ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްޔަރު ކުރުމަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހުގެ ފާރަށް ޕޯސްޓަރެއް ސްޕްރޭ ކުރި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުން ދީފައިވާ މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނަކު އިއްޔެ ހެނދުނު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ފަސް ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.

ޔާމީން ހައްޔަރުކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅާއި ޕީޕީއެމް އޮފީހުގައި ސްޕްރޭ ކޮށްފައި ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ޕީޕީއެމް އިން މާލޭގެ އެކި ސަރަހައްދުތަކާއި އަދި ބައެއް ރަށްތަކުގައި ވެސް ފާރުތަކަށް ސްޕްރޭ ކުރަމުން ގެންދަނިކޮށެވެ.

ޔާމީނަކީ ކުރީގެ ރައީސްއެއް ކަމަށް ވާތީ އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ސިފައިންގެ ޒިންމާއެކެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީންގެ ގެކޮޅުގައި ސިފައިންނެއް ނުތިބެއެވެ. ޔާމީންގެ ގެކޮޅަށް ގެއްލުން ދިން މައްސަލައިގައި އަދި މިހާތަނަށް އެމްއެންޑީއެފް އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރައްޔިތުމީހާ

    މާދަމާ ދޫކޮށްލާ ގޮތަށްދޯ ހައްޔަރުކުރީ

    27
    1
  2. ...

    India Out

    23
    2
  3. ސަގަރޭ

    ސާބަސް.! ފުލުހުންނަށް.

    11
    7
  4. އަހަރެން

    game

  5. ހުނު

    ޔާމީން ގޭގެ ފާރުގައި ކުރެހީމަ އެއީ ބޮޑުވެގެންވާ ކުށެއް މުޅި މާލެ ގެ މަގު ތަކުގައި ކުރަހާ މަގުމަތީގައި ހިގާ މީހުން ނާއި ދުއްވާ މީހުންނަ ނުފޮރޮއްޕާ ނަކައް ވާހެން މުޅިމަގައް ކަރުދާސް އަޅާ މީހުން ހައިޔަރެއް ވެސް ނުކުރެވޭ މީ ތޯ އިންސާފާއި ހަމަ ހަމަ ކަން؟

  6. ނާދިރާ

    ކޮބާ އެމީހާގެ މަޢުލޫމާތު

  7. ހާމިދު ޝާޙިދު

    އިންޑިއާ އައުޓޭ ލިޔުނު މީހާ ފަހާދުވެ ފާހާނާގައި ގަލޯހާޖާ ކުރަން އޮއްވާ ހަައްޔަތުކޮށް ފޮޓޯ އާމުކުރެވޭ، އެކަމަކު، ޔާމީހުންގެ ގެއަށް ގެއްލުން ދިން މީހާގެ ވަނަވަރެއް ހާމައެއް ނުކުރެވުނު. މިހުރީ ކަންކަމުގައި ތަފާތު ގެންގުޅޭ މިންވަރު

  8. Ppm

    Kobaa foto