ޑރ. މުހައްމަދު ޖަމީލު އަހުމަދު ނައިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި އިރު އެމަނިކުފާނު ހިއްސާވާ ގޮތަށް ރާއްޖޭގައި ރިސޯޓުތަކެއް ހަދަން ފަޅު ރަށެއް ހޯދަން މަސައްކަތް ކުރެއްވި ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އިން ތުހުމަތުކޮށްފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޑރ. ޖަމީލު އެބޭފުޅާގެ އަރިސް ބޭފުޅަކު މެދުވެރިކޮށް ސީދާ ރައީސް އަބްދުﷲ ޔާމީނަށް ސިޓީ ފޮނުއްވި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޖަމީލުގެ އަރިސް ބޭފުޅާ ފޮނުއްވި ސިޓީގައި ބ.ހިބަޅިދޫއާއި، ބ.އަންހެންފުއްޓާއި، ބ.ފަރެސްއާއި ބ.މެންދޫއާއި ރ.ހުރަވަޅި އެތަނުން ކޮންމެ ވެސް އެއް ރަށް ރިޒޯޓު ހެދުމަށް ދިނުމަށް އެދިފައިވާ ކަމަށެވެ.

ވާހަކަތައް ދޮގު ކުރެއްވުމަށް ގޮން ޖައްސަވައި އަބްދުލް ރަހީމް ވިދާޅުވީ އެކަން ދޮގު ކުރައްވައިފި ނަމަ އެކަމާ ގުޅުން ހުރި އެހެން މައުލޫމާތު އާއްމު ކުރައްވާނެ ކަމަށެވެ.

ޑރ. ޖަމީލާއި ބެހޭ ގޮތުން މިފަދަ ވާހަކަތައް ފެންމަތިވެފައި މިވަނީ އިއްޔެ އިިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި، ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް އިންޑިއާގެ މައްޗަށް ޒިންމާތަކެއް ވާކަމަށް ޑރ. ޖަމީލު ވިދާޅުވެފައި ވަނިކޮށެވެ. އެ ވާހަކަތަކާ ގުޅިގެންވެސް ޑރ. ޖަމީލްއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފަސީ

    ނަސީބެއްނު ފަޅުރަށެއް ހޯދަންއުޅުނުކަން. ތިގެންގުޅުނު ފައިސާގަނޑު ހޯދަން އުޅުނު ނަމަ މިހާރު ފެންނާނީ ކަރުއަޅާފަ އޮއްވާ

  2. ޥަރަގަތު

    ޢަބުދުއްރަހީމު މައިތިރި ވެ ބަލަ

  3. ދދ

    މިހާރުންމިހާރަށްހައްޔަރުކުރަންޖެހޭ މިހެއް

  4. ސދސ

    ވީމާ ވިސްނާލާ ދެންތިއްބެވި ބޭފުޅުންގެ ހާލު.

  5. ނަގޫރޯޅި

    ތިބުނީ ހޯދަން އުޅުން އެއްޗެހީގެ ވާހަކަ. ކޮބާހޯދި އެއްޗެހިތައް މިސާލަކައް އދ. ދިއްދޫ އެޔޮއްބޮޑު ތުންޑިޔާމުޅިއެސަރަހައްދު 2016 ވަނައަހަރުންވެށިގެން 25އަހަރައްދީފަ އެއޮތީކާކައްބާ؟ އަދިއޮތީ ލިސްޓު ކުރިޔައް.

  6. ާފަރީދު

    ޢެއީ އެހާވަރެއްގެ ކަމެއްތަ އެވެސް ދިވެހި ރއްޔިތެކޭ...