އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލަށް ބޮޑު ތާއީދެއް އޮންނަ ކަމަށް ބުނާ ލ.ގަމުގެ އެއްއަވަށުގެ ވޯޓް އޭނާ އާއި ވާދަކުރެއްވި އިމްތިޔާޒް ފަހްމީ (އިންތި) ކާމިޔާބު ކުރައްވައިފިއެވެ. ނަމަވެސް ގަމުގެ އަނެއް ތިން އަވަށުގެ ވޯޓް ކާމިޔާބު ކުރެއްވީ ފައްޔާޒް އެވެ.

ފައްޔާޒަކީ 2014 ވަނަ އަހަރު ހޮވި ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ މެންބަރެވެ.

މިއަދު އޮތް އެމްޑީޕީ ޗެއާޕާސަން ކަމުގެ އިންތިޚާބުގައި ފައްޔާޒަށް ގަމުން ލިބުނީ 846 ވޯޓެވެ. އިންތި އަށް ލިބުނީ 432 ވޯޓެވެ. ގަމުން ވޯޓް ލާފައި ވަނީ 1311 މީހުންނެވެ.

ގަމުގެ ތުނޑީ އަވަށުން އިންތި ވަނީ 177 ވޯޓް ހޯއްދަވާފައެވެ. އެއަވަށުން ފައްޔާޒަށް ލިބުނީ 152 ވޯޓެވެ. ގަމުގެ އާބަދުވާ ސަރަހައްދުން ފައްޔާޒް 218 ވޯޓް ހޯއްދެވިއިރު އިންތިއަށް ލިބުނީ 73 ވޯޓެވެ. ފައްޔާޒަށް ތާއިދު ކުރައްވާ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ނިސްބަތްވާ އަވަށް ކަމަށްވާ މަތިމަރަދޫން ފައްޔާޒަށް 202 ވޯޓް ލިބުނެވެ. އެއަވަށުން އިންތިއަށް ލިބުނީ 51 ވޯޓެވެ. މުކުރިމަގުން އިންތިއަށް 77 ވޯޓް ލިބުނުއިރު ފައްޔާޒަށް 153 ވޯޓް ލިބުނެވެ. މާލޭގައި ބެހެއްޓި ގަމުގެ ވޯޓް ފޮށިން ފައްޔާޒް ވަނީ 121 ވޯޓް ހޯދާފައެވެ. އިންތިއަށް އެފޮށިން ލިބުނީ 54 ވޯޓެވެ.

ކެމްޕޭން ދުވަސްވަރު ގަމު ދާއިރާގެ ފައްޔާޒް ކެމްޕޭން ޓީމުން ބުނަމުން ދިޔައީ ގަމުގެ %90 އަށް ވުރެ ބޮޑު އަޣުލަބިއްޔަތެއް ފައްޔާޒް ނަގާނެ ކަމަށެވެ. ނަމަވެސް ވޯޓްގެ ނަތީޖާ ދައްކާ ގޮތުން ފައްޔާޒަށް ކާމިޔާބު ކުރެވުނީ ގަމުގެ %64 ވޯޓެވެ.

ގަމުން ހީކުރިވަރުގެ ކާމިޔާބެއް ފައްޔާޒަށް ނުލިބުނު ނަމަވެސް މިހާތަނަށް މުޅި ރާއްޖެ އިން ގުނައި ނިމުނު ވޯޓް ފޮށިތަކުން ކުރީގައި އުޅުއްވަނީ ފައްޔާޒެވެ.

ނަތީޖާ ސާފުވެފައިވާ މިންވަރަށް ބަލާއިރު އިންތިޚާބު ފައްޔާޒް ކާމިޔާބު ކުރާނެކަން ގާތްގަނޑަކަށް ވަނީ ޔަގީން ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އ.މ.ނ

    ސުރުޚީ ކިޔާލީމަ ހީވަނީ އިންތިއަށް އެއް އަވަށް ކާމިޔާބު ކުރެވުނީމަ އިންތިޚާބު ލިބުނީހެން.

    19
  2. މުޙައްމަދު

    ތުނޑީ އަވަށުން އިންތި ކާމިޔާބު ހޯދީ ފަޔާގެ ބޮޑު އެހީތެރިކަމަކާއެކު އިންތިހާބު ކާމިޔާބު ކުރި ލާމު ރައީސް އަދި ގަން ކައުންސިލް ރައީސް ގެ މަސައްކަތުން.

    10
    2
    • ހަމްދީ

      ލާމު ރަޢީސް ފާހަގަ ވަނީ ދޭ އަތުގައި ބާރަށް ދާނާ މީހެެއްގެ ގޮތުގައި.

  3. ޙަޒާ

    ވަޒީފާއިން ވަކިކުރަން ޖެހޭ މީހުން ފާހަގަ ކުރެވުނީ.

  4. އޮޅުވާނުލާ

    ސުރުޚީ ކިޔާލީމަ ހީވަނީ ، އިންތިއަށް އިންތިޚާބުން އެއް ވަނަލިބިގެން ކާމިޔާބު ލިބުނީހެން.
    ތިޔަހައްދަވަނީ ބޮޑުވަޒީރު ހައްދަވާ ދޮގުތައް.. ޞުރުޚީ ވެސް އޮޅުވާލާފަ! ވާނީވެސް އެހެން އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ.

  5. ލާމު

    ލާމު ކުނަހަންދޫ ޙަސީނާ މުޙައްމަދުގެ ދަރިއަކަށް ލާމުން ވޯޓު ލިބުމުން ހައިރާނެއް ނުވި. ހައިރާން ވަނީ އެއޮތް ބޮޑު ލާމު ދެވަނަ މާލެ އަށް ނުވީމާ، އިލްޔާސް އިބްރާހީމް ކުރި ވަރުގެ މަސައްކަތެއް، ކުނަހަންދޫ މި ސޮރު ކުރިނަމަ ތި މާލެ ތޮއް ޖެހިފަ ނެތީސް.

  6. ބަބޫ

    ސިޔާސީ މީހުންވެސް ދަންނަންވީ ތިމަންނަމެން ރައްޔިތުންނަށް ދޯކާދޭހެން ރައްޔިތުންވެސް ދޯކާދޭނެކަން 2023 ވަނަ އަހަރު މިސަރުކާރަށް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާވަރުގެ ދޯކާއެއް ލިބޭނެ. ދެން ކެނެރީ ފެމިލީއަކަށް ވެރިކަމުގެ ވަސް ޖެހޭ ހިސާބަކަށްވެސް ނާދެވޭނެ