ބަނގުރާ އުފުލާ އުޅަނދުތައް ދަތުރުކުރާ ގޮތް ކަސްޓަމުން ބަލަން ނިންމާފައިވާކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.

ކަސްޓަމް ބިލްޑިންގް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު ވިދާޅުވިގޮތުގައި ބަނގުރާ އަދި އޫރު މަސް ހިފައިގެން ދަތުރުކުރާ ގޮތް މޮނީޓާ ކުރުމަށް ޑިވައިސް ތަކެއް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ޑިވައިސް ހަރުކުރުމުން ކަސްޓަމްސްގެ ކޮންޓުރޯލް ރޫމަށް އެގިގެންދާނެ ޑިވައިސް ހަރުކުރެވިފައިވާ އުޅަނދު އެއާޕޯޓުގެ ގެ ބޮންޑަޑްވެއާ ހައުސްއިން އިން ބަނގުރާ ލޯޑް ކޮށްގެން ދާންޖެހޭ ރިސޯޓްތަށް. އަދި ދާން ނުޖެހޭ މިސްރާބަކަށް އުޅަނދު ދާނަމަ އެކަން ކަސްޓަމްސްގެ ކޮންޓުރޯލް ރޫމަށް އެނގިގެންދަނެ" ޖުނައިދު ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވިގޮތުގައި މާ ލަސްތަކެއްނުވެ ސެޓަލައިޓް ކޮންޓުރޯލް ކުރާ ޑިވައިސް އުޅަނދުތަކުގައި ހަރުކުރުވެމުން އެ އުޅަނދުތަށް މޮނީޓާ ކުރެވިގެންދާނެއެވެ.

ޖުނައިދު ފާހަގަ ކުރެެއްވި ގޮތުގައި އެމަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރީތައް ވާން މިހާރު ވަނީ ފަށާފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މިކަމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެކަމަށް ހަދަންޖެހޭ ގަވައިދުތަކާ އުސޫލުތަށް މިހާރު ނިމުމަކާއި ހަމައަށް ވަނީ އައިސްފައި" ޖުނެއިދު ވިދާޅުވިއެވެ.

ކަސްޓަމްސް އިން ހާމަ ކުރިގޮތުގައި އެ ޑިވައިސް ބަނގުރަލާއި އޫރު މަސްހިފައިގެން ދަތުރުު ކުރާ ހުރިހާ އުޅަނދެއްގައި ހަރު ކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅ

    ކޮންމެ ބުރާސްފަތި ދުވަހަކު މާލޭގަ ދަންވަރު ބަނގުރާ ވިއްކާ ކަމެއް ނޭނގޭ ދޯ؟ މިކަމުގަ އުޅެނީ ސަފާރީ ތަކުގަ މަސައްކަތް ކުރާ ދިވެހިން!

  2. sandhuvaa

    ޝުކުރިއްޔާ ޖުނައިދު. ތިޔައީ މާލަސްވެސް ވެއްޖެކަމެއް. ތިޔަކަމުން ރަށުތެރޭގެ މާރާމާރީއާއި، ޒަޚަމްތައް މަދުވެގެންދާނެ.

  3. މަަަަަ

    ބަނގުރާ ބޯ އަނގަތައް ވެސް ޖެހޭނެ ބަލައި ހޯދައި އެ އަނގަތަކަށް ކޮންމެވެސް އަދަބެއް ދެވޭނެ ގޮތެއް ހޯދަން