ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް އޭނާ މަރާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯ ބުރިކޮށްލައިގެން އަނިޔާވެރި ގޮތަކަށް މަރާލަފައި ވަނީ ޒުބައިރު ނަމަކަށް ކިޔާ ދިވެއްސެކެވެ. އޭނާ މަރާލާފައި ވަނީ މީގެ ދެހަފްތާ ކުރިން ސީރިއާގެ އިދްލީބް ގައެވެ.

އޭނާ އަކީ އައިއެސްގެ ހަނގުރާމަވެރިއެކެވެ. އޭނާ މަރާލާފައި ވަނީ ތަހްރީރް އަލް ޝާމް ނަކަށް ކިޔާ ހަނގުރާމަވެރި ޖަމާޢަތަކުންނެވެ. ތަހްރީރް އަލް ޝާމް އަކީ ސީރިއާގައި ހަރަކާތްތެރިވާ އަލްގައިދާގެ ގޮތްޕެވެ. ނަމަވެސް މިއީ އަފްޣާނިސްތާގައި ހަރަކާތްތެރިވާ އަލްގައިދާ ޖަމާޢަތައް ވުރެ މާބޮޑަށް ވެސް އަނިޔާވެރި އަމަލުތައް ހިންގާ ޖަމާޢަތެކެވެ.

ޒުބައިރު މަރާލީ އެތައް ފަހަރަކު އޭނާ ތަހްރީރް އަލް ޝާމް ޖަމާޢަތުގެ އަތްދަށު ވުމުން، ކޮންމެ ފަހަރަކު ވެސް އައިއެސް އާއި ވަކިވުމަށް ނަސޭހަތްތެރިވެ ދޫކޮށްލި ނަމަވެސް އެނަސޭހަތް ގަބޫލު ނުކުރުމުން ކަމަށް ތަހްރީރް އަލް ޝާމްގެ މީސް މީޑިއާ އެކައުންޓްތަކުގައި ބުނެފައި ވެއެވެ.

ހައްދުފަހަނައަޅާފައިވާ ތަހްރީރް އަލް ޝާމް އިން ހިންގާ މީސް މީޑިއާ އެކައުންޓްތަކުން ވަނީ އަނިޔާވެރި ގޮތަކަށް ޒުބައިރު މަރާލާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ވެސް އާންމު ކޮށްފައެވެ.

ސީރިއާގައި ހަނގުރާމައަށް ގިނަ އަދަދެއްގެ ދިވެހިން ގޮސްފައިވީނަމަވެސް އޭގެތެރެއިން ގިނަ މީހުން މީގެ ކުރިން ސީރިއާ އަށް ގޮސް ގުޅެނީ ޖަމާއަތު އަލް ނުސްރާ ނަމަކަށް ކިޔާ ހަނގުރާމަވެރިންގެ ޖަމާޢަތަކާއި އެވެ.

އިރާޤުން މިހާރު އައިއެސްގެ ހަނގުރާމަވެރިން ފައްސާލާފައި ވާއިރު ސީރިއާގައި ވެސް އެޖަމާޢަތުގެ ކޮންޓްރޯލް އޮތީ މިހާރު ވަރަށް ކުޑަ ސަރަހައްދެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ނޫންތަ؟

    އެ ޖިހާދު ވެވުނީނު

    • އެތީސްޓުން ޕާޓީ ޑުރަގް

      މުސްލިމުންގެ ބޯ ބުރިކުރުމަކީ ޖިހާދެއް ނޫން.
      ޕާޓީ އޭ ކިޔައިގެން ޑުރަގު ނަގައިގެން މަރުވިޔަސް އެއީ ރަނގަޅު މަރެއް ނޫން. އަދި ވަރަށް ނުބައި ކަމެއް، ދީނުގައި ފަރުޟު ކުރައްވާފައިިވާ ކަންކަމަށް ޖޯކު ޖެހުމަކީ.
      އަމިއްލަ ނަފުސުގެ ދިފާޢުގައި ކުރުމަށް އަންގަާފައިވާ ކަމެއް (ޖިހާދު ކުރުމަކީ)

      ދީން ރަނގަޅަށް ނޭނގޭ ކުދިން މަގު ފުރައްދައިގެން ދީނުގެ އަގު ވެއްޓޭ ގޮތަށް އައި.އެސް. ލައްވާ މުސްލިމުން ގެ ޢަދުއްވުން ހިންގާ ޕުރެޕޮގެންޑާ، މުސްލިމު ދިވެހިންނާއި، އެތީސްޓު ދިވެހިން އެބަ ދަންނަން ޖެހޭ.

  2. މަލަކުރި

    ތިޔަކަހަލަ ކިތަންމެ ހިތާވެރި މަންޒަރު ތަކެއް ފެނިގެންދާނެ. ތިމާ ނިސްބަތްވާ ގައުމެއްގައި ތިމާއަށް ކުރިމަތި ކުރުވުމެއްނެތި އެެހެން ގައުމެއްގައި އެ ގައުމުގެ މީހުންނާއި ބަޔަކު ކުރާ ހަނގުރާމައަކަށް ގޮސް މަރުވެގަތުމީ ވެސް ޝަހީދުން ދަރަޖަ ލިބޭނެ ކަމެއްތޯ؟؟

    • Anonymous

      ޝަހީދެއްގެ މަގާމް ލިބެނީ ވަކި ގައުމެއްގަ ހުރެގެންނެއް ނޫން. ތިމާ ދިރިއުޅޭ ގައުމު ވިޔަސް އަދި އެހެން ބިމެއްގައި ވިޔަސް ޝަހީދްއެއް ވާނީ ހަމަ ޝަހީދަކަށް. އޭނާ ހުރީ އޭނާ ގެ ބިމުގަ ނޫނިސް އިންޝާﷲ އޭނާއައް ޝާހީދެއްގެ ދަރަޖަﷲ ދެއްވަވާނެ. والله أعلم

    • ...

      ޝަހީދެއްގެ މަގާމް ލިބެނީ ވަކި ގައުމެއްގަ ހުރެގެންނެއް ނޫން. ތިމާ ދިރިއުޅޭ ގައުމު ވިޔަސް އަދި އެހެން ބިމެއްގައި ވިޔަސް ޝަހީދްއެއް ވާނީ ހަމަ ޝަހީދަކަށް. އޭނާ ހުރީ އޭނާ ގެ ބިމުގަ ނޫނިސް އިންޝާﷲ އޭނާއައް ޝާހީދެއްގެ ދަރަޖަﷲ ދެއްވަވާނެ. والله أعلم

  3. ....

    ޒުބައިރު ޝަހީދު ވީ. މަރުވީ އެއް ނޫން.

    • ނަން

      މަރުވާނެ ގޮތެއް ނޭގިގެން އުޅެންޏާ ރާއްޖޭ ސަރުކާރާ ހަނގުރާމަކުރިނަމަ. އޭރުން ހަމަގައިމު އަމިއްލަ ގައުމަށް ކަމެއް ކުރެވުނީސް.

      • ޢީޔޫ

        އީޔޫ އާއި ދެކޮޅަށް މިހާރު ދިވެހިން މިކުރާ ހަގުރާމައަކީ ޖިހާދެއްކަހަލަ ކަމެއް. ސަބަބަކީ މިރާއްޖެއަށް އިސްލާމްދީން ފޮހެލަން މަސައްކަތް ކުރާތީ

    • ނޭންގޭ

      ކަލެއަށްދޯ އިނގެނީ ޝަހީދު ވީމަ

    • ބޮޑުހަސަންބެ

      އެއަކަށް ނުކިޔާނެ ޝަހީދުވީއެކޭ،

    • Anonymous

      މުސްލިމު ދެ ޖަމާއަތް ހަނގުރާމަކޮށް ވާނީ ޝަހީދުވޭތޯ؟

    • ނާލީ

      މަރުވީ. ނިމުނީ. ހަނދާން ނެތުނީ. އަޒާބު އަންނަނީ. އަނެއްކާ މަރުވަނީ. އަންނަނި ދަނީ، އަންނަނީ ދަނީ..އެވައްތަރު

    • ބްރޯ

      ހެއް ހެއް.

  4. މުދި

    މިހާރު ތިޔަކުން ނޭގުނު އަސްލު ޖިޙާދު ކުރަން ގޮސްތިބީ ކޮން ޖަމާއަތެއްކަމެއް. ކިހާ ދެރަ މިހާރު ވީގޮތް.

  5. މީހާ

    * ޝަހީދުވީ، ލިޔުން ރަނގަޅު ކޮއްދެއްވާ!

  6. މާމިގިލި މީހާ

    އެހެންވާނެ ހުރިހާ ތާކަށް ދާންވާނެ...ރަށު ގޭގައި އޮތްނަމަ ތިހިނެއް ނުވީހެއްނޮއް...

  7. ޢަލީ

    ޓެރަރިސްޓުން މަރުމީ ޓެރަރިސްޓުންގެ އަތްދަށުވެ.

  8. މަަަަަ

    މަހީކުރަނީ މުސްލިމުންނަށް ވުރެން އޯގާވެރި ރަހުމް ހުންނަ އަދުލުވެރި ބަޔަކު މި ބިންމަތީގައި ނޫޅޭނެކަމަށް. އެކަމަކު މިފެންނަނީ އީޔޫ ގައުމުތަކަށް ވުރެން މީހުންގެ އަނިޔާވެރިކަން ބޮޑުކަން.. އީޔޫގައި ދުވާލެއްގެ މައްޗަށް ކަނޑައި ވައްޓާލާ ބޮލަށް ވުރެން ސީރިޔާ އަލްގައިދާ ތަހުރީރުއް ޝާމް ހިޒްބުﷲ ނުސްރަތު ފަދަ ގައުމުތަކުގައި ކަނޑައިވައްޓާލާ ބޯތައް މަދު ނޫންކަން. ނަސީބަކުން ރާއްޖެއަކު އައިސިސް ޖަމާއަތުގެ މީހަކު ނޫޅޭނެ.

    • ދާދާ

      މަ މިހުރީނު

  9. ބްރޯ

    ބަރާބަރު. އޭނާ ދިޔައީ މަރުވާން. އެހެންވީމާ ތިޔަކުނެތް މައްސަލައެއް.
    ދެރައީ މަރުވާން ޓިކެޓް ކަނޑާލާފައި ބޮޑު ޚަރަދުކޮށްފައި ދިއުމުން.

    • އަހުމަދު

      އެހެންވެގެންނޭ އެއަށް ޖިހާދު ކިޔަނީ، އެމީހެއްގެ ނަފްސާ މުދަލުން ﷲ ގެ މަގުގައި ގުރުބާންވާތީ. ދަންނަވާލާން އޮތީ ކާފާރުންގެ ނުވަތަ ވަތަނީ ބައިގަނޑުގެ ވާފަށާ ކިރިޔާވެސް ގުޅުމެއް އޮތް ބަޔަކުނަމަ އެއީ ހައްގުގަވާ ބަޔެއްނޫން. މިއިން އެއްވެސް ބަޔަކާ ގުޅުމެއް ނުވާ ހަމައެކަނި ޖަމާޢަތަކީ އައިއެސް........ﷲ ޒުބައިރު އަޚާއަށް ޝަހީދެއްގެ މަޤާމު ދެއްވާށި........

  10. ގަމާރުމޯލްޑިވިއަން

    މޮޔައިން ނިމިގރން ދާނީ ވެސް ތި ކަހަލަ ގޮތަކަށް

  11. ބުރާންތި

    ދީނުގެ ދިފާއުގަ ކުރާ ހަންގުރާމަ އެއްނުން ހެން ހީވަނީ ސީރިޔާގަ ވެސް ކުރިޔައްދަނީ، ސިޔާސީ ހަންގުރާމަތަކައް މީހުން ފޮނުވާ އެޖެންޓްން ރާއްޖޭގަ ތިބޭކަމައް ވަނީ ...ފޮނުވާ ކޮންމެ މީހެއްގެ ބޮލަކައް ކިތައްހާސް ޑޮލަރު ނަގާކަން އެންގޭމީހަކު އެބަހުރިބާ؟؟؟

  12. މަަަަަ

    ކީއްތަވާނީ ހިތްވަރުކޮށްގެން ވޯލްކަޕަށް ގޮސް ރާއްޖެއަށް ރީތި ނަމެއް ހޯދާ ދޭން އުޅުނިއްޔާ.

    • ގިރީން ބާރޑްސް

      އިރާދަ ކުރެއް ވިއްޔާ ޝަހީދެއްގެ ދަރަޖަ ލިބޭނެ

  13. އިލްޔާސް

    ދަންޖެހުނީމަވެސް ވާނީ ޝަހީދަކަށްދޯ؟؟؟؟؟

  14. ޖިހާދު

    އަހަރުމެނަށް ވުރެން ﷲގެ ހަޡްރަތުގައި އެ އަޙާގެ ހެޔޮކަން މާ ބޮޑު ވެދާނެ. އަހަރުމެންނަކީ

    ރެއާއި ދުވާލު ޑިމޮކްރަސީ ނުގެނެވިގެން ކޮންމެ

    ވެސް ޕާޓީ އެއްގެ ދިދަ ހިފައިގެން ތެޅޭ ބައެއް