ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމްއެންޑީއެފްގެ ވައިގެ އުޅަނދުތަކުން 296 ބަލި މީހުން އުފުލި ކަން "ވަގުތަށް" ލިބިފައިވާ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ގެއްލިގެން އުޅޭ މީހުން ހޯދުމަށް އޮޕަރޭޝަންތައް ހިންގުމަށާއި ހާލު ބޮޑު ބަލި މީހުން އުފުލުމަށް އެމްއެންޑީއެފްގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖޭގައި ބޭނުން ކުރެއެވެ. އެގޮތުން ޑޯނިއާ މަތިންދާ ބޯޓު އޮންނަނީ ހދ. ހަނިމާދޫގައެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ލ. ކައްދޫގައި އޮންނަ އިރު، އަނެއް ހެލިކޮޕްޓަރު އޮންނަނީ އައްޑޫ ސިޓީގައެވެ.

މި މަސް ފެށުނު ފަހުން ގިނަ އަދަދެއްގެ ބަލި މީހުން ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގައި މާލެ ގެނެސްދީފައިވެއެވެ. އެގޮތުން ފަސް ދުވަހެއްގެ ތެރޭގައި 10 ބަލި މީހަކު މާލެ ގެނެސްފައިވެއެވެ.

ޑޯނިއާ މަތިންދާ ބޯޓެއްގައި ބަލި މީހަކު މާލެ ގެންދަނީ.

"ވަގުތަށް" ލިބިފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު 82 ބަލި މީހަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުތަކުގައި އުފުލާފައިވެއެވެ. އަދި އެ އަހަރު ހިނގި އެކި ހާދިސާތަކާ ގުޅިގެން "ސާޗް މިޝަންތަކަށް" ނުވަ ފަހަރެއްގެ މަތިން ވައިގެ އުޅަނދުތައް ވަނީ ބޭނުންކޮށްފައެވެ.

އޭގެ ފަހުން 2020 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ އަހަރު 57 ބަލި މީހަކު އުފުލުމަށް ވައިގެ އުޅަނދުތައް ބޭނުންކޮށްފައިވެއެވެ. އަދި ހަތް ސާޗް މިޝަނާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް 41 ފަހަރު ވައިގެ އުޅަނދުތައް ބޭނުންކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެ އަހަރު ކޮވިޑް ޓީމުތައް ދަތުރުކުރުމަށް 24 ފަހަރު އެ އުޅަނދުތައް ބޭނުންކުރިއެވެ.

ހެލިކޮޕްޓަރުގައި ބަލި މީހަކު މާލެ ގެނެސްފައި. --- ފޮޓޯ: އެމްއެންޑީއެފް

މިދިޔަ އަހަރަށް ބަލާއިރު، ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގައި 109 ބަލި މީހަކު އުފުލާފައިވެއެވެ. އަދި 101 ފަހަރު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ސަވައިލަންސް އޮޕަރޭޝަންތައް ހިންގި އިރު، އެކިއެކި ހާދިސާތަކާ ގުޅިގެން 12 ސާޗް މިޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފަސް ފަހަރެއްގެ މަތިން ކޮވިޑް އެހީތެރިންގެ ޓީމުތައް ދަތުރު ކުރުމަށް އެ އުޅަނދުތައް ވަނީ ބޭނުންކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް އެމްއެންޑީއެފްގެ ވައިގެ އުޅަނދުތައް ބޭނުން ކޮށްފައިވަނީ 48 ބަލިމީހުން އުފުލުމަށާއި 3 ސާޗް މިޝަން ކުރިއަށް ގެންދިއުމަށާއި 35 ފަހަރު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރުން 2022 ވަނަ އަހަރަހު މިހާތަނަށް އެމްއެންޑީއެފްގެ ވައިގެ އުނޅަދުތައް ބޭނުންކުރީ 296 ބަލި މީހުން އުފުލުމާއި، 177 ފަހަރު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި، 31 ސާޗް މިޝަނަށާއި، 29 ފަހަރު ކޮވިޑް އެހީތެރިން ދަތުރުކުރުމަށެވެ.

އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވުމާއި އިންޖިނިއަރިން މަސައްކަތުގައި ހަރަކާތްތެރިވަނީ އިންޑިއާގެ ސިފައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ކަލަގޮވަނީތަ

  2. އިބްރާ

    ބޭކާރު އެއްޗެއް. ހިފައިގެން ރަށަށް ދުރުވޭ.

  3. އަހަންމަދު

    ތިއީ ހަދިޔާކުރި އުޅަދުތަކެއްނަމަ ތިއެއްޗިހި ބަހައްޓާފަ އިންޑިޔާސިފައިން ފޮނުވާލާ! ،ދޫމަޅިއެއްގަ ބެދިފަވާނަމަ އުޅަދުތައް ހިފައިގެންދާށޭބުނޭ!ތިއެއްޗިހި ދުއްވާނެ ދިވެހިންތިބޭނެ! އަޅެފަހެ ދިވެހިން ތަމުރީނުކުރިނަމަ އުޅަދަކަށް 5 ޕައިލެޓުން މިހާރުތިބީހޭ! އެދެނީ އަވަހަށް އިންޑިޔާ ބައިގަޑު މިރާއްޖެއިން ބޭރުކުރަން!

  4. ރާއްޖެތެރެ

    އަޅުގަނޑު މެންނެ އުފަލެއްނުވޭ. ތި ހެލިކަޕްޓަރު އަތީމަ ދިވެހިންނަ ލިބެނީ ހިއްދަތި ކަމެއް.

  5. ބޮޑު ވަޅު

    މުޅި ހަޔާތުގަވެސް އިންޑިޔާއިން ދިނޭ ބުނާ އެމީހުން ދުއްވާ އެއްޗެއްގެ ބޭނުން ދިވެއްސަކު އުފުލަން ބޭނުންކުރީތީ އެ ކަލަ ތި ގޮވެނީ.

  6. ޑައެލޯގް

    ވަރިހަމަ ކިތައްމެ މީހުނެއް އުފުލިއަސް އަޅުވެތިވާކަށް ބޭނުމެއްނޫނެވެ. ރާއްޖެ މީގެކުރިން މާދަތީގައިުޅުނީ މަގޫފަތްވެސްކެއެވެ. ނަމަވެސް އެއްވެސް ލީޑަރެއް މިތަނުގައި ބޭރުގެ ސިފައިންނެއް ނުބައިތިއްބައެވެ. އޭރުވެސް ނުރައްކާކުރިމީހުން ނުރައްކާކުރިއެވެ. އެކަމަކު ގައުމުދިފާޢުކުރީ ދިވެހިންނެވެ. ވީމާ ސޯލިހަށް ހިންގަންނޭގުނީމަ އިންޑިޔާއާއި ގައުމުހަވާލުކޮށްގެން ހިންގަނީއެވެ. ސޯލިހަށްއޮތީ އިންޑިޔާއިންދޭލިޔުމެއްގައި ސޮއިކުރުމެވެ.

  7. އަހަންމަދު

    މިފަހަރުރަގަޅުއެއްޗެއްލިބުނުދޯ؟

  8. Anonymous

    މިހާތަނަށް ބިލިއަނުން ރާއްޖެއަށް ފަތުރުވެރިން އަތުވެއްޖެ....ކޮވިޑުގެ ބަލިމަޑުކަން ރާއްޖެއަށް ކުރިމަތި ވުމުން ހުރިހާ ރައްތައް ބަންދުކޮ އަތްއުރާލައިގެން އަގަމައްޗައް ނަގައިގެން ހޭބޯ ގޮވަގޮވާ ތިބީ..މީހުންނަށް ދޭންޖެހޭ މުސާރަކޮޅުވެސް 40 އަހަރު ވިޔަފާރި ކުރި މަހަޖަނުންނަށްވެސް ދެވޭކަމަކަށް ނެހެދި..ވަޒީފާތައް ގެއްލުނީ....ބަލަގަ އަބަދަކު އިންޑިޔާ ހެލިކެޕްޓަަރުގަ އިންޑިޔާ ސިފައިން ދިވެހި ރައްޔަތުން އުފުލާ ވާހަކަ ދެއްކުމުގެ ބަދަލުގަ ޕައލެޓުން ތަމުރީނު ކޮށް ހެލިކެޕްޓަރު ގަންނަން އުޅެބަލަ..ތިހެންޏާ މައިންބަފައިން މުސްކުޅިވީމަވެސް އިންޑިޔާއަށް ފޮނުވާލާފަ، ބުނޭ މިއަހަރު މިހާތަނަށް 200 މުސްކުޅިން މަރުވަންދެން އިންޑިޔާއިން ބަލާ ދީފިއޭ..އަހަރެމެން ނުވޭ ތިކަމަކާ ފަހުރެއް..ހިތާމަ ކުރަނީ.

  9. Anonymous

    ތިޔައް ދިވެހި ސަރުކާރުން ކިހާ ހަރަދެއް ކުރެވިއްޖެތަ "މިހާތަނަށް ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓުގައި 296 ބަލި މީހުން އުފުލި!" އުފުލި ކޮންމެ މީހަކައް ކިތައް ރުފިޔާ ހަރަދުވިތަ ؟ ތިކަން ކުރަން ކިތައް ރަށުން އިންޑިއާ ގެ އެކި ފަރާތަކައް އެކި ނަންނަމުގައި ކިތައް ބިން ދޫކުރެވިއްޖެތަ.. އިންޑީއާ ސިފައިން ނާި ބާ ދެހެލިކޮޕްޓަރ ާއި ބާވެފައި ވީރާނާވާން ކައިރިވެފައި ވާ ޑޯނިއަރ މަތިންދާ ބޯޓް ހިފައިގެން މިރާއްޖޭން އިންޑިއާ ސިފައިން ފޭބުން އެދެން،، އިންޑިއާ އައުޓް

  10. ޖާބިރު

    ތިހެން ކިއިދާނެ!
    އިިނގިރޭސިން ތިބިނަމަ، ޕޯޗްގީޒުން ތިބިނަމަ، ހޮޅިން ތިބިނަމަ....
    މިވެނި އެވެނި ވަރަކަށް މިވެނި ކަމެއް ކުރިޔޭ!