ރާއްޖެއަށް މިހާރު ކުރަމުންދާ ހުނޅަގު މޫސުމުގެ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވާނީ މެދު ރާއްޖެ ތެރެއަށް ކަމަށް ބުނެ ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އިން ރީނދޫ ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 6:30 އިން 10:30 އަށެވެ.

އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލާށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓް އިން ލަފާ ކުރެއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 8:15 އިން މެންދުރު 2:15 އަށް ވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހުނދު ސަމާލު ނެރެފައެވެ.

އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުނެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މެޓް އަދި އެމްއެންޑީއެފް އިން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮކޢަވިން

    މުޅިދިވެހިރާއްޖއަށް މިއަދު މިއޮތޯ ޔެލޭ އެލާރޓް ނެރެފަ ގުޑްލަކްޓު އޯލް