ވިއްސާރަ މޫސުމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ފެން ބޮޑުވާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ހިޔާ ފްލެޓްގެ 10 ވަނަ ޓަވަރުގެ 22 ވަނަ ފަންގިފިލާގައި ދިރިއުޅޭ މީހަކު "ވަގުތު"އަށް ކިޔާދިން ގޮތުގައި ވާރޭ ވެހިއްޖެނަމަ އެ ގެގޭގެ ހުރިހާ ދޮރަކުން ފެން ވަދެއެވެ.

އެ އެޕާޓްންޓް ހުންނަނީ ކޮރިޑޯ ނިމޭ ހިސާބުގައިކަން ފާހަގަކުރަމުން އޭނާ ބުނީ ފްލެޓް ލިބުނުއިރުން ފެށިގެން، ވިއްސާރަ މޫސުމުގައި ގޭތެރެ ފެން ބޮޑުވާ ކަމަށެވެ.

"ގެއަށް ފެންވަންނަ މައްސަލައިގައި އެޗްޑީސީއަށް ގުޅުނު އަދަދެއް ވެސް ނޭނގެ. ކޮންމެ ފަހަރަކު ބުނޭ މައްސަލަ ހައްލުކޮށްދޭން މަސައްކަތް ކުރަމޭ. އެކަމު އަދިވެސް މި މައްސަލައަކަށް ހައްލެއް ނުލިބެ." އޭނާ ކިޔާދިނެވެ.

ގެއަށް ފެންވަންނާތީ އެ ދިމާލުގައި ޖަހާފައި ހުރި ކަބަޑު ސެޓް ވެސް މިހާރު ހަލާކުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

ފްލެޓްގައި ކަނބަޑު ސެޓް ޖެހީ 17،000 ރުފިޔާއަށްކަން ފާހަގަކުރަމުން އޭނާ ބުނީ، އެ އެއްޗިހީގައި މިހާރު ހުރީ ފޮޅު ނަގާފައި ކަމަށެވެ. އަދި އެ އެއްޗިހި ފީވަމުންދާކަމަށްވެސް ބުންޏެވެ.

ފްލެޓަށް ފެން ވަންނަ މައްސަލައިގައި 8 ވަނަ ޓަވަރުގެ 14 ވަނަ ފަންގިފިލާގައި ދިރިއުޅެމުންދާ މީހަކު ބުނީ ވިއްސާރަ މޫސުމުގައި ގެއަށް ފެންވަންނާތީ ދަންވަރު ވެސް ނުނިދާ ފެން ފުހެން އުޅެން ޖެހޭ ކަމަށެވެ.

އަދި ކޮޓަރީގައި ހުރި ބައެއް ސާމާނުތަކުގައި ފެން ޖެހުމުގެ ސަބަބުން ފީވަމުންދާ ކަމަށް ވެސް އޭނާވެސް ކިޔާދިނެވެ.

ހިޔަ ފްލެޓްތައް މިދިޔަ އަހަރުގެ ޖުލައި މަހުގެ މީހުންނާއި ހަވާލުކުރި އިރުވެސް ގިނަ ބަޔަކު ވަނީ ފްލެޓަށް ފެންވަންނާތީ އެކަމުގެ ޝަކުވާ ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނަނީ ފްލެޓަށް ފެންވަންނަނީ އެތަން ހަދާފައިވާ ގޮތުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަތަރަސް

    ބަލަ މިހާރުވެސް މިރައިސްމީހާ ދުނިޔޭން ބޭރައްދާންނިމިއިރު ހިޔާފުލެޓް މީހުންއުޅޭހާލް ބަލާނުލާއިރު މިރައީސް މީހާ ގެ ނާގާބިލްކަން މިއިން އިގެނީ މިހާރުވެސް ވިދާޅުވޭ ވެރިކަމަން ކުރިމަތިލާވާހަކަ ކޮބައިރައްޔަތުންގެ މޫނެއްބެލުމެއްނެތި ތިޔަވެރިރައީސް ތިރީސްފަސްހާސްމިހުން ކަން ހަދުމަޅު ބަހައްޓަވާތި؟؟ ވަރައްހާލުގާހިޔާފުލެޓުގެ ރައްޔަތުން ހިތާމަތަކާ ބަރުދާސްތައްތަހަމަލްކުރާއިރު ތިޔަރަީސް މީހާ އަސަރުނުކުރާކަން ވަރައްހިތާމަޔާއެކުފާހަގަކުރަން ؟؟ ދަގަޑު ހިތުގެ ރައީސްތަ؟؟؟؟

  2. ދޯސްތީ

    އެޗުޑީސީން މަށްސަލަހަށްލުކޮށްދޭން ޖެހޭނެ ތަންހަދާފަ ހުރިގޮތަކުންނޭކިޔާފަ މަށްސަލަނިންމާލައިގެންނުވާނެ ޓަވަރުތަކަށް މީހުން ވެއްދީވެސް އަމިއްލަޔަށްހަދައިގެން ސަރުކާރުގަ އެވަރު ފެންވަރުނެތިގެން ދެންވެސް ތިކަންހަށްލު ކުރަންޖެހޭނީ އާއްމުރަށްޔަތު މީހާ ހަމަގައިމުވެސް ރައީސްޔާމީން ވެރިކަމުގަ ހުރިނަމަ ތިތަން އެންމެފުރިހަމަޔަށް ހަދާފަ ރަށްޔަތުން ތިތަނަށް ވަށްދާނީ ދެންއެޗުޑީސީން ތިކަން އެންމެފަހުން ރައީސްޔާމީންގެ ބޮލަށް ކަނޑާލާނެ..... ލޮލް

  3. ާއަންހެނެއް

    އަޅުގަނޑުވެސް ރޭގަ ނުނިދަން. ކުޑަދޮރުގެ މަތިން ފެންފައިބަނީ، ތިރިން ފުރިގެން ބޮކިޖަހާފަ ފެންއަރައިގެން ކޮޓަރިތެރެއަށް ފައިބަނީ. މިއަދުވެސް އިރުއިރުކޮޅާ ފެން ހިއްކުން ކަމަކީ

  4. ހާލުގެދުލުން

    އެދުރުހިޔާ ގައި ފެންއަރަނީ އަޑިން.އަބަދުޖެހެނީ ސާފުކުރަން.އެއްވެސްފަރާތަކުން ނޫޅޭ މިކަން ހައްލުކޮށް ދޭކަށް.ކީއްކުރާނީ.