ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޓުވިޓާ އެކައުންޓް ވެރިފައިކޮށްފިއެވެ.

ރައީސް ޔާމީންގެ ޓްވިޓާ އެކައުންޓް ވެރިފައި ކުރިކަން އަންގައިދިނުމުގެ ގޮތުން ބެޖު ދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޓުވިޓާ އެކައުންޓް ވެރިފައިވެފައި ވަނީ އެމަނިކުފާނު ޓުވިޓާ ބޭނުން ކުރައްވާ ފެއްޓެވިތާ ހަފްތާއެއްގެ ތެރޭގައެވެ.

 

ރައީސް ޔާމީން ޓުވިޓާ ބޭނުން ކުރައްވަން ފައްޓަވާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. ގައުމީ ދިދަ ހިމެނޭ ފޮޓޯއަކާ އެކު ކުރެއްވި ފުރަތަމަ ޓްވީޓްގައި ޔާމީން ވިދާޅުވީ ދިވެއްސަކަށް ވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

މިހާތަނަށް އެމަނިކުފާނު ނުވަ ޓުވީޓު ކުރައްވާފައިވާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެމަނިކުފާނު ގެންދަވަނީ ޝުއޫރުތައް ޓުވިޓާގައި ހިއްސާ ކުރައްވަމުންނެވެ.

ރާއްޖޭގެ މަޝްހޫރު ސިޔާސީ ލީޑަރުންގެ ތެރެއިން ޔާމީނަކީ އެންމެ ފަހުން ޓުވިޓާ ބޭނުން ކުރައްވަން ފެއްޓެވި ބޭފުޅާއެވެ. އެހެން ހުރިހާ ޕާޓީއެއްގެ ލީޑަރުން ވެސް ވަރަށް ކުރީއްސުރެ އަންނަނީ ޓުވިޓާ ބޭނުން ކުރައްވަމުންނެވެ.

ޔާމީން ވެރިކަމުގައި ހުންނެވިއިރުގައި ވެސް ޓުވިޓާ ބޭނުން ކުރައްވާފައެއް ނުވެއެވެ. މިހާތަނަށް 7500 އަށްވުރެ ގިނަ މީހުން އަންނަނީ އެމަނިކުފާނު ފޮލޯ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާނު

    ހާދަ ފަހަތުގައޭ ދޯ ވަގުތު ތި އުޅެނީ 🤣

    3
    3
  2. Anonymous

    ސްމާރޓް ޝަޚްޞިއްޔަތެއް

    6
    3