ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ނަޝީދު ކުރެއްވި ތުހުމަތުތައް ބަލަން ރައްޔިތުން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން އެމައްސަލަ ބަލަން އިއުތިރާޒް ކުރެއްވީ އެންމެ މެންބަރެކެވެ. އެއީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ. ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ މެންބަރުން ކަމަށްވާ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވަނީ މިމައްސަލަ ބަލަން ތާއީދު ކުރައްވާފައެވެ. އެމްޑީޕީގެ މެންބަރުންގެ އިތުރުން ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރާއި މިނިވަން މެންބަރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވެސް ތާއީދު ކުރެއްވީ މައްސަލަ ބެލުމަށެވެ.

ނަޝީދުގެ މައްސަލަ ބަލައި ދިނުން އެދި އަނދުން ހުސެއިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރައްވާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހައްގުތަކާއި އިމްތިޔާޒްތަކަށް އުނިކަން އައިސްފައިވާ ކަމަށެވެ.

އެ މައްސަލައިިގެ ގޮތުން ނަޝީދުގެ ތުހުމަތާ އެކު ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި ހުސެއިންގެ އަތުގައި ނަޝދުގެ ލޭ ހޭކިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބައެއް މުއައްޒަފުންނާއި މަޖިލިސް މެމްބަރުން ގުޅިގެން ހަދާފައިވާ ވަޓްސެޕް ގްރޫޕެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮގުބާ

    13 aharu vandhen jaluga baavanjeheymeehe thi

  2. ގަލަން

    ނަސީދުގެ ބާރު އެމްޑީޕީގައި ނެއްކަމުގެ ކުލަވަރު މިފެނަން ފަސަނީ

    28
  3. ށުމަން

    Raiyyithun gumbo hahdhan kulhey drama. Mihurihaa kameh kurani me 2 meehun gulhigen. Mee 1 faisaa fotheege 2 fuh. India ah

  4. ސަޢީދު

    މައްސަލަ ބެލުމަށް ނިންމުން ތިއީ ކުރިއެރުމެއް. ނިމޭއިރު ވާގޮތް އެއީ އަރަތެއް.. ! މިހާރުވެސް ނަތީޖާ އެނގޭކަމެއް.. ސާބިތުވާ ވަރަށް ހެއްކެތް ނެތް.. އެއީ މަހުލޭގެ ވާހަކަ... މަސްގަންނަން ދިޔަތަނާ އެތަނުން މަސް ލޭ ހޭކުނުވާހަކަ. އެހެންވެ އެއީ މައްސަލައެއްނޫން. ނިމުނީ

  5. ހަސަނު

    ތީ ކުޅޭ ގޭމެއް ! ތިމީހުން ބައިބައި ނުވާނެ. ތިމީހުން ވަރަށް ވިސްނައިގެން ރާވަމުން ދަނީ ވެރިކަން ހިފަހައްޓާނެ ގޮތަކާމެދު. އެމީހުން ދެބަސް ވަނީކީ ނުން އެއީ ކުޅޭ ޗަރުކޭހެއް. މީނަ ވަރަށް މޮޅުވާނެ ތިވައްތަރު ގޭމް ކުޅެން،. ހޮޅުދޫ ކަރައިގަ ކިޔަވަން ހުރި އިރު މިހުރިހާ ކިޔެވުމެއް ކިޔަވާފަ ހުރީ.

    4
    1