ރަޝިޔާ އާއި ޔޫކްރޭންއާ ދެމެދު ހިނގަމުން ދިޔަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދަތުރު ކުރުން ހުއްޓާލި ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޯޓްގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިިފިއެވެ.

ޔޫކްރޭން ހަނގުރާމައިގެ ކުރިން ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަމުން ދިޔަ ގައުމެވެ. ދުވާލަކު ގާތްގަނޑަކަށް 300 އެއްހާ ފަތުރުވެެރިން އުފުލަމުން ދިޔަ އެއިރޯފްލޯޓް އިން ދަތުރުތައް ހުއްޓާލާފައި ވަނީ ހަނގުރާމައިގެ ސަބަބުންނެވެ.

އެ އެއާލައިންއިން ރާއްޖެއަށް ދުވާލަކު އެއް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއިރޯފްލޯޓް އިން ރާއްޖެއަށް ދަތުރުކުރާނީ އޭ-330 މަރުކާގެ ބޯޓެކެވެ. އެއީ ފަހަރަކު 300 ފަސިންޖަރުންގެ ޖާގައިގެ ފްލައިޓެކެވެ.

އަލުން ދަތުރުތައް ފަށާފައި ވަނީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ދިވެހި ސަރުކާރުން އެންގުމާ ގުޅިގެންނެވެ.

އެއިރޯފްލޯޓްއިން ދަތުރުތައް ކުރުން ހުއްޓާލީ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެ އެއާލައިނަށް ދޫކޮށްފަައިވާ އިންޝިއުރެންސްތައް ބާތިލްކުރުމާ ގުޅިގެންނެވެ.

ރަޝިޔާއިން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 54،624 ފަތުރުވެރިއަކު އައިސްފައިވާއިރު، ލިސްޓުގެ އެއްވަނާގައި އޮތުމަށް ފަހު ތިންވަނައަށް ރަޝިޔާ މިހާރު ވަނީ ވެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު