ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާނުކޮށްފިއެވެ.

މިއީ އެޗްޑީސީގެ ފަސް ވަނަ މިފަދަ ޕްރޮގްރާމެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލްވަންސްއެއްގެ ގޮތުން ކޮންމެ މަހަކު 6000 ރުފިޔާ ދޭނެއެެވެ.

އެޗްޑީސީން ބުނީ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 100 ބައިވެރިންނަށް އަދި އެޗްޑީސީގައި މި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް، ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން 10 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ.

އެއީ ހެވީވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ޕްލަމްބިން، ކާޕެންޓަރ، ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިން މެކޭނިކް، ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒަރ އަދި ބިލްޑިންގް މެއިންޓަނެންސްއެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނީގެ އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަގްސަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ގާބިލް މީހުން ބިނާކުރުން ކަމަށެވެ. އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވަލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމަކީ އެ ކުންފުނީގެ މަގްސަދު ކަމަށް ބުނެފައި ވެއެވެ،

މި އަހަރުގެ ޕްރޮގްރާމްގައި އަންހެން ބައިވެރިންގެ ހިއްސާ އިތުރުކުރުމަށް އަދި ފުރުސަތު ތަނަވަސް ކޮށްދިނުމަށް މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ 20% ހާއްސަކޮށްފައި ވަނީ އަންހެން ބައިވެރިންނަށެވެ. އަދި މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިންނަށް ކްލާސްރޫމް ސެޝަންތަކުގެ އިތުރުން 6 ގަޑިއިރުގެ ސޮފްޓް ސްކިލްސް ޓްރެއިނިންގ ދޭނެއެވެ.

މިޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް މި ކޯޕަރޭޝަނުގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސާ ދޭންވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. bosss

    How to apply?