ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ، މަސްތުވާތަކެތި އަތުލައިގެންފައިވަނީ ބްރެޒިލް އިން ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

އޭނާގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ އޭނާ އާއި މެދު ޝައްކު ކުރެވިގެން ލެގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި އެއިދާރާއިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.064 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 10,000,000.00 (ދިހަ މިލިއަން) ރުފިޔާއަށް އަރާ ކަމަށާއި މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފައިވާއިރު، މިމަހުގެ 8 ވަނަ ދުވަހު ވައިގެ މަގުން އެތެރެ ކުރަން އުޅުނު 21 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި މިމަހުގެ 7 ވަނަ ދުވަހު ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން ވަނީ އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުލޯ

    ކީއްވެތަ ތިހާ ލަހުން ނޫހައް ތިކަހަލަ ވާހަކަ އަރަނީ؟

  2. ޟ

    Athulaigen hama market baa
    Madheinnuvey gaimu

    3
    1
  3. ސަމްސިއްޔާ

    ޝައްކުކުރެވިގެން؟؟ ކަސްޓަމްސް މީހުން ހާދަ މޮޅިއްޔޭދޯ އެހެންވީމަ.

    • ައަލީ

      ވަރައް މޮޅު ބައެއް ތީ

  4. ޖިންނި_®

    10،000،000 މިލިޔެން މިލިޔެން ކިޔޭނޭ ކަމެއްނެތް ޗަކޮޔާ. 2.6 ކިލޯގެ ކޮކަޑިއަށް 3،000،000 ލިބުނަސް ޝުކުރު. 2،000،000 އާއި 2،500،000 ދެމެދުގެ މަގުމަތީ އަގު ޗަތީ.
    މަގާތު އަހޭބަލޭ.
    ކިތައް * ނެރެން ކިޔެވިއްޖެ، މަށަކަށްނު އެނގޭނީ. މީ މީހަކު ކިޔޭއެއްޗެްނޫނޭ، މަށޭ މިބުނީ މަގޭ އަނގައިން، މަގޭ ދޫ ބޭނުންކޮށްގެން.

    ޗަހެރީ ސޭބޮވިފޭ