ސީރިއާގެ ގޫތާގައި ހިންގަމުންދާ ގަތުލްއާމްގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީ ވުމަށް ރާއްޖޭގައި ފަންޑެއް ހުޅުވައިފިއެވެ. މި ފަންޑް ހުޅުވާފައި ވަނީ ރާއްޖޭގެ އެންޖީއޯއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިންނެވެ.

އައިއޭސީ އިން ކޮންމެ އަހަރަކުވެސް ޕްލޭން އިވެންޓްސް ތަކެއް ބާއްވައެވެ. އަދި މީގެ އިތުރުން އެމަޖެންސީ ކޮށް ދިމާވާ ކަންތައްތަކުގައި އެމަޖެންސީ ރިލީފް ކޭމްޕްތައްހިންގައެވެ.

އައިއޭސީ އިން ބުނެފައިވަނީ މިއީ 15 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށާއި މި ކޭމްޕްގެ ނަމަކީ "ގޫތާ އެމަޖެންސީ ރިލީފް" ކަމަށެވެ.

ގޫތާއަކީ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީ އޮންނަ ރަށެކެވެ. އެތަނަށް ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ. މިހާތަނަށް ފަސް ސަތޭކައެއްހާ މީހުން ވަނީ އެތަނުގައި ގަތުލު ކުރެވިފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ދެހާސް ފަސްސަތޭކައެއްހާ މީހުންނަށް ވަނީ އަނިޔާ ލިބިފައެވެ. ގޫތާގެ ގިނަ ރައްޔިތުން ތަކެއް މިހާރުވަނީ ބިންގަރާސް ތަކަށް ބަދަލު ކުރެވިފައެވެ.

ސީރިއާގެ ގޫތާއަށް އެހީވުމުގެ ގޮތުން އައިއޭސީން ވަނީ ބޭންކް އޮފް މޯލްޑިވްސްގައި އެކްއުންޓެއްވެސް ހުޅުވާފައެވެ.

އެކައުންޓްގެ ނަން: އެހީ ޖަމިއްޔާ

ރުފިޔާ އެކައުންޓް: 7770000014818

ޑޮލަރު އެކައުންޓް: 7770000014817