އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންދިއުމަށް ޝަރީއަތުން ނިންމައިފިއެވެ.

މި މައްސަލައިގާ މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ކުރިޔަށް ގެންގޮސްފައިވަނީ ހެކި ހުށަހެޅުމެވެ. އެގޮތުން ދައުލަތުގެ ފަރާތުން ލަމްހާގެ މައްޗަށް ކުރާ ދައުވާތަކަށް ދެ ފަރާތުން ވަނީ ހެކި ހުށަހަޅާފައެވެ.

މިގޮތުން ދައުލަތުގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ވަނީ ލަމްހާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ގުޅިގެން 110 ހެކި ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ހެއްކަކީ ޝަފަހީ ހެކިންނެވެ.

ދެން ދައުލަތުން ލަމްހާގެ މައްޗަށް އުފުލާފައިވާ ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ގުޅިގެން 18 ހެއްކެއް ދައުލަތުން ވަނީ ހުށަހަޅާފައެވެ. އަދި ލަމްހާއާއި ދެކޮޅަށް ކޮށްފައިވާ ތިންވަނަ ދައުވާ، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއާއި ގުޅިގެން ދައުލަތުން ވަނީ 18 ހެކި ހުށަހަޅާފައެވެ.

ދައުލަތުން ލިޔުމުން ތަފްސީލީ ގޮތެއްގައި ހެކިތައް ހުށަހަޅާ ސަބަބު ބަޔާންކޮށްފައިވާތީ އަޑުއެހުމުގައި ކިޔައިދީފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ލަމްހާ ވެސް ވަނީ 11 ދިފާއީ ހެއްކެއް ހުށަހަޅައިފައެވެ. އެގޮތުން މޭރީއާ މާވިންގެ ދަރިފުޅު އަބަދުވެސް ގެއަށް ގެނެސްގެން ބަލައިދޭކަން ސާބިތުކުރަން އޭނާގެ ގޭގައި ދިރިއުޅޭ ދެމީހެއްގެ ނަން ހުށަހަޅާފައިވާއިރު ފުލުސް އޮފިސަރުންނާއި އައިޖީއެމްއެޗްގެ މުވައްޒަފުންގެ އިތުރުން މޭރީގެ އޮޓޮޕްސީ ރިޕޯޓު ހެދި ދެ ޑޮކްޓަރުން ވެސް ލަމްހާގެ ދިފާއުގައި ވަނީ ހުށަހަޅައިފައެވެ.

ލަމްހާގެ ފަރާތުން ދިފާއީ ވަކީލު މިއަދު ވިދާޅުވީ ލަމްހާގެ ގެއިން ފެނުނު ބޭސްތަކަކީ ހަމައެކަނި އައިޖީއެމްއެޗްގައި ބޭނުންކުރާ ބޭސްތަކެއް ނޫން ކަމަށާއި އަދި އެ ބޭސްތައް އެތެރެ ކުރަނީ ހަމައެކަނި އެސްޓިއޯ މެދުވެރިކޮށް ނޫން ކަމަށެވެ. އަދި އެއް ބެޗް ނަންބަރުތަކެއްގެ ބޭސްތަކެއް އޭޑީކޭއާއި އަމިއްލަ ކްލިނިކްތަކުގައި ވެސް ހުރިކަން ސާބިތުކުރަން އެމީހުން މެދުވެރިކޮށް ވެސް މައުލޫމާތު ހޯދަން އެދިފައިވާ ކަމަށެވެ.

ފުލުހުން މެދުވެރިކޮށް ލަމްހާ ދިރިއުޅޭ ގެ ބަލައި ފާސްކުރި ކުރި ގޮތާއި ހޯދި ތަކެތި ސީލް ކުރި ގޮތް ސާފުކުރަން ބޭނުންވާ ކަމަށް ވެސް ދިފާއުން މިއަދުގެ އަޑުއެހުމުގައި ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ހެކިތައް ލިޔުމުން ހުށަހެޅުމަށް ދިފާއަށް ފުރުސަތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާވާނުވާ

    ކުށެއްނެއް މީހަކު ދުނިޔެއާ ވަކިކޮއްލި އިރު ނޭގެ ދޯ ތިހާލުގަ އުޅެން ޖެހިދާނެކަމެއް

    12
  2. ޅަރާ

    ވަގުތު ނޫހުގެ މެއިން ޕޭޖުންވެސް އިންޑިއާ އައުޓް ހަރަކާތާއި ބެހޭ އާޓިކަލްތައް ގެއްލިއްޖެ.
    ދެންވިސްނާލާ ގައުމުއޮތް ހާލަތު

    5
    3
  3. ނާޝިޒް

    ރީތި ރީތި ލަމްހާ ފާޑެއްގެ ބޭރު ސޮރަކާޖެހި މީހާގެ އަގުވެއްޓީ ދެދުނިޔޭން ގެއްލި ދިޔައީ ދޯ ހިތާމަ ހުރި ކަމެއް..

    5
    1
  4. އެނޮނިމަސް

    އެއްވެސް ހެއްކެއް ނެތަސް އެ ކިޔާ މަދަނީ މިންގަނޑުން ކުރިޔައް ގެންދަނީ. ހެކީގަ ހުރެދާނެ އެކައްޗެއް ރިޕީޓް ކޮއް ޖަހާފަވެސް، ދިވެހި ސަދޫމް ކޯޓްތަކުގެ ވާހަކަ އާ ދައުލަތުގެ ނުކުޅެދޭ ވަކީލުންގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ.

    2
    3
  5. އެޖެންޑާ19

    ކިހާވަރަކުން ދާނެބާ؟ މީނައަކީ އިބުރާހިމްގެ ރޯޔަލް ފެމިލީއަށް ނިސްބަތްވާ މީހެއްކަމަށް ރަށުތެރޭ ކިޔާ. ނިމޭއިރު މޭރީ ކުއްވެރި ނުވިއްޔާ ރަގަޅޭ.

    8
    2
    • ދަންޑަހެލުުު

      އިބުރާހިމު ފެމިލީގައި އާއިލާތައް ހަލާކުކުރާ ކަތުރުފަނި ލައްކަ ގިނަކަމަށްވޭ

      6
      2