ފިހާރަތަކުން ދެމުން އަންނަ ކޮތަޅު ގަންނަން މަޖުބޫރު ކުރާ ގާނޫނެއް ހަދަން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެބިލް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދުއެވެ. ކުނި މެނޭޖް ކުރުމުގެ ބިލުގެ އަށްވަނަ ބާބު (ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުން) ގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނުވަތަ އެހެން ފައިސާއަކުން ނަމަ ދެ ރުފިޔާއާ އެއްވަރު އަދަދެއް ނަގަން ޖެހޭނެ ކަމަށެވެ.

މިގޮތަށް (ހ) ގައި އެގޮތަށް އޮތް ނަމަވެސް، މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ ނެގުން އިސްތިސްނާވާނީ ޑިއުޓީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅު، ބަންދު ނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅު، 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮޑު އަދި ކުނި މެނޭޖް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" ކަމަށް އެބާބުގެ (ށ) ގައި ފާހަގަ ކޮށްފައިވެއެވެ.

ފިހާރައެއްގައި ހުރި ޕްލާސްޓިކް ކޮތަޅުތަކެއް-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެބިލުގައި ވާ ގޮތުން ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ލެވީގެ ވަރު ހިމަނަން ޖެހޭނެއެވެ. އަދި ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ ކޮންމެ ވިޔަފާރިއަކުން ވެސް މީރާ އަށް ވެސް ދައްކަން ޖެހޭނެ ކަމަށް ވަނީ ބިލުގައި ހިމަނާފައެވެ.

ޕްލާސްޓިކް ކޮތަޅުން ލެވީ ނުނަގައި ވިޔަފާރި ހަރަކާތްތަކުން ކަސްޓަމަރުންނަށް ކޮތަޅު ހިލޭ ދޭ ނަމަ 5،000ރ. އާއި 50،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެ ބިލުގައި ބުނެފައިވާއިރު، ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަކަން ކަށަވަރު ކުރުމަށް ޤާނޫނަށް އަމަލު ކުރާތާ ހަ މަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީން ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ވިއްޓޭ

    ރައްޔިތުން ފެލާނެގޮތެއް ވިއްޔަ ބަލާތި. ނިކަމެތި މީހާއަށް 2 ރުފިޔާއަކީ ވެސް ވަރައް ބޮޑުއެއްޗެއް އިންގޭ. ވެރިކަމުން ބާލުވާނެ ދުވަހެއް އަންނާނެ.

    64
    1
  2. Ok

    Adhives fihaarathakun echehi vikka agu kudaeetha klmenah ok thaa bodu musaaralibenyaa

    40
    1
  3. ތާރިރު

    މީ އިހަކަން ދުވަހު ގޮޑިޔަށް ހޮވައިދިން އެމްޑީޕި ގެ ހައިވާނެއް. މިފެށީ ރައްޔިތުންނަށް ދުއްޕާން ކުރަން

    59
    2
  4. ރަށުމީހާ

    ދިރި އުޅޭތީ އޭ ބުނެ ފައިސާނަގަންވީއެއްނު

    58
  5. ޙަަަހަ

    އެއީތޯ މިހާރު ނުވެއޮތްކަމަކީ ، ބަލަ ޤަވައިދާ ޚިލާފަށް ބިދޭސީން މިކުރާހާ ވިޔަފާރިތައް ނެތްތަ ހުއްޓުވޭކަށް

    58
    • އަހުމަދުކަ1

      އާން އެކަން ނުހުއްޓުވޭނެ އެއީ އެކަން ކުރަނީ ދައުލަތުގެ އިސް ވެރިން ވީމަ ވުޖޫދުގަނެއް ރިސޯޓެއް ހަދަން 1500 ކޯޓާ، ވުޖޫދުގަނެއް ފްލެޓް ބަރިއެއް ހަދަން 1000 ކޯޓާ ކުންފުންޏަކަށް ދޫކޮށް 2000 ޑޮލަރަށް ކޯޓާއެއް އެވިއްކާލަނީ. އާނމު މީހަކު 75 އަހަރުގެ ނުހިންގޭ މުސްކުޅިއެއް ބަލަން ބޭރު މީހަކު ގެންނަން އެޖެންސީތަކަށް 10000 ހަރަދުކޮށް 2 އަހަރު ވާއިރު ނުގެނެވޭ.

      14
  6. ސާދުނާ

    Komandoo dhaairaage membarah varah salaam, den Anna dhauru magey Vote nulibeyne vaahakaves dhan navaalan,
    miulheni angayaa Athaa ves dhimaa nuvegen, membarunge musaarafulgu varah biduvaane, nikamethi meehaa huswaani, ok anyway s just wait and watch in future

    29
  7. މަ

    މެންބަރުންގެ މުސާރައިން މިބައި ހަމަޖެއްސުން ކީއްތޯވާނީ؟

    47
  8. ފޮނިއަްޔު

    ބަރާބަރު.ދިވެހިން ނާތަހުޒީބު ވީމަ ޖެހޭނެ ކުޑަކޮއް ގަދަ މަޖުބޫރުން ކަންކަން ކުރުވަން.މިވަރަކުންވެސް ނުފުދޭ އަސްލު.އެބަޖެހޭ ޕުލާސްޓިކު އެއްކޮއް މަނާ ކުރަން.މިހާރު ރަށައްދިޔަސް ގޮންޑުދޮށުގަ އޮންނަނީ ހުސް ޕުލާސްޓިކު ކުނި. އަހަރެމެންގެ ރައްތަކުގެ ގުދުރާތީ ރީތިކަން ގެއްލިއްޖެ.

    4
    38
  9. Anonymous

    ފެލާ ފެލާ ރައްޔަތުން ފެލާ

    42
  10. ރައްޔަތުން

    ފެލާ ފެލާ ރައްޔަތުން ފެލާ

    36
  11. Anonymous

    Viyafaari verinnah bodu faidha libey gothah rayyithun athun tax naganee

    24
    1
  12. މޯޑު

    ސަންދޯކޭ ކިޔާބަލަ ސަރުކާރުން. ކިހާ ދެރަކަމެއް. އަހަރުމެންގެ ބޮލަށް ބަޑިޖަހާ މަރާލަންވީނު! ރައްޔިތުން ފެލުން ނޫންކަމެއް ކުރަން ނޭނގެނީތަ ހަމަ؟

    44
  13. Anonymous

    80000 rufiya libey bayaku tibeyne gaanoon hadhaafa rahyithun bikakuran

    26
  14. hilaa

    vote eh nudheynan dhen

    33
  15. ތިމާ ވެށި

    ވަރަށް ރަނގަޅު ކަމެއް ދެރުފިޔާ އެއްނޫން ނަގަންވީ ކުޑަ ކޮތަޅަކަށް ފަސްރުފިޔާ، ބޮޑު ކޮތަޅަކަށް ދިހަރުފިޔާ ނަގަންވީ،

    4
    1
  16. ައަހުމަދު

    ވަރަށް ރަނގަޅު ކަމެއްތީ، ދެން ކޮމެމީހަކުވެސް ބާޒާރު ކުރަންދާއިރު ކޮތަޅު ހިފައިގެން ދާންވީ

    3
    1
  17. ސސ

    ގާނޫނުތަށް ހަދާއިރު ރައްޔިތުންނަށް ތުރާ ނުވާ ކޮންމެވެސް ޕުރެކްޓިކަލް ގޮތަކަށަ ގާނޫނުތަށް ހަދަން ނޭގެންޏާ ޕާލަމެންޓު ބަދަލުކުރަން ރައްޔިތުން އިސްނަގަންޖެހޭ.

  18. ޜަސުން

    ތިކަން މޮނިޓަކުރެވޭނެ އެއްވެސް ގާނުނެއް ވޯކެއް ނުކުރާނެ. ތިކަން ކުރަން ބޭނުމިއްޔާ ކޮތަޅު އިންޕޯޓް ކުރާފަރާތުން ތިނަގާއެއްޗެއްނަގާ. ވަރަށް ސަލާން
    "ވިޔަފާރިވެރިއެއް"

  19. ނަފްސާނީ

    ރައްއިތުން ލާ ކޮންމެ ނޭވާއަކަށް އަގުނަގާ ގާނޫނެއް ހެދިއްޔާ މާތާހިރުވާނެ ދުނިޔޭގަ ހުންނަން ބޭނުމިއްޔާ އަގުދައްކާނެ.