ސަރުކާރުން މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރުމުގެ އިސްލާހް ފާސްކުރުމުން ދައުލަތައް އަހަރަކު 32 މިލިއަން ޑޮލަރުގެ އާމްދަނީއެއް ގެއްލޭނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރިން އިކޮނަމިކް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ބިމު ކުލި ކުޑަކުރި ނަމަވެސް ޓެކްސް އިން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާފައެވެ.

ސައީދު ވިދާޅުވީ ރިސޯޓު ކުލި ބޮޑުވެގެން ވެސް ބަޔަކުނޫޅޭ ކަމަށެވެ. ރިސޯޓްތަކުގެ ކުލި ކުޑަކުރުމަކީ ދެރައީސްގެ ތެޅުމުގައި ރައްޔިތުން ގައިން ދުއްވާލި ހަމެއް ކަމަށް ސައީދު ވިދާޅުވިއެވެ. "ބިމު ކުލި ކުޑަކުރީމަ 32 މިލިއަން ޑޮލަރު އަހަރަކު ގެއްލޭ. ސަރުކާރުން ތިބިލު މަޖިލީހަށް ހުށައެޅި މަޤްސަދު ކިޔާލީމަ ކަންކުރާ ސަބަބު ސާފު. ދެރައީސް ވެސް ތިހަދަނީ ދޮގު. މިނިމަމް ވޭޖަށްވީ ވަޢުދެއްތީއީ." ސައީދު ވިދާޅުވިއެވެ.

32 މިލިއަން ޑޮލަރަކީ ގާތްގަނޑަކަށް 500 މިލިއަން ދިވެހި ރުފިޔާއެވެ.

ބިމު ކުލި ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލްގައި ބިލް ހުށަހެޅި މަޤުޞަދެއް ކަމަށް ވެސް ލިޔެފައި އޮތީ މިނިމަމް ވޭޖް ތަޢާރުފުކުރުމުން ރިޒޯޓުތަކަށް މާލީގޮތުން ކުރާ އަސަރު ކުޑަ ކުރުމުގެ ގޮތުން ބިމު ކުއްޔަށް ބަދަލު ގެނައުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެކަންކަމާ ގުޅޭ އެހެން އިޞްލާޙުތައް ގެނައުމަށްޓަކައި ޓޫރިޒަމާބެހޭ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

ރިސޯޓުތަކުގެ ކުލި ކުޑަކޮށްގެން ދައުލަތަށް ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ހޯމަ ދުވަހު އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައެވެ.

މައުސޫމް ވިދާޅުވީ، ދައުލަތަށް ފައިސާ ހޯދަން އެންމެ ފައިދާ ހުރި ގޮތަކީ ރިސޯޓުތަކުން ބިމު ކުލި ނެގުން ނޫން ކަމަށާއި ކުލި ކުޑަކުރުމުގެ ސަބަބުން އަލަށް ގިނަ ރިސޯޓުތައް ހުޅުވަން ފުރުސަތު ލިބި، ޓެކްސް ނިޒާމުގެ ތެރެއިން ލިބޭ ފައިދާ މާ ބޮޑު ވާނެ ކަމަށެވެ.

"އަލަށް ރިސޯޓުތައް ހެދީމާ ލިބޭ ޓެކްސްގެ އަދަދު ވަރަށް ބޮޑުވެގެން ދާނެ. ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ ދުރު މުސްތަގުބަލަށް ބަލާއިރު ދައުލަތަށް އަދި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ ވިޔަފާރި ބޮޑަށް ހިންގާލައި ޓެކްސް އިން ދައުލަތަށް ފައިދާ ލިބުން،" މައުސޫމް ވިދާޅުވި އެވެ.

ލަށް ރިސޯޓުތައް ހެދުމުން ލިބޭ ޓެކްސްގެ އަދަދު ވަރަށް ބޮޑު ކަމަށް މައުސޫމް ވިދާޅުވިއެވެ. ކޮމިޓީ މަރުހަލާގައި އެ ބިލަށް ވާހަކަ ދައްކާއިރު އެ އަދަދުތައް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރި

    ސައީދުވިދާޅުވެލައްވަނީ ރަގަޅުވާހަކަފުޅެއް ނަމަވެސް މިކަމުގެ އަނެއްކޮޅު ވިދާޅުވެލައްވާނަމަ
    ކަމެއްސާފްވާނެ އެއީ ބޭކާރުގޮތުގަ ވައްކަމުގެގޮތުގަ ( ވެންޓިލޭޓަރކުޅިވަރު) އަހަރަކު ކިތަން
    މިލިއަން ޑޮލަރ ގެއްލޭނެތޯ ރަށްޔިތުންނަށް ފައިދާވާކަންކަމާ ރަށްޔިތުންނަށް ފައިދާނުކުރާ
    ބޭކާރު ޚަރަދުތަށް ތަފާތު

    7
    1
  2. މަތަރަސް

    ބަލަ މިހިރި ކެލާމައުސޫމަކީ ބުރުމާ ގާސިމުބުނާގޮތައް މިނިސްޓްރީހިނަގާމީހެއް މުޅިގައުމު މުންޑުކޯލޭސަން ގެވެރިން އެއީ ހިންނަަރު ކުޑަމޯދީ ހުދުމުހުތާރުވެރިކަމުގާ ރައްޔަތުން ބިންތަކާ ގައުމުގެހަޒާކާލި މައުމޫނާ ކެނެރީނަޝީދާ ފަހާދުވާ އިމުރާނާ މު މައުސުމަކީވެސް ފައިސާހިތި މީހެއް މިހާރުވެސް ރިސޯޓްތަކުގާ ބޭރުމީހުންހިތުގުރިގޮތަކައް ދިވެހިންނާމެކަންތައްކުރަނީ މި މައުސޫއަޑީގައިހުރެގެން ހަމަދަވާލަނި ބާކީއޮތީދޮޅުއަރުކަމައްވާތީމިހާރު ހުރިހާމިނިސްޓަރުންނާ ކުންފުނިތަކުގެވެރިން ހަބޭސްހަޒާދަވާނިންމާލާފި ރައްޔަތުންފަނާވަނީ ގައުމުވިއްކާލފިއިންޑިޔާގެ ސަހަރެއްތަމީ؟؟؟؟؟؟

    8
    1
  3. މަންތިރި

    ހިލޭ ދޭންފަށާ! އޭރުން ދިވެހިރާއްޖޭގަ ރައްޔިތަކު ރިރިއުޅޭނެ ރަށެއްވެސް ނެތި ހުރިހާ ރަށެއްގަ ރިސޯޓު ހަދާނެ! ކީކޭ ދެން ބުނާނީ! ދިވެހިރާއްޖޭގައި ދިވެހިން ދިރިއުޅޭ ރަށްރަށުން ނަގާ ބިމުކުލި އެއްކޮށް ކަނޑާލަން ވީނު! އޭރުން މުޅި ރަށުގަ ތަފާތުި ވިޔަފާރިތައް ހިނގަންފަށާނެއްނު! ކީކޭ ދެން ބުނާނީ؟

    10
    1
  4. ބިލިޔަނަރުންގެ 16ޓަވަރ

    ސަރުކާރުން ނަގަންޖެހޭ ހުރިހާ ފީއަކާ ކުއްޔެއް ކަޑާލާ ..ހިޔާ 16 ޓަވަރު ން ދައްކަންޖެހޭ ކުލިތައް ފިޔަވާ... އެތާ އުޅޭނީ ބިލިޔަނަރުން...އޭރުން ސަރުކާރަށް ފައިދާވާނީ...

  5. އަިޮލ

    DEN EBAI RAYYITUN ATHUN NAGAN VEENU,

  6. މިބުނީ

    ޓޫރިޒަމް ކުރީގެ ހާލަތަށް ދާންދެން ކުލި ކުޑަކުރަންވީ. އަދި ޓޫރިސްޓެއް ނާންނަ ރިސޯޓު ތަކުގެ ކުލި މާފުވެސް ކުރަންވާނެ. އެކަމަކު ހާލަތު ރަނގަޅުވީމަ، ބޮޑުކުރަން ހަނދާންކުރަންވާނެ ކޮންމެ 6 މަހަކުން ރިވީވެއް ޖައްސައިގެން ނަމަވެސް