ބޮޑު ތަފާތަކުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އިންތިހާބުކޮށްފިއެވެ.

ރޮޒެއިނާ މިއިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދުގެ ތާއިދާއި އެކު އެމަގާމަށް ވާދަ ކުރެއްވި ސަފާތު އަހުމަދު ޒާހިރު އާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ. އެގޮތުން ރޮޒެއިނާ ވަނީ ޖުމްލަ 282 ފޮށީގެ ތެރެއިން ގުނުނު 246 ފޮށީގެ 65 އިންސައްތަ ވޯޓު ކާމިޔާބުކުރައްވާފައެވެ. އަދި ސަފާތުއަށް ލިބިފައިވަނީ 35 އިންސައްތަ ވޯޓެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ރޮޒެއިނާ ވަނީ 5000 އަށް ވުރެ ގިނަ ވޯޓު ލިބިފައިވާއިރު، ސަފާތުއަށް ލިބިފައިވާ 2700 ވޯޓެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ނިންމުންތައް ނިންމުމުގައި އަންހެނުން ބައިވެރި ކުރުމަށާއި، ގައުމީ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އޮންނަ ޕާޓީގެ މުހިއްމު ގުނަވަނެކެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ރޮޒެއިނާ ކާމިޔާބު ކުރައްވާފައިވާއިރު، ރޮޒެއިނާގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިކޮނިކޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ އެޕާޓީގެ ޗެއާޕާސަންގެ އިންތިހާބު ވެސް ބޮޑު ތަފާތަކުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބަލިކޮށް ކާމިޔާބު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ލާދީނީ މީހާއާ ދެކޮޅުވެރިވާ ކޮންމެ މީހަކަށް މިހާރު ރައްޔިތުން އެބަ ވޯޓުދޭ ދޯ.

    8
    1
  2. Anonymous

    ދެން އަވަހައް ރައީސް ކަމައް ކުރިމަތިލާ ، އެކަމް 2023 ހަނދާން ނައްތާލާ.

  3. ނަޒީ

    އިންތިޚާބުގައި ވޯޓުލާފައިވަނީ ދިހަވަރަކަސްހާސް މީހުން. އެ ކިޔާ 94000 ވީތަނެއް ނޭގެ!

  4. ޑައެލޯގް

    އެމްޑީޕީއުވިއްޖެއެވެ. މިހާރުފެންނަނީ އެމްޑީޕީ އުވި ޑީއާރުޕީ އެމްޑީޕީ ހިސޯރުކުރިތަނެވެ. ވެރިކަންކުރަނީ މައުމޫނުއެވެ. އިބޫއަކީ ފޮޓޯގަނޑެކެވެ.