ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ގެކޮޅުގައި ބަޔަކު "އިންޑިއާ އައުޓް" ސްޕްރޭކޮށްފި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށްގެންދާ ކެމްޕޭންގައި މިނިސްޓަރު މާރިޔާގެ ގެކޮޅުގެ ދޮރެއްގައި އޮރެންޖު ކުލައިން ސްޕްރޭ ކޮށްފައި ވަނީ ބެލެވޭ ގޮތުގައި ރޭގެ ވަގުތެއްގައެވެ.

މިނިސްޓަރ މާރިޔާގެ ގެކޮޅަށް ސްޕްރޭ ކުރި މައްސަލައިގައި އަދި އެއްވެސް އިދާރާއަކުން ރަސްމީކޮށް ވާހަކަ ދައްކަވާފައެއް ނުވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލަމަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށް ރައީސް ސޯލިހް މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިޔާސީ ޤަރާރަކުން ވަނީ ނިންމާފައެވެ. އެގަރާރަށްފަހު މާލޭގައި ވެސް އަދި ރާއްޖޭގެ އެހެން ރަށެއްގައި ވެސް އިންޑިއާ އާއި ދެކޮޅު ބެނާއެއް ދަމައިފިނަމަ ފުލުހުން ގޮސް ބެނާތައް ނަގައެވެ.

ނަމަވެސް "އިންޑިއާ އައުޓް" ހަރަކާތްތައް އަންނަނީ މިހާރު ވެސް ސިއްރުން ހިންގަމުންނެވެ. އެގޮތުން އިންޑިއާ ސަފީރު މުނު މަހާވަރު ދިރިއުޅުއްވާ ހުޅުމާލޭ ފްލެޓްގެ ކުރިމައްޗަށް ދާދިފަހުން ވަނީ "އިންޑިއާ އައުޓް" ކަރުދާސްތަކެއް އަޅާފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ގެކޮޅުގެ ކުރިމައްޗަށްވެސް "އިންޑިއާ އައުޓް" ކަރުދާސްތައް ވަނީ އަޅާފައެވެ.

އަދި މާލޭގެ އެކި އިމާރާތްތަކުގައި ކޮންމެ ރެއަކު ވެސް "އިންޑިއާ އައުޓް" ސްޕްރޭ ކުރަމުން އެބަގެންދެއެވެ. ފުލުހުން މިހާރު ވަނީ އިންޑިއާ އައުޓް ސްޕްރޭ ކުރާ މައްސަލަ އާއި އިންޑިއާ އައުޓް ކަރުދާސްތައް މަގުމައްޗަށް އަޅާ މައްސަލަ ވެސް ބަލާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    varah rangalhu

    21
    2
  2. ހުސޭނުބޭ

    މާރިޔާގެ ލިއުމާ ތަފާތެއްނެތް.

    22
    1
  3. Nalla idike

    YINDIA OUTA

    18
    1
  4. ފާއިޒު

    ތިއީ ޖެއްސި ގޭމެއް ނޫންބާ!

  5. ބޭބެ

    Vaan vee goih thee

  6. Dr Raamee Hassan Manik

    Raajjey ge dhebaikulha ebbai kihineiiyy fuluhah gedhdhaanee

  7. kinboo

    india out campaign ga maariyaa ves baiveri vejje.