ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، ޔޫއެސް ފަސްޓް ބެޓޭލިއަން ފިފްތު ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، "އެކްސަސައިޒް ބްލެކް މަރލިން 22-2" ގެ ނަމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި މޭ 14 ވަނަ ދުވަހުގެ ހެނދުނު ފެށި މި ތަމްރީނުތައް ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މެރިން ކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕު (އެސްއޯޖީ) ގެ މެރިންސް ބައިވެރިވާ މި ތަމްރީނުތަކުގައި، މެޑިކަލް، މާކްސްމަންޝިޕް، ކައުންޓަރ އައިއީޑީ އަދި ބްރީޗިންގ އާއި ކްލޯސް ކްއޯޓަރ ބެޓަލް ފަދަ އަސްކަރީ އުކުޅުތައް ފަރިތަކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިގޮތުން، މި ތަމްރީނުތައް ކުރިއަށްގެންދާއިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެކްސަސައިޒް ބްލެކް މަރލިން އަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްޞަދުގައި ބާއްވަމުން ގެންދާ އެކްސަސައިޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަން ރީނދޫ

    މިއީ މިކަން ކުރަން ޖެހޭ ގޮތަކީ. މިލިޓަރީ ބޭހެއް ދިނަސް ދޭން ވާނީ ފައިސާ ހުރި،ތަހުޒީބު ގައުމުތަކަށް. އިންޑިއާ ކަހަލަ ސުޕަރ ޕަވާރ ހުވަފެން ދެކޭ މީހުންނަކަށް ނޫން. އިންޑިއާ އައުޓް.

    6
    1
  2. ޖަގަހަ

    ރާއްޖެ ދިދަ ހާދައެތެރެއަކަށްވައްދާފައެހެރީ

    3
    1
  3. އިބްރ

    މިހާރު ދުނިޔޭގައި ތިބި އެންމެ ގަމާރު ސިފައިންތިބީ އެމެރިކާގައި. އަފްޣާނިސްތާނުން ބަލިވެ ރަޝިއާއާއި ވައިވެސް އެޅިލަން ނުކެރުނު ގައުމަކީ އެމެރިކާ ނޫންތޯއެވެ. މިހާރު އަޅުގަނޑުމެންގެ ސިފައިންވެސް އެމެރިކާއާއި އިންޑިއާ ފަދަ ޤައުމުތަކާއި ދުރައްގޮސްގެންނޫނީ އިތުރަށް ލިބޭނެ ކުރިއެރުމެއް ނެތެވެ.

  4. ބުޅި

    ޢެކަމް އެމެރިކާގެ އެޖެންޓުން ކަމުގަ ނަންވާނީ އައިސިސް.

  5. Anonymous

    މިހާރު އެބަ ރަނގަޅުވޭ. ކައްޕަޅި އިންޑިއާ ސިފައިން ގެނެސް ދިވެހި ސިފައިންނަށް ތަމްރީނު ދޭކަށް ނުޖެހޭ. ހެލިކޮޕްޓަރާ ސަވައިލަންސް މަތިންދާބޯޓު ވެސް އެމެރިކާއިން ދޭނެ ބުނާއިރަށް

  6. ނަންނު

    އުޅެމާ އެމެރިކާ އައުޓް ބެނާ ދަމަން