އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމާއި ދެކޮޅަށް ރޭ އިދިކޮޅު ޕީޕީއެމް އިން ބޭއްވި ހިނގާލުން ހުއްޓުވަން ފުލުހުން އަނިޔާވެރިވީ، އިސްރާއީލް ސިފައިން ފަލަސްތީން ރައްޔިތުންނަށް އަނިޔާވެރިވާ މިންވަރަށް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސިފަ ކުރައްވައިފިއެވެ.

ދާދިފަހުން އިސްރާއީލުން މަރާލި ފަލަސްތީންގެ ނޫސްވެރިޔާ ޝީރީން އަބޫ އަޣުލާގެ ސަންދޯއް އުފުލި މީހުންނަށް އިސްރާއީލް ސިފައިން ދިން ހަމަލާގެ ފޮޓޯ އާއި ރޭ މާލޭގައި އޮތް ހިނގާލުން ހުއްޓުވަން ފުލުހުން ދިވެހިންނާއި ދެކޮޅަށް ބާރުގެ ބޭނުންކުރި ފޮޓޯތައް ސައީދު ވަނީ ޓްވީޓް ކުރައްވާފައެވެ.

އެފޮޓޯތައް ޓްވީޓް ކުރައްވަމުން ސައީދު ވިދާޅުވީ ދިވެހި ފުލުހުން ތިބީ އިންޑިއާ ދިދައިގެ ދިފާއުގައި ކަމަށެވެ. އެއަށްފަހު ދެން ސައީދު ސުވާލު ކުރެއްވީ ދިވެހިންގެ ކުށަކީކޮބައިތޯއެވެ. ދިވެހިންގެ ކުށަކީ އިންޑިއާ ސިފައިން ރާއްޖެ އިން ފައިބަން ބުނުންތޯ؟ ނުވަތަ ބޭތިއްބުންތޯ؟ ސައީދު ސުވާލު ކުރެއްވިއެވެ. އަދި ދިވެހިންގެ ކުށަކީ އިންޑިއާ އާއިއެކު ދިވެހި ސަރުކާރުން ވެފައި އޮތް ސިއްރު އެއްބަސްވުން ދައްކަން ބުނުންތޯ؟ނުވަތަ ފޮރުވުންތޯ ވެސް ސައީދު ސުވާލު ކުރެއްވިއެވެ.

ސުލްހަވެރި ހިނގާލުމުގެ ބައިވެރިން ހުއްޓުވަން ފުލުހުން މީހުންގެ ގަޔަށް ޕެޕަސްޕްރޭ ޖެހުމަށްފަހު ބިންމަތީގައި ދަމާފައި ބަޔަކު ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ރީޓްވީޓް ކުރައްވަމުން ސައީދު ވިދާޅުވީ ހާރިޖީ ސިޔާސަތު ގޯސްނަމަ އެކަން ފާހަގަ ކުރުމަކީ ދިވެހި ރައްޔިތުންނަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.

"އިންޑިއާ މިލިޓަރީ އައުޓް" ޖަހާފައިވާ ޕޯސްޓަރެއް ފުލުހުން ގޮސް ހަލާކުކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސައީދު ރޭ ޓްވީޓް ކުރެއްވިއެވެ. ސައީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު މިހާރު އޮތީ އުތުރު ކޮރެއާ އާއި އެއްފެންވަރެއްގައި ކަމަށެވެ.

ހިނގާލުމުގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅައި، ޕެޕަސްޕްރޭ ޖެހުމުން ދެއަންހެނަކަށް އަނިޔާވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޕީޕީއެމް އިން ބުނާ ގޮތުގައި ފުލުހުން ޕެޕަ ސްޕްރޭ ޖެހުމުން ދެއަންހެނަކު ވަނީ ހޭނެތިފައެވެ. އަދި އިތުރު ބައެއް މީހުންނަށް ވެސް އަނިޔާވެފައި ވެއެވެ.

ރޭގެ ހިނގާލުން ކަވަރު ކުރަން މަސައްކަތް ކުރި ނޫސްވެރިންނަށް ވެސް ފުލުހުން ވަނީ "ހޭއަރުވާލާނަން" ކަމަށް ބުނެ އިންޒާރުދީފައެވެ.

ރައީސް ސޯލިހް މިދިޔަ މަހުގެ 21 ވަނަ ދުވަހު ނެރުއްވި ރިޔާސީ ޤަރާރަކުން އިންޑިއާ އާއި ދެކޮޅަށް ވާހަކަދެއްކުން ވަނީ ކުށަކަށް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މަރީނާ

    ހާދަވަރަކަށޭ އިންޑިޔާ ދަށުވެފަ މިތިބީދޯ

    103
    2
  2. ހަވާސާ އިބޫ

    އިންޑިޔާ އެންބަސީންނޭ ސީޕީއަށައި ފުލުހުންގެ އެކުޓިވިސްޓުންނަށް މުސާރަދެނީ ޔާﷲ މިނުބައި ޖައްބާރުންގެ ކިބައިން މިގައުމާއި އިސްމާންދީން ހިމާޔަތކުރަށްވާންދޭވެ. އާމީން

    97
    3
  3. ދީނާ، ހިތަދޫ

    އެންމެ ބޮޑަށް ޑިމޮކްރަސީ އޮންނަ ޤައުމުތަކުގައި ވެސް ވަކިޤައުމަކާއި ދެކޮޅަށް ވަކި ޤައުމެއްގެ ރައީސަކާ ދެކޮޅަށް ނުރުހުން ފާޅުކުރުން މަނައެއް ނުކުރެއެވެ. ރާއްޖޭގައި މިއޮތް ޑިމޮކްރަސީ އަކީ މުޅިން އަލަށް އުފެއްދި އެއްޗެއްތާއެވެ. ދާދިފަހުން މޯޑީ ، ޖަރުމަނަށް ކުރެއްވި ދަތުރާ ދިމާކޮށް ޖަރުމަނުގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުން އިންޑިޔާގައި ޑިމޮކްރަސީ ނެތްކަމަށް ބުނެ މުޖާހަރާ ކޮށްފައިވެއެވެ. އެކަން ޖަރުމަނުން މަނައެއް ނުކުރެއެވެ.

    82
    1
  4. އަބުރާހީމު

    ފުލުހުން އިންޑިޔާ ދިފާއު ކުރަނީ އަކީ ނޫން ރާއްޖޭގެ އަމާން ކަން ދޖފާއު ކުރަނީ، ރާއްޖެ،އިންޑިޔާ ދިފާއު ކޮށް ދެކަށް ނުޖެހޭ، އިންޑިޔާ އެއަށް ވުރެ މާބާރު ގަދަ، އިނަޑިޔާ ،އާ އިޒުރޭލު ތި އެއްވަރު ކުރަނީ ޔާމީނަށް ކެންޕޭ ކޮށް ދެން ތޯ؟

    5
    19
  5. ނާދިރާ

    ފުލުހުން އެ ދަރަޱަޔަށް ވައްޓާލީ މި ބާޣީ ލާދީނީ ސަރުކާރުން

    14
    3
  6. ވާނުވާ

    މިގައުމު ލޫޓުވާލާ ރައްޔިތުން ގެ އެތަށް ރުފިޔާ އަކަށް ހަރާން ކޯރުވެ އަނިޔާވެރިކަން އިންތިހާއަށް އޮތް ޔާމީން ސަރުކާރުން އެކަންކަން ބަލައި ދިނުމަށް ރަށްޔިތުން މަގުމަށްޗަށް. ނިކުތީމަ ކަންތަށް ކުރިގޮތް މިހާ އަވަހަށް ހަނދާން ނެތުނީމަ ހިތާމަ ކުރަން އޭރުގަ ރައްޔިތުނަށް ދިން އަނިޔާއާ ގާތަށްވެސް މިހާރު މިގައުމުގަ އަނިޔާ ވެރިކަމެއްނެއް

    3
    12
  7. ދަރި

    އިސްރާއީލް އަނިޔާވެރިވަނީ އިސްރާއީލްގެނަމުގަތިބޭ ޔަހޫދީސިފައިން އިސްރާއީލަކީ މުސްލިމް
    ގައުމެއްނޫން އަދި ޔަހޫދީންނަކީ މުސްލިމުންނަށްހެޔޮއެދޭނެބައެއްނޫންކަންއެގޭ ވީމާ،މިގޮތަށް
    ބަލައިގަނެވޭ އަދި އިސްރާއީލާމެދުމުސްލިމުންޢަމަލުކުރަންވީގޮތްއެގޭ ނަމަވެސް މުސްލިމްގައުމެއްގެ
    ނަމުގައިމުސްލިމުންގެނަމުގައިތިބެ އަމިއްލައެދުމަށް ކުރާކަމެއްގެސަބަބުން ގައުމުގެ މިނިވަންކްގެއްލި އަޅުވެތިވާމަންޒަރު ބަލާކަށް ގައުމަށް ލޯބިހުންނަ މިނިވަންކަމަށްލޯބިހުންނަ
    ގައުމުގެ ދަރިންނުތިބޭނެ ޝަހީދުޢަލިރަސްގެފާނުއާ އުތީމު ބޮޑުތަކުރުފާނާ ދޮންބަންޑާރައިންގެ ކިބައިން ނަމޫނާނަންގަވާ ދިވެހިދަރިން ހުއްޓުވުވުމަށް އަނިޔާވެރިވާނަމަ
    އަމިއްލަގައުމުދޫކޮށް އެހެންގައުމެއްގެ ދިފާއުގައި ތިބޭނަމަ އިސްރާއީލައްވުރެވެސް ފެންވަރުދަށް

    10
    1
  8. Happy 1234

    ބަރާބަރު.. ސުކުރިއްޔާ ޕޮލިސް❤️

    1
    15
  9. ހެލޯ

    ގޭގަ ތިބޭނަމަ ދޯ..

    4
    10
  10. އަލީ

    ފުލުހުން ލަދެއްވެސް ނުގަނޭދޯ...

    6
    5
  11. ސލ

    ދިވެހިން ހައްޔަރުކޮށް އަނިޔާކުރަމުންދާއިރު އެމީހުންގެ
    ކުށަކީ ކޮބައިތޯއެވެ؟
    ރައްޔިތުން ގޮވާލަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށެވެ އެއީ ކުށަކަށް ވަނީ ކިހިނަކުން ތޯއެވެ؟

    13
    1
  12. Anonymous

    ދިވެހި ފުލުހުންނޭ ކަލޭމެން މުސާރޔާއި ތި ޔުނީފޯމު ދީގެން ތިބި ރައްޔަތުންނައް އަނިޔާ ތިކުރަނީ އިންޑއާ އައުޓ

  13. ޒާ

    އަހަރެމެންގެ ގައުމުގައި އަހަރެމެންނަށް އަނިޔާ ކުރާނީ އަހަރެމެންގެ ތެރެއިންވާ ބައެއްނޫން.

  14. އަސްވާނު

    އިންޑިއާ އާމީގެ ދިފާޢުގައި އަމިއްލަ ޤައުމުގެ މީހުންނަށް އަނިޔާ ކުރާމޮޔައިން، މިމީހުންނަށް އަހަރުމެންގެ ފައިސާއިން މުސާރަދީގެން މިތިބެނީ،

  15. އެއްނަމްބަރ ސައިންޓިސްޓް

    އިންޑިޔާގެ އަޅުވެތިކަމަށް ރާއްޖެ ހިނގައްޖެކަމަށް މައުމޫނު ، ޢިމްރާން ، ޤާސިމު ، ނާޒިމު ، އިލްޔާސް ، ނަޝީދު މިމީސްމީހުން އެބަ ޤަބޫލުކުރަން ޖެހެއެވެ. ބަޑިހިފައިގެން ނުކުމެ ރައްޖޭގެރައްޔިތުން މަރާ ، އިންޑިޔާގެ ކާފިއު ރާއްޖޭގައި ހިންގުމުގެކުރިން ޤަވްމު ސަލާމަތްކުރަން ނުކުންނަން އެބަ ޖެހެއެވެ. މި ޒިންމާއަކީ ޔަމީންއާ ޕީޕީއެމް ޕީއެންސީގެ ޒިންމާއަކަށް ހަދައި ދެކަންހުޅި ފިރުމަންތިބެގެން ވާކަށް ނެތެވެ.

  16. އާދަނު

    ޖަލުތައް ބޮޑުކުރޭ! އެހެންނޫނިއްޔާ ރޮލެއް ނުފިލާނެ. އިންޑިޔާއައުޓު ނުހުއްޓޭނެ! ހައްތަހާ ދާނީ އެއަޑުގަދަވަމުން ގޮވާމީހުންނާ އެއްވާމީހުންވެސް ދާނީ ގިނަވަމުން.

  17. މާވަށް

    ފަލަސްތީނުގެ ހައްގުގަ އަނގަ ހުޅުވަން ނުކެރޭމީހުން ކޮން އިސްރާއީލެކޭ ކިޔާކަށް

    4
    1
  18. ސސ

    ރާޖަޕަކުސްމެން ލަންކާ ދަރަންޏައް ގަންބާލިގޮތައް އިންޑިޔާއިން ދަރަނި ނަގަމުންގޮސް ގައުމު ކަރުތާފެނަށް ތިރިކޮއްފަތިބީމަ ދެން ޖެހޭނީ އިންޑިޔާ ގެ އަމުރުތަކަށް ސަރުކާރު ތަބާ ވާންނޫންތޯ.

    11
  19. ޙަޒާ

    ވެރިކަމުގައި ތިބެން ބޭނުމިއްޔާ އިންޑިއާގެ އޯޑަރަށް ތަބައުވާން ޖެހޭނެ.

  20. ާއަހްމަދު

    ޢާކަމެއްނޫންތީ،ވެރިކަމުގަ ތިބޭއިރު ކޮންމެ ޕާރޓީއަކަށްވެސް ފުލުހުން ވަރެށް ނޯވޭ.ވެރިކަން ގެއްލޭއިރަށް ފުލުހުން ޔަހޫދީންނަށް ވާނެ.އެކަމް މަވެސް ބޭރުބައެށްގެ އަޅުވެތިކަމުގަ އުޅޭތަން ބަލާކަށް ބޭނުމެށްނޫން

    6
    1