ކަލާފާން ސްކޫލުން ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި 500 ގަސް އިންދައިފިއެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކަލާފާނު ސްކޫލުން އިސްނަގައިގެން ބޭއްވި މި އިވެންޓުގައި ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ގުޅިގެން ވަނީ 500 ގަސް ރުއްގަނޑު 1 ސަރަހައްދުގައި އިންދާފައެވެ.

ކަލާފާން ސްކޫލުން ހުޅުމާލޭގައި ގަސް އިންދަނީ - ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ، މިހާރުވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ފެހި ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން ފޭސް ދޭއްގައި އަލަށް މީހުން ދިރިއުޅެން ފެށުމާއި އެކު އެ ސަރަހައްދު ފެހި ކުރުމަށް ހާއްސަ އިސްކަމެއް ދީގެން " ކޯޕަރޭޝަންގެ ގްރީނިންގ ޓީމުން ތަރުތީބު ކުރެވިފައިވާ ޕްލޭން އެއް އެކުލަވާލާ މަސައްތް ކުރަމުން ކަމަށެވެ.

.ހުޅުމާލެ އަކީ ހިތް ފަސޭހަ، ފެހި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ތަފާތުކަންކަން ރާވާފައިވާކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ކަލާފާން ސްކޫލުން ހުޅުމާލޭގައި ގަސް އިންދަނީ - ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، ހުޅުމާލެ ހިތްފަސޭހަ ފެހި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ، އަދި މި މަސައްކަތުގައި އާންމުންގެ ބައިވެރިވުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއި ގުޅިގެން މިކަން ކުރުމަށް ހުރިހާ ސްކޫލްތަކަށާއި އެން.ޖީ.އޯތަކަށް މި ފުރުސަތު އެބޮތް". އޭނާ ވިދާޅުވިއެވެ.