އަވަށްޓެރި އިންޑިއާ އިން ގޮދަންފުށް އެކްސްޕޯޓް ކުރުން މަނާކޮށްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެގައުމުން ގޮދަންފުށްް އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައިފައެވެ.

މިގޮތަށް ނިންމާފައި ވަނީ އިންޑިއާގެ މާކެޓުގައި ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް މައްޗަށް ދާން ފެށުމާއެކު އެކަން ހުއްޓުވުމަށް ކަަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ކޮޮމާސް އެންޑް އިންޑަސްޓްރީން ވަނީ ބުނެފައެވެ. އަދި ކާބޯތަކެތީގެ އަގު މައްޗަށް ދިއުމަކީ އެގައުމުގެ ފުޑް ސެކިއުރިޓީ އާއި އަވައްޓެރި ގައުމުތަކަށްވެސް އެކަމުގެ ނޭދެވޭޭ އަސަރުކުރާނެ ކަމެއް ކަމަށް އެ އިއުލާާނުގައި ވަނީ ބުނެފައިވެއެވެ.

"އިންޑިއާއިން އަވަށްޓެރި ބައެއް ގައުމުތަކަށް ފުޑް ސެކުއަރކޮށްދިނުމަށް ވާނީ އެއްބަސްވެފައި. އެކަމަކު ކާބޯތަކެތީގެ އަގަށް މިއަންނަ ބަދަލުތަކާއެކު އެގައުމުތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ." އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މި ނިންމުމާއެކު ގޮދަން ފުށް އެކްސްޕޯޓްކުރުން ހުއްޓާލި ނަމަވެސް ހާއްސަ ހުއްދަތަކެއްގެ ދަށުން ކަނޑައަޅާ ގައުމުތަކަކަށް ގޮދަން ފުށް އެކްސްޕޯޓްކުރުމުގެ ހުއްދަ އެ ގައުމުން ވަނީ ދީފައެވެ.

ރާއްޖެއަށް ކާޑުގެެ ބާވަތްތައް އެތެެރެެެކުރާ މައިގަނޑު އެއް ގައުމަކީ އިންޑިއާއެވެެ.

އިންޑިއާގެ މިނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެެފައެއް ނުވެއެވެެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޖާނޭ

  އިންޑިއާގެ ހެޔޮކަން ދެއްކުމށްހެދި މަންތަރަ އެއް ދެއްތޯ. ޢެހެން ނޫނިއްޔާ އެޤައުމުގެ ކާބޯ ތަކެތި އަގު ބޮޑުވަމުންދާއިރު ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އިސްތިސްނާ ވަނީ.؟ އަމިއްލަ ޤައުމުގެ ރައްޔިތުން ބަނޑަށް ޖައްސައި އަބިދަރީް ބިކަ ކޮއްލާފައި ރާއްޖޭގެ ވާހަކަ މިގެންނީ ކީއްވެގެންތޯ. މިއީ ކޮއްލަން ޖެހޭ ސުވާލެއް.

 2. ސލ

  ރައްޔިތުންނަށް އޮތް އިންޒާރެއް!
  ކާބޯތަކެއްޗާއި ބޭސްފަރުވާގެ ކަންކަން ކަށަވަރުކަން ޔަގީ
  ކުރުމަކީ އެއްމެ މުހިއްމުކަންކަމަށްވާއިރުވެސް ދުނިޔޭގެ
  ހާލަތަށް ރިޔާޔަތްކުރުމެއްނެތި ދައުލަތުގެ ބަޖެޓުން ބައި
  އަޅަމުންދާއިރު މުހިއްމުކަން އެއްފަރާތްކޮށް އަމިއްލަމަސްލަހަތު ނުވަތަ ޕާޓީގެ ސަޕޯޓަރުން އިތުރު
  ކުރުމަށް ބަޖެޓްގެބޭނުން ކުރުމަކީ ގަބޫލްކުރެވޭނެ ކަމެއް
  ނޫނެވެ.

 3. ތެޔޮ އިސްމާލު

  މީފާޑެއްގެ ސަރުކާރެއް މިހެން ސުރުހުހީއެއް ނޫސްވެރިން ލައްވާ ޖަހުވަފާނެ ރާއްޖޭގައި ކާޑުގެ އަގު ބޮޑުކޮށލުމަށްވެސް، ނިކަން ބަލާބަލަ ތެލަށް ހެދިގޮތް ތެޔޮ ދުނިޔޭގެ ބާޒާރުގައި އަގު ބޮޑުވުަށްފަހު މިހާރު އެތަށް ބުރަކަށް ހެޔޮވެއްޖެ އެކަމަކުވެސް ޔޫކްރޭން ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން އެހިފަހައްޓަނީ އަގުހެޔޮ ނުކުރާށެވެ. އަދި ވަކިން ބޮޑަށް ގާސިމް ތެޔޮ އަގު ބޮޑެވެ.

 4. Anonymous

  ދިވެހިން ބަނޑަށްޖެހުން ގާތްވަނީ. ބަނބުކޭލާއި ފަޅޮލާއި ބަރަބޮލާއި ކެކުރި ހައްދަންވީ ފަޅުރަށްތަކުގައި.

  7
  4
  • ބޮޑުވަޒީރު

   ނުޖެހޭނެ! ކޮންއިރަކުތަ ދިވެހިން ގޮދަންފުއް ކައި އުޅުނީ

 5. ބީރު

  މިހާރު އެމަނާ ކުރަނީ ފުށް އައުޓު ކުރުން
  ވަކި ކޯޓާ އެއްގެދަށުން ފީވާން ކައިރި ވެރިވެފައިވާ ފުއްކޮޅެއް ތޯއްޗެ ދެން

  ފަހަރަކު ބޮޑިއެއް ލިބެމުން ދާނެ ގޮތްނޭގޭ އަވަށް ޓެރިން ގެއަށް ވައްދާ ބޭބުންގޮތަކަށް އުޅުމުގެ ހުއްދަދިނީމަ

  ފަލަސްޠީން މީހުން އުޅެންޖެހޭގޮތަށް އުޅެންނުޖެހިދާނެ ކަމުގެ ބިރުހީވޭ ހަމަ ހުވާމިބުނީ

 6. ނޯނޯ

  ކިނެއްތަ ވެލަޔަށް ބިސްކޮޅެއް އަޅާލަން ފަޅުރަށަށް ނޭރޭއިރު އާދައިގެ ރައްޔިތަކަށް އެރޭނީ ގަހެއްހައްދާލަންވެސް އެކިފާޑުފާޑުގެ ނަންނަމުގަ ދީހުސްކޮށްފި

 7. ހާމާނު

  ޔާމީން، ކޮބާ ހީވޭ ކަމެއްހެން، އަދިވެސް އައުޓް ކޮއްލެވޭތޯ އުޅޭ.

 8. ބުނަންތަ

  ފަޅު ރަށް ތައްވެސް އަތަކު ނުޖެހޭނެ.އެމީހުން ދިނިއްޔާ ލިބޭނި