ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށް ފަހު ކަމަށާއި އަސްލު ލިސްޓު އަދި އާންމު ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އާއިއެކު "ސަންގުޓީވީ" ބަހުސްގައި ފައްޔާޒް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހްގީގު ކުރިއަށް ނުދިއުމުގެ ޒިންމާ ވެސް ނަގަން ޖެހޭނީ "އިންތިގެ ޓީމުން" ކަމަށެވެ.

"ހިޔާނާތުގެ މައްސަލަތައް ހަވާލު ކުރި ކޮމިޝަންގެ ރައީސަކަށް ހުންނެވި ބޭފުޅާ އައްސަދު ހުންނެވީ ވެސް އިންތިގެ ޓީމުގައި، އެ ތަހުގީގަށް ކުރިއެރުން ނުލިބުނު ނަމަ އެއީ އިންތިގެ ޓީމުގެ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

ހިޔާނާތުގެ މައްސަލަ ބެލުމުގެ ޝައުގުވެރިކަން ސަރުކާރުގެ ނެތް ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެމްއެމްޕީއާރްސީ ފައިސާ ލިބުނު މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން ނެރުނީ ވެސް ވަކި ބަޔެއްގެ ނަންތައް އުނިކޮށްފައި ކަމަށެވެ.

"އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުން ނަންތައް އުނިކޮށްފައި ރައްޔިތުންގެ މަޖިލީހުން ނެރެނީ. ހަގީގީ ލިސްޓު އަދި އަޅުގަނޑުމެން ނެރޭނަން،" ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް ލިސްޓް ނެރުއްވާނެ އިރަކާއި ލިސްޓް ނެރުއްވާނެ ގޮތެއް ފައްޔާޒް ވިދާޅެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސިއްރު ތަހްގީގު ރިޕޯޓެއް މަޖިލީހުން ވަނީ އާއްމުކޮށްފައެވެ. އެރިޕޯޓް ބުނާ ގޮތުން އެމްޑީޕީގެ ބައެއް މެންބަރުންނަށް ވެސް ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އައްޔަ

    ކޮބާހޭ އަސްލު ލިސްޓް؟ ކޮންބައެއްހޭ އުނިކުރީ؟ ކިހާވަރެއްހޭ ނެގީ ؟

  2. ސެންޗޯ

    ލިސްޓު ނެރުނަކަސް ވާނެކަމެއް ހަރާން ތިކަމުގައި ސާމިލުވާ ހުރިހާ އެއްމެންގެ ލިސްޓުނެރޭކަށް ނުކެރޭނެ

  3. ޗާޖު

    ފައްޔާޒު ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް

    3
    1
  4. ބިގަރޭ

    ކީއްވެ ތޯ ލިސްޓް ފޮރުއްވައިގެން މި ހުރިހާ ދުވަހު ހުރީ. ޗެއަރ ލިބުނީމަ ނެރެން.
    ވޓ އ މޖކލ ލސޓ؟
    ގުނބޯ ހައްދާ ލސޓ
    ކެކެކެކެކެކެ. ހެހެހެހެހެެހެ.
    ގަޔަށް ލެވިއްޖެ.

  5. ހުސޭނުބޭ

    ކަލޭގެ ބޭނުންވާ މީހުންގެ ނަންތައް އުނިކޮށް ނުރުހޭ މީހުންގެ ނަންތައް އިތުރުކޮށްފައިދޯ!

  6. ދަތްނެތްކުއްޖާ

    ލިސްޓް ނެރެނީއޭ ކިޔައި މޑޕ މީހުނަށް ޖާދޫ ދައްކައި ވޯޓު ހޯދުމަށް މަސައްކަތް ނުކުރޭ!

    2
    1
  7. Anonymous

    ތިޔަބުނާ އަސްލު ލިސްޓްގައިވެސް ރ.އިބޫސާލިގެ ނަން
    ނެތިިއްޔާ ސައްޙަ ލިސްޓަކަށް ނުވާނެ ނޫންތޯ؟؟ އެނަން ހިމަނަން ކެރޭނެތޯ ބަލަން މިތިބީ!! ޢެމްއެމްޕީއާރސީ ޚިޔާނާތުގެ މޭސްތިޔި އަދީބު ވަރަށް ހާމަކަން ބޮޑުގޮތެއްގައި ބުނެފައިވޭ ރ.އިބޫވެސް ގިނައަދަދެއްގެ ފައިސާ ހޯދިކަމަށާއި ބޭނުން ކުރެއްވިކަމަށް، ހުރިހާ ސިޔާސީޕާޓީތަކުގެ އިސް ގިނަ އަދަދެއްގެ މެމްބަރުންނާއި ފަނޑިޔާރުންތަކެއް ހިމެނޭއިރު ރ.ޔާމީނުގެ އިތުރަށް 3ވަރަކަށް މީހުން ޝަރީއަތަށް ދަމާ ކޫއްތާތަން ފެންނަނީ، މިއީތޯ އިންސާފަކީ؟؟

  8. ފަރީ

    އެމްއެމްޕީއާރުސީގެ އަސްލު ލިސްޓް ތީގެ އެންމެން އަތުގަވެސް. ދެރަކަމެއްނު🤣🤣

  9. އަލީ

    ލިސްޓެ ނެރެނީ އަމިއްލަ އެދުމެއް އޮވެގެން.

  10. އަހުމަދުބޭ

    ތިޔަ ލިސްޓްގައި ރައީސް އިބޫ ނަން އޮތްތަ؟ އޮތީޔާ ޑިލީޓް ކޮށްލާތި 37 މިލިޔަން ނުލިބޭ އެއްޗަކަށް ހަދާ...

  11. ޖާބިރު ފަރީދު

    ފައްޔާޒުގެ އަސަރުގަދަ ފިލްމު : ބޮޑު ހިޔާނާތް
    ސަރުކާރުގެ ސްކްރީނަށް އަންނަނީ 14 މެއި 2022 ގައި.....

    ފިލްމު ބަލާމީހުން ރޮއްވާލާނެ ކަމަށް ފްރޮޑިއުސަރ ފައްޔާޒު ބުނޭފައިވޭ، މިއީ ދުނިޔޭގައި ފިލްމެއްގައި އެންމެ ގިނަ ފަންނާނުން 275 އެކުލޭވޭ ފިލްމެއް.

    އަތޮޅު ތެރޭގައި ފިލްމު އަޅުވާނީ 28 ސެޕްޓެމްބަރު 2023 ގައި .

  12. ޒާ

    އެހެންވީމާ ތިއުޅެނީ ވަގުންތަކެއް ފޮރުވައިގެންތާ.

  13. Anonymous

    ފައްޔާޒު ތިހެން ބުންޏަސް ތިއީކީ ފައްޔާޒަށް ކުރެވޭނެ ކަމެއްނޫން. ލިސްޓު ނެރޭނެނަމަ ނެރެންޖެހޭނީ ފައްޔާޒުއާ ދެންވެސް ލިސްޓުން އުނިކުރަން ބޭނުންވާ ބަޔަކު އުނިކޮށްފަ. ވޯޓު ހޯދަންވިޔަސް ދައްކަންވާނީ ކުރެވޭނެ ކަންތައްތަކުގެ ވާހަކަ..އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ނުޖެހޭ ހުދު ކާފޫކޮޅެއްފަދަ އެކަކުވެސް އެއްވެސް ފާޓީއަކު ނެތްކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެއް

  14. އަހްމަދު

    ފައްޔާޒު ތިޔައުޅެނީ ސޯޓުބޭލުވެންވެގެން ހަމަޔަގީން އިބޫއާ ޝާހިދުވާހަކަ ދައްކަންފައްޔާޒަަކަށް ނުކެރޭނެ ތިޔަހެންއުޅެނިކޮށް ފައްޔާޒުގެ ކަޓުގެވާހަ މާބޮޑައް ފަޅާއަރައިފާނެ

  15. ޟުޖާ

    ޢަމިއްލަޔައް ސޯޓްބޭލޭނީ ޢޭރުން

  16. ޢަލިފް

    މީކާކުތޯ މީހުންނަށް ބިރުދައްކަން..ކަލޭވެސް އިހުމާލުވޭ ތިކަމުގާ..2023 ޔާމިން އިންޝާﷲ.އާމީން...

    3
    1
  17. Anonymous

    ކަލޭމެން ތަންތަނަށް އަރާ ފޮނިނުކަނޑާ، ތިކަންކުރަން އުނދަގޫވާނެ ތަފިރިންގެ ނަންވެސްއަރާނެ ވިއްޔާ.

  18. މަބޭ

    ބްލެކްމެއިލް ކުރަން ބޭނުންކުރާ ހަތިޔާރަކައް ތިޔަ ތިޔަލިސްޓް ވެއްޖެ

  19. މައިނާ

    ތިކަލިސްޓުން ސޯލިހު އުނިކޮށްފިނަމަ ހިޔާނާތްވިއެންމެންވެސް ހިޔާނާތުގަ ބައިވެރި ނުވިކަމަށް ނިންމާ ތިޔަސުޓަންޓު ވަރަށްނުރަށްކާތެރި ތިޔައީ އިންޒާރެއް.