ސަރުކާރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކަންބޮޑުވަނީ މަޖިލީހުގައި ބޭކާރު ޝޯ ކުޅެން ނުލިބޭތީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، ބާރު ކަނޑުވާލާފައިވާ އިދިކޮޅުން ބުނުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

އެގޮތުން ރޮޒެއިނާ ވިދާޅުވީ، އާދަމް ޝަރީފްގެ އެވާހަކަތަކަކީ މަޖިލީހަށް އަލަށް ވަދެވިގެން އުޅޭތީ ހީވާ އެއްޗެއް ކަމަށާއި މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރާނީ ކޮމިޓީތަކުގައި ކަމަށާއި ތަޅުމުގައި ފޮނި އަނގަތެޅުން އެއީ މަޖިލީހުގައި ހިނގާ އެންމެ ބޭކާރު ކަންތައް ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ކޮމިޓީތައް ހިނގާ ކަމަށާއި މިހާރު ވެސް 20 ބިލެއްގެ މަސައްކަތް ކުރިއަށްދާއިރު މުއައްސަސާތާއެކު ބައްދަލުވުންތައް ވެސް ކުރިއަށްދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ދެން ކޮބާތަ މަސައްކަތް ހުސްވެފައި؟ ބޭކާރު ޝޯ ކުޅެން ނުލިބޭތީ ކަންބޮޑުވުން ތި އުޅެނީ. މަޖިލީހަށް ސިފައިން ވެއްދި މިނިސްޓަރު ތިކަހަލަ ވާހަކަ ދެއްކީމަ ލަދު" ރޮޒެއިނާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި ދައުރުގެ ޖަލްސާތައް މަސައްކަތް ނެތިގެން އަވަހަށް ނިންމާލާއިރު، ކަންބޮޑުވާ ވަރަށް ގިނަ މައްސަލަތައް މި ގައުމުގައި އެބަހުރި ކަމަށެވެ.

އެހެންނަމަވެސް އެ މައްސަލަތަކާއި ގުޅިގެން އެންމެ އެކަށިގެންވާ ގޮތެއްގައި މަޖިލީސް މަސައްކަތް ނުކުރާ ކަމަށާއި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށްފައި ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މަޖިލިސް ހިސޯރުކޮށްގެން ވެރިކަން ކުރުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ރީތި ހަމަތަކާއި ހިލާފު ކަމެއް ކަމަށެވެ. އަދި ސަރުކާރުން އުޅެނީ ރައްޔިތުންގެ އަޑު ކަނޑުވާލަން ކަމަށް ވިދާޅުވާ ވާހަކަ އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.

މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން މިއަދު ވެސް ޖަލްސާތައް ނިންމާލިއިރު، މިއީ މިގޮތަށް ޖެހިޖެހިގެން ނިންމާލަން ޖެހުނު ތިންވަނަ ޖަލްސާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    mi ee baykaaru show kulhay ekaku noonthoa

    26
    1
  2. އިސްޢާފް ސަލީމް

    ބަލަގަ! ބޭކާރު ޝޯވް ކުޅެވޭވަރަކަށް އިދިކޮޅަކު މެމްބަރުންނެއް ނެތެއްނު؟ 65 އެއްކޮޅުގައިތިބެ 9 މީހުން އަނެއްކޮޅަށް ކުޅޭނީ ކިހިނެއް؟

  3. މޯދީ

    މިދެން ކާކު ވާނުވާގަ ގިނަ ފަހަރު ހުންނަ މީހެއް ސިޔާސީ އޯވަރ ވެފަ ހުންނަނީ ލައިގެން ހުންނަ ދެގަނޑެތި ބޭލޭ އިރުވެސް ބައެއް ފަހަރު ނޭގޭ ގޮލައެއް

    • Anonymous

      ތިތާ ކުޅޭނީވެސް ޝޯނުންތޯ، ތިޔަތާ ތިބެނީވެސް މަގުމަތިން ހޮވޭބަޔަކު ނުންތޯ !

  4. ހުވަދޫ އަލިބެއްޔާ

    ރޮޒައިނާގެ އެހުރި ރީތިކަން މިހާރު ނެތް.. އަޚްލާޤް ނެތުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ..

  5. އަހުމަދު

    ތީހާދަ މަސައްކަތް ކުރާ މަންޖެއެކޭދޯ. މުސާރަ ކެވެނިކޮން އެނިމުނި.

  6. ސީނޭ

    މިއީ ފިސާރި ރަގަޅަށް ތަރުބިއްޔަތު ކޮށްފައިވާ އަންހެނެއް، އަޚުލާޤުގެ ކަންފުޅެއްވެސް ނެތް މީހެއް

  7. މުފައްކިރު.

    ބަލަގަ ކަމަނާ މިހާރު ތިއުޅެނީ އާކުކުޅަކަށް ގާބިހެއް އެޅިގެން. ގާނޫނު އަސާސީ އަށް ދެފައިން އަރާ އުޅުނު ޒަމާން ކޮބާ؟ ހޭވެރިވެބަލަ.