ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީގެ މެމްބަރުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެންމެން އެކުވެ ގުޅިގެން ތިބެ ކުރިއެރުން ހޯދާ ފިތުނައާ ނަފްރަތުން އެކަހެރިވެ، ރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން ކަމަށެވެ.

އަދި އަލުން އާބާރަކާއެކު އެމްޑީޕީ ހިންގާލަން ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފައްޔާޒުގެ އިތުރުން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. މިދެބޭފުޅުން ވެސް ފާއިތުވި ދުވަސްތަކުގައި ކެމްޕޭނު ވަރުގަދައަށް ޖައްސައި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދެ ބޭފުޅުން ވަނީ ދަތުރު ކޮށްފައެވެ.

މާދަމާ ހެނދުނު 9:00 އިން ހަވީރު 16:00 އަށް ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 90،000 އަށްވުރެ ގިނަ މެމްބަރުންނަށް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސްޕީޑު

    ފައްޔާޒު މީހަކީ މިހާރުގެ.ހިންގާލަން ފައްޔާޒު ހޮވަން ޖެހޭ

    1
    3
  2. އިބިލީސް

    90،000 އެ؟؟؟

  3. ޢަލީ

    ޒަމާނުއްސުރެ ރާއްޖޭގައި އޮތް ހަމަޖެހުން ނަގާލި ބަޔަކީ އެމްޑީޕީ

  4. ހާދަޙާ

    ތިޔަ ސުރުޙީ ގޯސް ހަމަނުގެހުން އޮތްނަމަ ހަމަ ބަރާބަރު.

  5. Anonymous

    ތިއީ ލާދީނީ މީހާ އިސްކޮށްހުރެ ރޯމާ ދުވާލު މިރާއްޖޭގައި ހުރިހާ ނުބައި ކަމެއް ކުރި ޕާޓީ. ކަޅު ކާޅެއް ހުދު ކާޅަކަށް ވީތާ!

  6. Anonymous

    60000 ވޯޓުން ފައްޔާޒު ހޮވިވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެއެވެ.

  7. ވަހުތާން

    ތަންތަނުގައި ހުޅުޖަހާ އަންދާގެން ހަމަޖެހުން ގެންނަ ވާހަދޯ ތިބުނަނީ. މިހާރުވެސް ގޭންގު މާރާމާރީތައް މުޅިމާލޭގައި .

  8. ަައިބޫ

    މީ މިރާއްޖޭގެ ހަމަހިމޭންކަމާ އެކުވެރިކަމާ އެއބައިވަންތަކަމާ އެއްބައެއްވަންތަކަން ނަގާލި ހަމައެކަނި ޕާޓީ

  9. އަލީމޫސާ

    މިރާއްޖެ ހަމަނުޖެހުމުގެ ތެރެޔަށް ވައްޓާލި ބަޔަކީ އެމްޑީޕީ. މިމީހުން އަިއ ފަހުން ދެމަފިރިންގެ ތެރޭވެސް ހަމަނުޖެހުން. މިއުދަގުލުން ސަލާމަތްވޭތޯ ދުއާކުރުން ނޫންގޮތެއް ނެތް.

  10. ޙަދިސައިބު

    ޢެމްޑީޕީގެ މެންބަރުންނަކީ ގައުމު ފަސާދަކޮށް ބައިބައިކުރުވައި، ގައުމުގެ މިނިވަންކަން ގެއްލުވާލާބައެއް!

  11. ައަބުދުﷲ

    ޙަމަޖެހުން ގެއްލުވާލާ ބަޔަކު އެކަން ހުއްޓާލީމަ އޮންނާނީ ހަމަޖެހުންގެނެވިފަ.

  12. އަލީ

    އެމް.ޑީ.ޕީ އަކީ ދިވެހިރާއްޖޭގެ ހަލާކު.