ދެން އަންނަ ރިޔާސީ އިންތިހާބެއްގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަކަށް ނުފެންނަ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ރައީސް ދޮގު ކުރައްވައިފިއެވެ.

ދިވެހި ޗެނަލް އިން ގެނެސްދިން ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި އެހެންނަމަވެސް ރައީސް ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެކަމާއި ގުޅިގެން ރާއްޖޭގެ ޓީވީ ޗެނަލެއް ކަމަށްވާ "ސަންގު ޓީވީ" އާއި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އިންތިހާބުގައި ވާދަ ނުކުރަން ނިންމާފައި ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ނުކުރަން ވެސް ނުނިންމާކަމަށާއި އެފަދަ މަޝްވަރާ އެއްވެސް މިހާތަނަށް ކޮށްފައިނުވާނެ ކަމުގައެވެ.

"އަޅުގަނޑު އެމްޑީޕީ ޕްރައިމެރީ ޕްރައިމެރީގައި ވާދަ ނުކުރަން ނުނިންމަން.. އެފަދަ އެއްވެސް ކަމަކަށް އެއްވެސް މީހަކާއި މަޝްވަރާއެއް ނުކުރަން" ރައީސް ސޯލިހް ވިދާޅުވިއެވެ.

ހަމައެހެންމެ ރިޔާސީ ރޭހުގައި ވާދަކުރައްވަން ވެސް ނިންމަވާފައިނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެއާ ހިލާފަށް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

އަދި ރައީސް ސޯލިހް ދެވަނަ ދައުރަކަަށް ކުރިމަތިލައްވާނެ ކަމަަށް ނުބެލޭ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު ވެސް ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ކުރެއްވުން ކަމަށް މިއަދުވެސް ނަޝީދު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ފައިދާކުރާނެ ވެރިކަމެއް ހިންގޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ގަބޫލުފުޅު ކުރައްވައިގެންނޭ އިހުގައިވެސް ގަބޫލުފުޅު ކުރެއްވި ގޮތަށް. ބަރުލަމާނީ ނިޒާމެކޭ ރާއްޖެއަށް އެންމެ ރަނގަޅީ. އަޅުގަނޑު ނުދެކެން ރައީސް ސޯލިހް ކުރިމަތިލައްވާނެ ކަމަކަށް" ނަޝީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭގޮތުގައި މިއީ ރައީސް ނަޝީދު ދެއްކެވި މިފަދަ ވާހަކަފުޅަކަށް ރައީސް ސޯލިހް ސީދާ ރައްދެއް ދެއްވި ފުރަތަމަ ފަހަރެވެ.

ޕާޓީ ތެރޭގައި ދެބަސްވުން އުފެދިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާއިރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. އެހެންނަމަވެސް ރައީސް ސޯލިހް މިފަދައިން ރައީސް ނަޝީދުގެ ވާހަކަފުޅަކަށް ރައްދުދެއްވި މިއީ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙަނދުކޭތަ

    ތިތާނެތް ތެދުހަދާ އެކަތިވެސް މި ގައުމު ވިއްކާފަތިބި ދެ އިބިލިސްތީ

    24
  2. ފަލަސްތީން

    ވާދަ ކުރިޔަސް ވާދަ ނުކުރިޔަސް ވޯޓެއް ދެވޭކައްނެއް. އިންޑިޔާ އައުޓް

    29
    3
  3. ބެއްޔާ

    ނަޝިދަށް ކުރެވޭ ލަފައެއް އެއީ އަދި ދޮގަލަށް ނުވާނެ. ނަޝިދު ނުބުނޭ ސޯލިހް ކުރިމަތި ނުލާނެ އެކޭ. ވީމާ ދޮގުހެދީ ސޯލިހު.

    17
    3
  4. ގއ

    ރ ސޯލިހް މޑޕ ޕްރައިމަރީގައި ވާދަކުރައްވަން ޖެހިވަޑައި
    ނުގަންނަވާނެއެވެ އަދި ރިޔާސީ އިންތިޚާބުގައި ވާދަ
    ކުރައްވާނީވެސް ރ ސޯލިހެވެ ނަސީދެއްނޫން ދެއްތޯ.

    10
    4
  5. ކޮވިޑް

    އެމްޑީޕީ ގެ އިސް ސަފުގައި ތެދު ހަދާ މީހަކު އެބަހުރިތޯ؟

    18
    1
  6. ރަބަރޭ

    ތިޔަ ނަސީދު ތިޔައީ އެމްޑީޕީގެ ހަލާއްކު

    16
    1
  7. ކަނީރު

    ކޮބާ ހެއްދެވި އިތުރުފުޅަކީ؟ ދެކިލައްވާގޮތެއް ވިދާޅުވުމަކީ ހެއްދެވި އިތުފުޅެއްތަ؟ސާބަސް ތިނޫހުގެ ބޮލަށް މޮހޮރުހެރިފަ ތިބޭމީހުންނަށް

    12
    4
  8. ބުއްޅަބޭ

    އަނގަ ލައްޕައިގެން ހުންނާތީ އަނގަ ހުޅުވާލުމަށް ހެދި ފަނެޑިތައެއް އެއީ!

    4
    1
  9. ޏަސީ

    ރައީސު ނަޝީދުނުބުނޭ ސޯލިހު ބުންޏެކޭ. ބުނެފައޮތީ އެމަނިކުފާނަށް ފެނިވަޑައިގަން ނަވާ ގޮތެއްގެ ވާހަކަ.

    • ހަސަނާ

      މި ސޯލިބޭވެސް މިހިރީ ހާދަވަރެއްގަޔޭ 2023 ގަ ބައިތުލްމާލުހުސްކުރަން ކަލެއަކައް ޖާގައެއްނެތް ބަހާ ބަހާ ހުސްކޮއް ދަރަނި ދަންތުރައެއްގަ ގައުމު ޖައްސާގެން ހާހުންވަޒީފާދީގެން 2ވަނަދައުރު ހޯދާން ސަކަރާތްޖަހާނެ ކަމެއްނެތް..

      3
      1
    • ާެއަފީ

      ރައީސްސޯލިހް ވެސް ރައްދެއް ނޫން ދެއްވާފަ އެއޮތީކީ. ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވާފަ އެއޮތީ