިދުމަތްތެރިންގެ ކިބައިގެން އެނގިގެން ނޫނީ އަދި އެކަން ކަން ކުރުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ދީނުގައި ނޯވޭ ހިދުމަތް ހޯދާ މީހުންގެ އެކަލަ ފޮޓޯ ނަގާކަށް އަދި އެ ފޮޓޯ އިސްތިހާރު ކުރާކަށެއްވެސް

  33. Anonymous