ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިހް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވާހަރަވުމާއި ގުޅިގެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޔޫއޭއީގެ ރައީސްކަމާއި އަބޫދާބީގެ ވެރިކަން ވެސް ކުރައްވި ޝައިޚް ޚަލީފާ ބިން ޒައިދު އަވަހާރަވިއިރު، އުމުރުފުޅަކީ 73 އަހަރެވެ. އެމަނިކުފާނު ވަނީ އެ މަގާމުގައި 17 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. ޝެއިހް ހަލީފާ ބިން ޒައިދު އަވަހާރަވެފައިވަނީ ސިއްހީ ހާލުކޮޅު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ޝެއިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ރައީސް އޮފީހުން ބުނީ ޔޫއޭއީގެ ރައީސް އަވަހަރާވުމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަލީފާ ބިން ޒައިދް އަވަހާރަވި ހަބަރު އެއްސެއްވީ ފުން ހިތާމައާއެކު ކަމަށާއި އެމަނިކުފާނަކީ ވިޝަނަރީ ލީޑަރެއް ކަމަށެވެ. އަދި އެއީ ރާއްޖޭއާއި ގާތް ގުޅުމެއް ބޭއްވެވި ފަރާތެއްކަން ވެސް ރައީސްގެ ޓުވިޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޚަލީފާ ބިން ޒައިދަކީ ޔޫއޭއީގެ ފައުންޑިން ލީޑަރު ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ އެންމެ ހަގު ދަރިކަލުންނެވެ.

ޚަލީފާ ބިން ޒައިދު ގެ ޒަޢާމަތުގައި ޔޫއޭއީ އަކީ ކުރިއަރަމުން އަންނަ ސަރަހައްދީ ބާރަކަށް ހެއްދުމަށް މަސައްކަތް ކުރެއްވިއެވެ. އަފި ވިޔަފާރިއާއި ޓެކްނޮލޮޖީގެ ބޮޑު ހަބަކަށް ބަދަލުކުރުމުގައި އެހީތެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯނުއެދުރު

    ޔަމަނު ކުދިން މި ޖާހިލު ކަލޭގެ މަރަމުން ދިޔަ އިރު ކީއްވެ ތޯ ބައިދަނޑިޔައް ތިރި ނުކުރީ. އެމީހުން އަތުގައި އައަގުހެޔޮކޮށް ވިއްކަން ތެޔޮ ނެތީމަ ތޯ.