ބަނދަރު ހަދަނީ "ސިކުނޑީގެ މައްސަލައަކުން" ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ބަނދަރު ހެދުމާއި، ބޮޑުހިލަ ޖެހުމާއި އަދި ފަޅުތައް ހިއްކުމާއި ދެކޮޅަށް ނަޝީދު ދޭތެރެދޭތެރެއިން ވާހަކަފުޅު ދައްކަވައެވެ. މިއަދު ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމާއި ސުވާލު ކުރުން މަޖިލީހުގައި ކުރިއަށް ދަނިކޮށް ނަޝީދު ވަނީ ބަނދަރު ހެދުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.

އަސްލަމްގެ ވާހަކަފުޅަށް ފަހު މެންބަރުންނަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު އެއްސެވީ ހއ.މޮޅަދޫގައި ބަނދަރެއް ހެދީ ކާކުގެ ބާރުއެޅުއްވުމަކަށްތޯ ސުވާލު ކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަން އަސްލަމަށް ފުރުސަތު ނުދެއްވާ ނަޝީދު ދެން ވިދާޅުވީ "މޮޅަދޫ އަކީ ވަރަށް ފަޅުބޮޑު ރީތި ފަޅެއް އޮންނަ ވަރަށް ރީތި ރަށެއް. އެތަނުގައި (ކުރިން) އަޅާފައި އޮތީ ޖެޓީއެއް. އެޖެޓީ އަޅުގަނޑުމެން ވަރުގަދަ ކުރާން މިޖެހެނީ. އޭގެ ބަދަލުގައި ކޮންމެވެސް ތަނަސް ހިޔާލެއް މެދުވެރިވެގެން އެރަށުގެ ވަށައިގެން ވެލި ނޭނބުރޭނެ ގޮތް ހެދުމަށްޓަކައި އެރަށުގައި ވެސް ބޮޑު ބަނދަރެއް ހައްދަވައިފި. އެއީ ކޮންމެވެސް ބޭފުޅެއްގެ ތަނަވަސް ހިޔާލުގައި އެކަން ކުރައްވާފައި ވާނީ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ދެން ސުވާލު ކުރެއްވީ މިކަންކަން ދިމާވަނީ ކީއްވެތޯއެވެ. "މިކަހަލަ ކަންކަން ދިމާވަނީ ކީއްވެގެންތޯ؟ މިވަގުތު ގޯންޏެއް ނެތިގެންތޯ؟ ވެލިކޮޅެއް ނެތިގެންތޯ؟ ހަގީގަތުގައި މައްސަލަ ދިމާވެގެން މިއުޅެނީ ސިކުނޑިއަށް. އަޅުގަނޑުމެން އެންމެނަށް ވެސް އެބައެނގޭ މިވަމުންދާ ގޮތް. ކޮންމެ ރަށަކަށް އެބައެނގޭ." ނަޝީދު ވިދާޅުވިއެވެ.

އާބާދީގައި 300 ވަރަކަށް މީހުން ދިރިއުޅޭ މޮޅަދޫގައި ބަނދަރު ހަދައި ބޭނުންކުރަން ފެށީ ދާދިފަހުންނެވެ.

ރައީސް ސޯލިހް 2018 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލެއްވިއިރު އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ބުނެފައިވާ ގޮތުގައި ބަނދަރުތައް ހަދާއިރު ބޮޑުހިލަ ޖެހުން ހުއްޓާލާނެއެވެ. ބޮޑުހިލައިގެ ބަދަލުގައި މުރަކަ ހައްދައިގެން ރައްތައް ހިމާޔަތް ކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެފައި އޮވެއެވެ. ނަމަވެސް މުރަކަ ހައްދައިގެން ރަށްތައް ހިމާޔަތް ކުރުމުގެ އެއްވެސް މަސައްކަތެއް ސަރުކާރަށް ހަތަރު އަހަރު ވާން ކައިރިވެފައިވާއިރު އަދި ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މުދިންބޭގެކުޑޭ

    ދެން ލާދީ ވަނީ ކިހިނެތް ވެގެންބާ ؟

    16
    2
  2. މުހައްމަދު އަހްމަދު

    ބަނދަރު ހަދަނީ "ސިކުނޑީގެ މައްސަލައަކުން" ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. މި ކަލޭގެ ވެރިކަމުގައި ބަނދަރު ހެދުން ފަދަ ތަރައްޤިގެ އެއްވެސް ކަމެއް ނުކުރެވުނީމާ އެކަން ގޯސްވީ. ހިޔަޅު ގޮލައެއް.

    23
    3
    • ޒިކް

      ކެނެރީ ބުއްޅަބޭ ބުންޏަސް ތެދެއް ވާނި ތެދަކަށް.. 200 ނޫނީ 300 އުޅޭ ރަށްރަށުގަ ކޮން ބަނދަރެއް؟؟ ޖެޓީއަކުންވާނެ ރީތި ފަޅު ހަލާކުނުކޮށް އެއްފަސްކުރާ ރަށަކަށް ފަހުން ބަދަލުކުރެވިދާނެ..

      4
      1
      • Soru

        Mi undhagoo thahammal nukuraa ekakahvess mi kihaabodu undhaguleh kameh ihsaaseh nuvaane...ehenveema kaleyvess beykaaru vaahaka nudhahkaa...konfadha haalehga miulhenee umuru dhuvahu...

  3. ހަސަނާ

    KALEY VOTE HOADHAN AIS SALHI BAISAA KADANEE KALEY SIKUDI THEH KAMEH NETHEEMA BODU BOAGOAS

    12
    1
  4. ހަސަންބެ

    ފައްޔާޒަށް ވަގަށް ގޮވާފައި ފައްޔާޒު މޮޅުވީމާ، ކޭކު ފެޅީ ނަޝީދު ހިތްތިރިވެގެންނޫނެވެ. އޭނާގެ މުނާފިގު ކަމާއި، ހިޔަޅު ވިސްނުމާއި ދެފުށް ދެގޮތްކަން ބޮޑު ކަމުންނެވެ. އެކަމުގައި ހިތްތިރީ އަހަރެމެންގެ ފައްޔާޒެވެ.

    22
    2
  5. ފަރުޙަތު

    ނަޝީދު ތާކިހާ އަޅައިގެން ހުންނަ ފޮޓޯ އެމްޑީޕީ މީހުން ލަނީ ރައްޔިތުންނަށް ކޮންކަމެެއް ވިސްނައިދޭނަމޭ ހިތާ ހެއްޔެވެ؟ އޭ ރީނދޫ ޕަޕެޓުންނޭވެ. ރަސޫލާގެ ޒަމާނުގައި ވެސް މުނާފިޤުން އުޅުނެވެ.

    25
    1
  6. މުހައްމަދު

    ކަލޭ ހުޅުމާލެ ބްރިޖާ ބެހޭ ގޮތުން ވެސް ތިކަހަލަ ހިޔަޅު ވިސްނުމުގެ ވާހަކަ ދައްކައެވެ. އެއީ ކަލޭމެން އަޅަން ބުނި އެއްވެސް ބުރިޖެއް ނޭޅިގެންނެވެ.

    29
    1
  7. ޝަރީފް

    ރައީސް ނަޝީދެވެ. މަނިކުފާނު ތިޔަ ދައްކަވާ ވާހަކައިން އަޅުގަނޑުމެންގެ ޕާޓިއަށް ގެއްލުން ވެއެވެ. ވީމާ، އިބޫއާ އަޅުގަނޑުމެން އެންމެން އެދެނީ މަނިކުފާނު މި ޕާޓީ ދޫކުރައްވައި، ޖާބިރު ގޮތަށް ކުޑަ ޕާޓީއެއް ބައްލަވައިގަނެ، މަނިކުފާނުގެ އައުވާނުންކޮޅާއެކު، ތިޔަކަހަލަ ބަޔާން ނެރުއްވަން ހުންނެވުމެވެ.

    28
    3
  8. އަލީ އަހްމަދު

    ކަލޭގެ ވެރިކަމުގައި އެއްވެސް ކަމެއް ކޮށް ނުދެވުނީމާ، ދައްކާ މޮޅު ވާހަކަ. ސީދާ ހިޔަޅު ވިސްނުމުގެ މީހެެއް.

    24
    1
  9. Rajje

    Nasheed moya govanee mee na Dr dan kanvee ckudeege masalen A ban ulhee

    10
    1
  10. މުޙައްމަދު

    ނަޝީދު ބުންޏަސް ތެދެއްވާނީ ތެދަކަށް. ރީތި ގިރި ފަޅު ލިބިގެންވާ ރަށްތައް އެގޮތުގައި ދެމެހެއްޓޭނެ ގޮތަކަށް ބަނދަރު ހެދުމާއި ފަޅު ބޭނުންކުރުމުގެ ވިސްނުން ގެންގުޅެންވާނެ. އެ ޤުދުރަތީ ރީތިކަން ޖީލުތަކަށް ފެންނަންވާނެ. އަޅުގަނޑުމެންނަށް ފެނުނު ތަންތަން ދަރިންނަށް ނުފެނުނީމަ ދެރަވާނެ އެކުދިންވެސް

    18
    8
  11. d

    މުރަކަ 1 ސެންޓިމީޓަރަށް ބޮޑުވާން 100 އަހަރު ނަގާ.

    13
    4
    • Thimaaveshi

      Seeedhaaa kandaelhigen dhogehhh...ma adhi 32 aharu ekamu mavess dhushinn muraka neyy thannthanuga muraka hedhi footakah vureh boduvefa huhtaa...kiss nugovaa Anni govaakahala..

  12. ހުސޭނުބޭ

    ޝަރުބަތު ހިއްޕަވައިގެން އިންނެވިކަމަށް ވައްތަރީ

    20
    3
  13. ޓުރުތް

    ވަރަށް ރަގަޅު ވާހަކައެއް. ރަށްތައް ހަލާކު ކުރަމުން އެގެންދަނީ. ބޭކާރު ފައިސާތައް ހަރަދު ކުރަނީ. އިގްތިސާދީ ގޮތުން ފައިދާ ނުވާ ކަންތައްތަކެއް ކުރުމުން ވާ ގެއްލުން ބޮޑުވާނެ. ނަރުދަމާ އާއި ފެން ފޯރުކޮށްދޭންވީ. އެއީ އަސާސީ ކަންކަން. އެކަމަކު ޖެޓީ އަކުން ފުއްދޭއިރު ކުޑަ ކުޑަ އާބާދީތަކަށް ބަދަރުތައް ހެދުމަކީ ވަރަށް ބޮޑު ގޯހެއް. އެއީ ތަރައްޤީއެއް ނޫން. އެއީ ހަލާކެއް.

    14
    7
    • Rashu meehaa

      Mikahala Kuda aabaadhee ehga kaleyvess ulhen jehunu Nama thihenn nubuneesskan yagenn...brw haadha haalehgaey umuruge bodubai ulhen mijehunee...amilla edhunn. Boduviyass ehen meehunnahvess lui faseyhagoyy vumah edhen vaane

  14. މަޖުބޫރީހާލަތް.

    ވަރައްވެސް ބޮޑުތެދެއް ބ އަތޮޅު ކުޑަރިކިއްޔަކީވެސް 150 ބޮޑެތި މީހުން ކިރިޔާ ހުކުރު ހަ މަވާރަށެއް ރަށުގަ އުޅޭބައެއް ބާކީ މީހުން މާލެ ދަފުތަރުގަ ޖެހިގެން ފުލެޓެއް ހޯދަން މިކަހަލަ ރައްރަށުގަވެސް ބިޑުމާސިންގާ ބަނދަރެއް ބިޔަބޮޑު ބަޖެޓަކުން މިޔައްވުރެ މާރަނގަޅުވާނެ ބޭދަފުށީގަ 16 ބުރީގެ ދެޓަވަރު ނުވަތަ ގޮއެދޫން ގޯތިދީފަ ބަދަލުކޮއް އެރަށުގަ އެކަނި ބަނދަރު ހެދިއްޔާ ގައި މު މީހަކު މަރައް ތެޅުނަސް އޭދަފުށި ކުޑަރިކިލި ކައްޕިންނައް އަތުޖެހޭނީ ގަޑިއިރު ދުއްވާފަހުން ކަނޑުގަދަނަ މަ ނުފުރި މީހާ ނި މިދާނީ ވީ މާ ވެރިން އެބަޖެހޭ ރާއްޖެ މިގޮތައް ރަތުތީބުކޮއް ބޮޑުހިލަތަކުން މިކަހަލަ ރައްތައް ސާފުތާހިރު ކުރަން ބަނދަރުތައް ރޫޅާލާ އެއްފަސްކޮއް ގުދުރަތީ ރައްތައް ބަހައްޓަން މީތާރީހީގޮތުން އާސާރު ތަކެއްގެ ގޮތުގަ

    14
    6
  15. މާސްޓަރ

    މާލޭގައި ނޯންނާނެ ތިމާވެއްޓެއް. ތިމާވެށި ނިކަން ގިނަވާނެ ރާއްޖެތެރޭގަ ކަމެއް ކުރަން ޖެހުނީމަ!

    25
    4
  16. އަހްމަދު

    ސިކުނޑި ހަމަނުޖެހޭ މީހުން ކާރިޔަށް ވޯޓް ޙޯދަން ނައައުން އެދެން!!!!

    22
    1
  17. ސައްޕެ

    އިންޑިޔާ މީހުން ނުރުހޭ މިދިވެހިރާއްޖެއަށް ޔޫރަޕުގެ ދޮންމީހުން އަންނާކަށް މޮޅަދޫގެ ގުދުރަތީ ރީތިކަން ފެނި މޮޅަދު ރަތްއިތުންނަ ޑޮލަރު ދޭތަން ދެކޭކަން އެމީހުން ބޭނުމެނުވާނެ އިންޑިޔާއިން އަބަދުވެސް އަނަނީ އުތުރުގެ ރައްތަކަންމަރުވެގެން ގެރި ކިބޫ އަދި މަތިން އުދުހިފަ ކޮޗިންނު ފުލެމިންގޯކާޅުއާއިވާލު ފެރީން ގެންނަ ތަރުކާރީ މޭވާ ކޭމަވާގޮތަކީ އެއްސީދަލަކަންނުުހުންނަކަމަވަނީ

    15
    1
  18. ސޯލިބޭ

    boduhilatakugaa muraka felheemaa boduhilathah nagaanah.

    1
    1
  19. vagu

    kaley ah nuvyma tharaggee akee galemeh

  20. ރަބަރޭ

    ބޮޑަށް ވައްތަރީ ސަރުބަތު ހިއްޕަވައިގެން އިންނެވި ކަމަށް

  21. Rahtu bontaa

    Mikaleyge mihiree bo halaaku vefaa boy boy muraka hahddaagen bandharu hadhaabala ingiresi vilaathuga bo halaaku nuvaanetha?

  22. ސަހޭލު

    މިކަމާ ފުންކޮށް ވިސްނާލާ. ވަރަށްބޮޑު ތެދެއް. ރާއްޖޭގެ ރަށްތައް ގުދްރަތީގޮތުން އުފެދިފައިވާ ގޮތަށް ވަރަށް ބޮޑު ބަދަލުތަކެއް އާދޭ. ތާރު އެޅުމާ ބަނދަރު ހެދުމުގެ ސަބަބުން ރަށްތަކުގެ ހަގީގީ ރީތިކަން ގެއްލި ދޭ. ރިޒޯޓު ތަކުގެ ގެސްޓުން އުޅެނީ ރަށުގެ ދޮންވެލިގަނޑުމަތީ ހުސް ފައިގައި. އެކަމަށް ގެސްޓުން އަންނަނީ. ރަށްރަށުގައި 6 އެއްކަ ސައިކަލު ދުއްވާލުމަށް ގަސްތައް ކަނޑާ ތާރު އެޅުމުގެ ސަބަބުން ރަށްތައް ހޫނުވެ ގުދުރަތީ ރީތިކަން ގެއްލޭ. ވަރަށް ބޮޑު ބަދަލެއް ދިވެހިންގެ ވިސްނުމަށް ގެންނަން އެބަޖެހޭ. ޒަމާނީ ޓެކްނޮލޮޖީގައި ވަރުގަދަ ފާލަންތައް އަޅާ ރަށުގެ ނަލަކަން ދެމެހެއްޓުމުން ގެސްޓްހައުސް ވިޔަފާރިވެސް އިތުރުވާނީ. ގައިމު ރިޒޯޓުތަކުގައި ޖެޓީ ނަހަދާ ހަމަ އެހެރަ ހިންގަނީ. ޖެޓީ އެޅައިގެން ބޮޑުހިލަގެނެސްގެން ބަޔަކު މުއްސަނދިވުން ނޫންކަމެއް ނުވާނެ.

    1
    2
  23. ހިޔާލު

    ބަނދަރު ހެދުމަށްވުރެ އެންމެ ރަނގަޅު ގޮތަކީ ރަށުގެ 50 ފޫޓު އެތެރެއިން ބަނދަރުކޮނެ، ފުން ކޯރެއްކޮނެ، ބަނދަރާ ގުޅާލުން. އޭރުން ބޯޓު ފަހަރު ވަދެގެން އަންނާނީ ރަށުތެރެއަށް. ތިމާވެށީގެ މައްސަލަވެސް ވަރަށް ކުޑަވާނެކަމަށް ލަފާކުރެވޭ. ބޮޑުހިލަ ހަމައެކަނި ޖަހަންޖެހޭނީ ކަނޑާ ކޯރުގެ ދެފަރާތުގައި. ކޯރުގެ ކޮޅުގައި ވެލި ނުވަންނަ ނިޒާމެއް ގާއިމުކުރީމާ، ބަނދަރު ތިލަވެގެން އަބަދުު ފުން ކުރާކަށް ނުޖެހޭނެ

  24. Molhadhoo

    Kaleakah ihsaaseh nuvaane aharunn ulhemunn midhaa haaleh finikotareega thihenn indhegenn beykaaru vaahaka nudhahkaa.