ށ. އަތޮޅު މިލަންދޫގައި ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިހާރު އާއްމުވެފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ކުދިން ތަކެއް އެ ކުއްޖާ ވަލު ތެރެއަށް ގެންގޮސް އަނިޔާ ކުރާ މަންޒަރެވެ. އެ ވީޑިއޯގައި އެ ކުއްޖާ ގައިގައި ދަނޑިއެއް ކަަހަލަ އެއްޗަކުން ތަޅާތަން ފެނެއެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ އެކަކު އެ ކުއްޖާއަށް އަނިޔާ ކުރާ ތަނެވެ. އެހެން ނަމަވެސް ކައިރީގައި އިތުރު ކުދިންތަކެއް ތިބޭ ތަން ފެނިގެން ދެއެވެ. އަދި އެ ކުއްޖާއާ ވާހަކަދައްކަން އުޅޭތަން ވެސް ފެނިގެން ދެއެވެ.

އެކަންތައް ހިނގާފައި ވަނީ އެރަށު ފުޓްބޯޅަ ކުޅޭ ސަރަހައްދުގައެވެ. އަދި އެ ދަނޑުގައި ވެސް ތިބި ބައެއް މީހުން ވެސް އެ މަންޒަރު ބަލަން ތިއްބެވެ. އަދި ވާހަކަދައްކާ އަޑުވެސް އިވެއެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.

އާއްމުވެފައިވާ އިތުރު ވީޑިއޯއަކުން އެތަނުގައި ކުދިން ވާހަކަދައްކާ އަޑު އިވެއެވެ. އެކަމަކު އެ ކުދިން ވާހަކަދައްކަނީ ކޮން ކަމަކާއި ގުޅިގެންކަން ސާފް ނުވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަަމަށް ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެފަދަ މައްސަލައެއް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވުމާއި ގުޅިގެން އެކަަމަށް އެޓެންޑްވެ ބަލަމުންދާ ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުހައްމަދު

    ބަަލަމުން ދަނީ. ހުރިހާކަމެއް އެނިމުނީ. އެހެރީ އިންސާފުވެސް ގާއިމު ކުރެވިފއި. ޢެއްޗެއް ކާލާފަ ތިބޭ ބަޔެއް ތި ޕޮލިހުންނާ ޖެންޑާ އަކީ.

    14
  2. ސސ

    އާނ ތިކަން އަވަހައްބަލާ. އެހެންނުން.

  3. އެހެން

    އާނ.. ބަލާ ނިކަން ރަނގަޅައް ބަލާ.. ..

  4. ބޮއްޅަ

    ތިކަމެއް ކަލޭމެންނަކަށްނުވާނެ ތިޔައުޅެނީ ބަތްކަށްކާކުޅެން.

  5. ބޫމް

    އެކުއްޖާގައިގަ ތެޅިމީހުން އެކުއްޖާކައިރީގަ އިހުސާސްތަށް ކިހިނެއްތޯވެސް ސުވާލުކުރާ އަޑުއިވިގެންދޭ އެއީއެއްވެސްވަރަކަށް އިންސާނިއްޔަވަށްތަރު ހުރިބައެއްނޫން އެމީހުންގެ އިހުސާސްތަށް އެއްކޮޅުންވަށްދާފަ އަނެއްކޮޅުން ދޫކޮށްލީމަ ތެޅިމީހުން ( ރަށުގެ ހަސަބާނަސަބުގެގޮތުން ބާރުގަދަމީހުންނަށް އެދެވުނީ ދެވަނަފުރުސަތެއް ) ވަގުތުން ތިކަންކުރިމީހުންނަށްއަދަބުދީ އެމީހުންނަށްވި އިހުސާސް އަނިޔާލިބުނު ކުއްޖާއަށް އަންގާލަދީ.

  6. ާަދެރަ

    ބުލީން ނަށް އަދަބް ދީ، އެމީހުންގެ މައިންބަފައިން ނަށް ވެސް އަދަބް ދޭން ޖެހޭ.. އެޑިއުކޭޝަން މިނިސްޓަރީން ސްކޫލްތަކާ ގުޅިގެން މިކަން ހުއްޓުވަން ޖެހޭ. މި ވަރުގެ ކުދިންނަށް ގެއިން ނުލިބޭ ތަރުބިއްޔަތު ސްކޫލުން ނަމަވެސް ދޭން ޖެހޭ. އެތިބީ މި ޢުމުރުގެ ކުރާ އަނިޔާވެރި އަމަލްތަށް، ދެން 18 ފުރޭ އިރު އޮންނާނީ އެތަށް ކުށަކަށް އާރާއި ގަނެ ޖަލު ހުކުމް ގަ... މިކަން ހައްލުކުރަން މަސައްކަތް ކުރަން ޖެހޭ، އިސްލާހިއްޔާ، ނޫނީ ޖޫނިއަރ ޑިޓެންޝަން ސެންޓަރ އެއް މުހިންމު

    1
    1
  7. ކ

    މީހުން ކުޅި ބަލަން ތިބީ... ނުވެސް ހުއްޓުވާ، އެމީހުންނަށް ވެސް އަދަބް ދޭން ޖެހޭ

  8. Anonymous

    ގުންޑާ އިން ބަލާނީ ފިތުނަ ފަސާދަ އުފެއްދޭތޯ. ކަމެއް ރަނގަޅުކުރާކަށެއް ނޫޅޭނެ.

  9. މުޙައްމަދު

    ދިމާލަށް ވީޑިއޯ ފެންނަން އޮންނައިރުވެސް އެބުނާ އެކަށީގެންވާ ހެކި ފެންނާނެބާ. ކަންކަން ވެފަ ހުރިގޮތުން މިހެން މިބުނީ

  10. ނަން

    މަހިބަދޫ ދަނޑު ކައިރިން ތިކަހަލަ ކިތަންމެ މަންޒަރެއް ފެންނާނެ.. ކައިރީ ހެވިފަ ބަލަން ތިބޭ މީހުން ވެސް ފެންނާނެ