ދޯންޏެއްގެ ބައެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ދޯންޏެއްގެ ބައެއް އޮޔާދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު 14:24 ހާއިރުއެވެ.

އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަނީ ދޯންޏެއްގެ ގެބައި އޮޔާދާ މަންޒަރެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ, މާލެ އަތޮޅު އެރިޔަދޫ ރިސޯޓުގެ ދެ ނޯޓިކަލް މޭލު އުތުރުން، އިރުއުތުރަށް އުޅަނދެއްގެ ބައެއް އޮޔާދާތީ މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ޚާއްޞަ ގޮތެއްގައި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާއިރު، އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު