އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއީލް އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ މުޅި ދައުލަތް ބޭނުން ކޮށްގެން ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވުމުން ރޮޒައިނާ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕާޓީއެއްގެ އެތެރޭގައޮ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ވާދަވެރި އިންތިހާބު ކަމުގައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ކުރިހޯދާފައިވަނީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އެވެ. އިންތިޚާބުގައި ބޮންޑެ ތާއީދު ކުރެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަކުރެއްވި އިމްތިޔާޒް ފަހްމީ (އިންތި) އަށެވެ.

އެ އިންތިހާބާއި ގުޅިގެން ބޮންޑެ އިއްޔެ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ބިރާއި ނުފޫޒާ ދެކޮޅަށް މާލޭގެ 15 ދާއިރާއިން 12 ދާއިރާ ކާމިޔާބު ކުރީ ތިލަފަތުގެ ރަމްޒް (އިމްތިޔާޒް ފަޙްމީ) ކަމަށެވެ.

"ރާއްޖޭގެ ޖިއޮގްރަފީއަށް ބަލައި ވަރަށް ފަސޭހައިން ބަސްތާއަަކަށް 300 ކާށި ގުނައިފައި އެޅިދާނެއެވެ. އަދި 600 ބޯ ފޮޅިވެސް އެޅިދާނެ" އޭނާ ވިދާޅުވިއެވެ.

ބޮންޑޭގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި ސަރުކާރު ފެކްޝަންގެ މެންބަރު ރޮޒައިނާ ވިދާޅުވީ ބޮންޑެ އުޅުއްވަނީ އަބަދުވެސް ރަށްރަށުގެ މީހުންނަށް މަލާމާތް ކުރުމުގައި ކަމަށެވެ. އަދި ވަށް ބަހުން ވާހަކަ ނުދައްކަން ވެސް އޭނާ ގޮވާލެއްވިއެވެ.

"އަބަދު ރަށްރަށުގެ މީހުންނާ އަޅައިގަނެގެން ވަށް ބަހުން މަލާމަތް ކުރަން ނޫޅުއްވާ ބޮންޑެ. ތީ މި ޕާޓީއަށް ވެސް ހުތުރުވާ ކަމެއް. އަދި އަޅުގަނޑުމެން މާލެއަށް ނިސްބަތްވާ މީހުން ވެސް ލަދުން ބޯ ހަލާކު. ބޮންޑެގެ ބޯ ހަމަޖެހޭ ތޯ މީހުން އެބަ އަހާ" އޭނާ ވިދާޅުވިއެވެ.

ބޮންޑެ ވަނީ ފައްޔާޒް އިންތިޚާބު ކާމިޔާބު ކުރެއްވުމުން ސަރުކާރުގެ ކުންފުނިތަކަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިޔުންތެރިޔާ

    ރޮޒޭއެއްކަމަކު ހަމަ ވަރަށް ރަނގަޅު ވާހަކައެއް ތިބުނީ، ތިޔަ ޕާޓީގަ ނޫޅޭނެ ބޯ ހަމަޖެހޭ ހަމަ އެކަކުވެސް.

    11
  2. ރަދީފް

    ބޮންޑެ އެއީ ކަނޑުކޮހެއް.

    12
  3. އަތޮޅޭ

    ތިޔަ ބޮންޑަ ބުރިއަކީ ފެންމައްޗަށް އަރައިފަ ހުންނަ ކިބުރުވެރި ބޮޑާ މީހެއް.. މީނާ ކިޔެވި ސުކޫލެއް ފާސްވީ މާއްދާއެއް އޭނާއަށް ވެސް ނޭނގޭ.. ނަޝީދު ބުނެގެން އަތޮޅުތެރޭ މީހުންނަށް ބެވުން މީނަގެ ކަމަކީ ދެން މާ މާލެވެފަ.. އެއީ ނަޝީދުގެ ވެއްޓުން.. ނަޝީދު ވާދަކުރި ހުރިހާ ރިޔާސީ އިންތިހާބެއްގަ އޭނާއަށް ވޯޓުލީން އަޅުގަނޑު.. އެކަމު އޭނާއާ އޭނާގެ ޓީމުން އަތޮޚު ތެރޭ މީހުންނާ ޖައްސާލައި ހަޖޫޖަހައި ހަމައެކަނި މާލޭ މީހުންގެ ހައްޤު ކުރިޔަށް ނެރުނު ހިސާބަކީ މީނާ ދެކެ ދުނިޔެ އުމުރަށް ފޫހިވި ސަބަބު.. ދެން އެމްޑީޕީން އޭނާ ނެރުނަސް މަގޭވޯޓެއް އާއިލާގެ ވޯޓެއް ތިޔަ ނަޝީދަކަށް ނުލިބޭނެ..

    15
  4. ސަންފައްތަ

    އެހާ ފަސޭހައިން ކޮށްލެވޭ ކަންކަންވެސް ބޮންޑޭމެންނަށް މިފަހަރު ވަރަށް އުނދަގޫވެއްޖެއުތަ؟ ނުވެސް ކުރެވުނު. ދެން ކޮންހާ ބޭކާރު ވާހަކައެއް.

    10
    1
  5. މޯދީ

    ބުނަންތަ ބޮންޑޭ. ކިތަންމެ ފަސޭހައިން ކުރެވޭ ކަމެއްވެސް ކުރެވޭނީ ކުރަން އެނގޭ ބަޔަކަށް. މީހާގެ އަނގަ ކިތަންމެ ފުޅާކުރިޔަސް ދަތްނޭޅޭ އެއްޗެހިވެސް އުޅެޔޭ.

    12