ރާއްޖޭގެ ގައުމީ ޓީމަށް ގިނަ މެޗްތަކެއް ކުޅެފައިވާ އިތުބާރު ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) މިރޭ އިދިކޮޅު ޕީޕީއެމް އަށް ސޮއިކޮށްފި އެވެ.

ސޮބާ ޕީޕީއެމް އަށް ސޮއިކުރުމަށް ފަހު އޭނާގެ ފޯމް ހަވާލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއިއެވެ.

ސޮބާ ޕީޕީއެމް އަށް މިރޭ ސޮއި ކުރިއިރު އޭނާ މީގެ ކުރިން ސިޔާސީ މަސްރަހަކުން ނުފެނެއެވެ.

ސޮބާ ވަނީ މީގެ ހައެއްކަ އަހަރު ކުރިން ކުޅުން ހުއްޓާލުމަށްފަހު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައެވެ. އޭނާ ވަނީ ނިއުރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ކޯޗްކަން ކޮށްދީފައެވެ.

ސޮބާ އަކީ 2008 ވަނަ އަހަރު ރާއްޖެއަށް ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ރަން މެޑެލް ހޯދިއިރު އެޓީމްގައި ހިމެނުނު މުހިއްމު ކުޅުންތެރިއެކެވެ. ސޮބާ ވަނީ 12 އަހަރު ވަންދެން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ.

ސޮބާގެ އިތުރުން އައްޑޫ ސިޓީ މީދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އަލީ ޝަހީމް ވެސް ވަނީ މިރޭ ޕީޕީއެމް އަށް ސޮއިކޮށްފަ އެވެ. އޭނާ ވަނީ ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ވީބީ އައްޑޫ އެފްސީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕީޕީސަޕޯޓަރ

    މަރުހަބާ ސޮބާ މަރުހަބާ އަލީ ޝަހީމް

    29
    3
  2. ޕޮގުބާ

    PPM DHO

    5
    1