އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އާއި ދެކޮޅަށް މަންދު ކޮލެޖުގެ ޗެއާމަން އަދި ކުރީގެ އެމްޑީޕީގެ ރައީސް އިބްރާޙިމް އިސްމާއިލް (އިބުރާ) ކޮށްފައިވާ ދައުވާގެ ޗިޓު މިނިސްޓަރަށް ރައްދުވެފައިނުވާ ކަމަށް ބުނެ އެ މައްސަލައިގާ މިއަދު ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތް ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ސިވިލް ކޯޓުގައި މިއަދުގެ އަޑުއެހުން ކުރިއަށް ގެންދަން ތާވަލްކުރީ ހެނދުނު 10:00 ޖަހާއިރަށެވެ. އެހެންނަމަވެސް ޝަރީއަތަށް ހާޒިރުވުމަށް ޗިޓް މިނިސްޓަރަށް ރައްދުވެފައިނުވާ ކަމަށް ބުނެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. މިއަދުގެ އަޑުއެހުން ކެންސަލްކުރީއިރު ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް ވެސް ޝަރީއަތުން ހާމަކޮށްފައެއް ނުވެއެވެ.

އިބުރާ، މިނިސްޓަރ އައިޝަތު އަލީގެ މައްޗަށް ދައުވާ ކުރަނީ މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލުގައި ސަރުކާރުން 15 މިލިއަން ރުފިޔާ ދިންއިރު ކޯޓުގެ ހުކުމްގައި އެ ފައިސާ ދޭން ބުނެފައިވާ މުއްދަތަށް ވުރެ ފަހުން އެ ފައިސާ ދިނުމާއި ގުޅިގެންނެވެ. އެހެންވެ މިނިސްޓަރ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އިބުރާ ވަނީ އެދިފައެވެ.

ކުރިން، މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރު ކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާއި ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް މަންދު ކޮލެޖުން ދައުވާ ކޮށްފައިވަނީ މި ސަރުކާރުގެ ކުރީ ކޮޅުގައެވެ.

މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ޑިސްޕިއުޓް މަރުހަލާގައި ދައުލަތުގެ އެ ހުށަހެޅުން ބަލައިގަނެފައެވެ.

ބަދަލުގެ ގޮތުގައި ދައުލަތުން ދޭން ޖެހޭ 15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ދިނުމަށް ކޯޓުން އެންގީ މިދިޔަ އަހަރުގެ މެއި 18 ވަނަ ދުވަހުގެ ކުރިންނެވެ. ނަމަވެސް ސަރުކާރުން ބަދަލު ދިނީ އެ ތާރީހުގެ ފަހުންނެވެ. މިހާރު މިނިސްޓަރ އައިޝަތު އަލީގެ މައްޗަށް އިބުރާ ދައުވާ ކުރަނީ އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދިނީ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަމީދު

    ރައްޔިތެއް ވެއްޖިއްޔާ ވައިބަރު މެދިވެރިކޮށް ޗިޓް ފޮނުވާހެންވެސް ހާޒިރު ކުރާނެ. ވަޒީރަކަށް ޗިޓް ރައްދުނުވިޔޭ ބުނެ އަޑުއެހުން ކެނަސަލް ކުރުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެއް.

    23
    1
  2. ރަން ރީނދޫ

    ރަނގަޅު ރަނގަޅު ،ކާލާ ކާލާ. ދައުލަތުގެ ޚަޒާނާ އެކަށް ކާލާ. މިއޮތީ ޝަރުޢީ ނިޒާމުގެތެރެއިން ކާލާވަރު. ދެން ކިހާވަރެއް އަރުވާލާނެ ސިއްރުން،މީ ފާޅުގައި ލަދެއް ޙަޔާތެއް ނެތި ރައްޔިތުންގެ ފައިސާއިން ވައްކަން ކޮއްލާވަރު

    22
    1
  3. ބޮޑޭ އަހައްމަދު

    ބޯގަންވިލާ ފެމިލީ މިއުޅެނީ ރައްޔިތުންގެ މާލިއްޔަތު ދިރުވާލާނެ ގޮތެއް ނުފެނިގެން ދޯ !އެކަމަނު ނަންވާނީ ރައީސް ޔާމީން !

    11
  4. ބަދަލު

    2023ގެ ރިޔާސީ އިންތިޚާބައް