އެމްޑީޕީގެ އެތެރޭގައި އެބޭފުޅުން އެބޭފުޅުންނަށް އަރާރުންވެގެން އުޅުއްވިކަމުގައި ވީނަމަވެސް ހަގީގަތުގައި އެއީ ހުސް ގައްދާރުވެފައިވާ ހާއިނުން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިފަ ކުރައްވައިފިއެވެ.

އިއްޔެ ކުރިޔަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ސަރުކާރާއި އެމްޑީޕީއަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ މިހާރު "ޑެމޮނޮކްރެސީ" އެއް ކަމަށެވެ. ޑެމޮނޮކްރެސީ އަކީ، ޝައިތާނުންނަށްވުރެ, ނުބައި ނުލަފާ މީހުން ހިންގާ ސަރުކާރުތަކަށް ނިސްބަތްކޮށް އިނގިރޭސި ބަހުން ބޭނުންކުރާ ބަހެކެވެ.

އެގޮތުން މި ސަރުކާރާއި އެމްޑީޕީގެ އިސް ސަފުގައި ތިބީ ވަގުންނާއި، ގައްދާރުން ކަމަށާއި އަދި ސަރުކާރުގެ ވެރިން ކޮންޓްރޯލް ކުރާ މަތީ ބާރެއް އޮންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަރުދާގެ ފުރަގަހުގައި ހުރެގެން އެމީހުން ކޮންޓްރޯލް ކުރާ "ޕަޕެޓް މާސްޓަރެއް" ހުންނަ ކަމަށާއި "އެމީހުންގެ ވާފަށްތަކަށް މާ ގަދަޔަށް ދަމާލުމުން" ފަހަރަކު މީހެއް އެކަކު އެނެކަކާއި ދެކޮޅުވެރިވާން ފަށާކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ނުސީދާ ގޮތެއްގައި އިންޑިއާ އާއި ގުޅުވާ، ފާޑު ވިދާޅުވެފައެވެ.

އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބާއެކުގައި އެމްޑީޕީގެ ތެރޭގައި ވަނީ ދެބަސްވުން އުފެދި، ދެ ފެކްޝަނަށް ދެބައިވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނާއި މެދުގައި ދެބަސްވުން އުފެދިފައިވާއިރު ޔާމީން ވިދާޅުވީ ހަގީގަތުގައި އެއީ ހުސް ގައްދާރުން ކަމުގައެވެ.

"ހަގީގަތުގައި އެއީ ހުސް އެކައްޗެއް، ހަމަ ގައްދާރުން" އެމްޑީޕީގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިއަދު ކުރެއްވި ޓުވިޓުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ތެރޭގައި އަރާރުން ބޮޑުވެ، ރައީސް ނަޝީދަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ އާންމު މެންބަރުން ގެންދަނީ ދެން އެމްޑީޕީގެ ތިބެން ބޭނުން ނުވާ ކަމަށް ބުނެ އެޕާޓީއާއެކު ދެން އިތުރަށް ނުތިބޭނެ ކަމަށް ބުނަމުންނެވެ. ބައެއް މީހުން ވަނީ އެމްޑީޕީން ވަކިވުމަށް އެދިފައިކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީ ދެކަފިވެފައިވަނީ އިއްޔެ ކުރިޔަށްދިޔަ އިންތިހާބާއި ގުޅިގެންނެވެ. އިންތިހާބުން ފައްޔާޒާއި ސަރުކާރު ފެކްޝަން މޮޅު ހޯއްދެވިތާ ގިނައިރުތަކެއް ވެފައިވާއިރު ނަޝީދު ފެކްޝަނުން ސީދާ ގޮތެއްގައި ފައްޔާޒަށް މަރުހަބާ ވެސް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް ނަޝީދު ފެކްޝަނަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ވަނދުގޮތެއްގައި ވަކިވަކިން މަރުހަބާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    ހައްޤު ތެދެއް. މޯދީއާ އެކީގަ އުޅޭނީ މުސްލިމުންގެ ދުޝްމަނުން. ގައުމުގެ ހާއިނުން

    49
    8
    • Yamern123

      ޔާމީން ތީ ބޮޑު މުލު ވަގު ގައްދަރު!!

      18
      41
    • ޕީޕީޑީފެކުސަނުޑީގުރޭޑު

      އަބުލޯ ޔާނަށް ވުރެއް ބޮޑު ވަގަކު އަދި ހާއިނު އައްދާރަކި މި ދިވެހި ޤައުމުގެ ތާރީހު ނުދެކޭ ވެރިންގެ ތެރެއިން.. ދިވެހި ޤައުމުގެ ބިން ބޭރު މީހުންނަށް ވިއްކުމަށް ނިނއމާ ޤާނޫނު އަސާސީއަށް އެ އިސްލާހު ގެނެސް ސްޕުރީމު ކޯޓުގެ ފަނޑިޔާރުން ރޭގަނޑު ދަންވަރު ވަގަށް ނަގާ ބައިތުލްމާލު އެތަށް ފައިސާއެއް ހަރާން ގޮތުގައި ހައްޕަޅާލައި އެކަމަށް އެބަހީ މީނާގެގޭ ދޫވެއްސަށް އެ ހަލާލު ނޫން ފައިސާ ވަތްކަމަށް ރައްޔިތުންގެ ކުރިމަތީގަ ޢިޢުތިރާފުވީ ހާއިނެއް ޔާމީނަކީ. ދިވެހި އުންމަތުގެ ފިރުއައުނު އަދި އަބޫޖަހުލު މިއީ..

      11
      26
  2. ކިތުނާއާދުމީނޭ1011

    އެކަކު އަނެކަކާއި އަރާރުންވިޔަސް އެއީ ހުސް ހާއިނުން: ރައީސް ޔާމީން

    މިވާހަކަ ޔާމީނު ބުނެގެން އެއްބަސް ވަނީކީ ނޫން އަބަދުވެސް އަހަރެން ގަބުލޫ ކުރާގޮތް

    އެމްޑީޕީ ގެ އަސްލަކީ ލާދީނިއްޔަތާ ހާއިނުންގެ ފަލްސަފާ

    53
    8
  3. Anonymous

    ޔާމިނަކީ ބޮޑު އިބިލީސް އަދި މުލުވަގު ޚާއިނުންގެ އައްޕަ

    30
    63
  4. Anonymous

    ތީ އަޑާގެ އައްޕަ

    21
    40
  5. މޯޱު

    އަސްލުދިވެހި ރައްޔިތުންގެ ޚާއިނު ކަލޭގެއަކީ ޔާމިނު މުޅިދަވްލަތްލޫލުވި މުލުވަގު

    24
    48
  6. ހަޖަމް

    ހަޖަމް ވިޔަސް ނުވިޔަސް ޔާމީން އެވިދާޅުވީ ތެދު އެއީހަމަ ޚާއިނުން ބޮޑަތި ވަގުން

    56
    18
  7. ބޮޑޭ އަހައްމަދު

    އަޖާއިބަކީ ރައްޔިތުންގެ މާލިއްޔަތު ފެންފޮދަކާވެސް ނުލާ ދިރުވާލައިފާ އެހެން މީހުންނާ ދިމާލަށް ޚާއިނުންނޭ ޣައްދާރުންނޭ ގޮވާތީ!

    26
    49
  8. ސެންޗޯ

    ތިއީ ގައްދާރުން

    11
    28
  9. ސެންޗޯ

    ތިއީ ޣައްދާރުން

    9
    27
  10. ބޮކި

    boadu vagu

    9
    28
  11. ޕޮގުބާ

    saabahe yaamee golhiah dhaandhenh hiyvaru kuraathi

    5
    19
  12. ރަބަރޭ

    ހައްތާވެސް ވަގުން ހުސްވަގުން ތީވެސް ވެރިކަމުގައި ހުރެ ޑޮލަރުގެ ވިޔަފާރި ކުރި ވަގެން ދޫވެއްސަށް ވަނީ ހަލާލު ފައިސާތޯ އަބިމީހާ ނާހާނެ

    15
    31
  13. އަލީމޫސާ

    ހަޖަމް ވިޔަސް ނުވިޔަސް ޔާމީން އެވިދާޅުވީ ތެދު އެއީހަމަ ޚާއިނުން ބޮޑަތި ވަގުން. މިމީހުންނަކީ ހިޔަޅުކަންތައްކުރާ ބައެއް. ވަރަށް މަކަރުވެރިވާނެ. އެހާމެ ދޮގުހަދާ ރައްޔިތުންގެ ބޮލަށް ޗިޕްޖަހަން ވަރަށްމޮޅުވާނެ. މިމީހުން އެކަކު އަނެކަކަށް އަރާރުންވިޔަސް އެއީ ރާވައިގެން ހިންގާ އޮޅުވާލުމެއްގެ ތެރެއިން ގެންދާކަންތަކެއް. ރައްޔިތުން މިކަމާއި މާބޮޑަށް ނުވިސްނާތި. މީހަމަ އެމްޑީޕީ. އެމްޑީޕީ.

    38
    9
  14. ސާއިރާ

    އަމިއްލަ ޤައުމު ދެކި ލޯބިނުވާ ބަޔަކު އެ ކަންވަނީ މާޒީގަ ދަކާފަ މާދަވެސް އެމީހު މިހާރުތިބިހާލަތުބަދަލުވާއިރަ ސިފައިނެ ފުލުހެ ޓޫރިޒަމަ ނުބަލާ މުޅި ގަގުމުގަ ހުޅުޖަހަމު ކިޔާނެ ޑިމޮކުރަސީޔޭ މުޖޭ ގޮވަމު ސިދާތާގޮވައިގެންދުވާނެ

    21
  15. ހަސަންބެ

    އެތާ ނޫޅޭނެ ރަނގަޅު އެކަކު ވެސް. އެމީހުންނާ ގުޅުނު ގްރޫޕް ވެސް އެތިބީ ބޯ ގޮވާފައި،

    22
  16. ހަސަންބެ

    ރައީސް ނަޝީދާ ކުރި ސުވާލުތަކާއި ޖަވާބުތައް. ޑެންމާކްގައި އިސްލާމް ދީނާ ޚިލާފް ވާހަކަ ދެއްކެވިންތޯ؟ އެމްޑީޕީ ވެރިކަމެއްގައި ދީނާ ޚިލާފް ކަމެއް ނުކުރާނެ. ރަޞޫލައަށް ޞަލަވާތް ކިޔަވާށޭ ބުނުމުން އެކަލޭގެއަށް ޞަލަވާތް ނުކިޔަވާނަމޭ ވިދާޅުވިންތޯޯ؟ އެމްޑީޕީ ވެރިކަމެއްގައި ދީނާ ޚިލާފް ކަމެއް ނުކުރާނެ. ބޯންވާނެއޭ ބޮވެން ޖެހޭނެއޭ ދޮންމީހުން އުޅޭ ގޮތަށޭ އުޅެން ޖެހޭނީ ވިދާޅުވިންތޯ؟ އެމްޑީޕީ ވެރިކަމެއްގައި ދީނާ ޚިލާފް ކަމެއް ނުކުރާނެ. މީ އޒޒ އފފ މެން ބުނާ މޮޅު ވާހަކަ ދެއްކުންތެރިޔާގެ ފެންވަރަކީ.

  17. ފަރުޙަތު

    ޔާމީނު ގޯސް ވުމަކީ، ރަނގަޅު ކުރަން އައި މީހުން ގޯސް ވާން ޖެހޭ ސަބަބެއްތަ؟ ޔާމީން ވައްކަން ކުރިއޭ ކިޔާފައި މި މީހުން ވެސް އެކަން. ޔާމީން ޗައިނާއަށް ޤައުމު ވިއްކާލިޔޭ ކިޔާފައޭ މިމީހުން ހަމަ އެކަން.

  18. ޢިޔާބު

    ހަމަ ފައްކާ ޣައްދާރުން

  19. Anonymous

    އެންމެ ފުރަތަމަ އަމިއްލަ ސިޔާސީ ޕާރޓީއެއް ހިންގާ ގޮތަށް ހިންގާލަބަލަ. ބޭބެގެ ޕާރޓީ ފޭރިގަނެގެން އުޅޭ ބައިގަނޑު.

    1
    4
  20. ސެންޓު

    ރާއްޖޭގެ އެއްބައި ބޭރުބަޔަކަށް ވިއްކައި، އެއިންވެސް ނާޖާއިޒު ފައިދާނަގައި އެފައިސާއިން ތިމާ މަހުޖަނަކަށް ވިއިރުވެސް އެހެންމީހުންނަކީތަ ޚާއިނުންނަކީ؟