ސްރީލަންކާގެ އާ ބޮޑު ވަޒީރު, ރަނިލް ވިކްރަމަސިންހަ އާއި ރާއްޖޭގެ ކުރީގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދާއި ދެބޭފުޅު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ލަންކާ އަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމާއި ގުޅިގެން އެގައުމުގެ ހާލަތު ވަނީ ގޯސްވެފައެވެ. އޭގެ ފަހުން އެ ގައުމުގައި މުޒާހަރާ އާއި ހަމަނުޖެހުންތައްވެސް ދަނީ ހިންގަމުންނެވެ.

ލަންކާގެ އައު ބޮޑުވަޒީރު ގައުމާއި ހަވާލުވެވަޑައިގެންނެވީ މިދިޔަ ހަފްތާ ހޯމަ ދުވަހު އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ލަންކާގެ ޑެއިލީ މިރާ އިން ބުނީ، ރައީސް ނަޝީދާއި، ބޮޑުވަޒީރު ރަނިލްއާ މަޝްވަރާތަކެއްކޮށްފައިވާ ކަމަށެވެ.

އަދި މި މަޝްވަރާތަކުގައި ލަންކާއަށް ބޭރުގެ އެހީތެރިކަން ހޯދައިދެއްވުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝިދު ވިދާޅުވި ކަމަށް އެ ނޫހުން ބުނެފައި ވެއެވެ. އަދި ރައީސް ނަޝިދުގެ އެ ހުށަހެޅުން ބޮޑުވަޒީރު ގަބޫލުފުޅު ކުރެއްވި ކަމަށްވެސް ވިދާޅުވި ކަމަށާއި، އެހީ ހޯދޭނެ މަސައްކަތްތައް ކޯޑިނޭޓް ކުރެއްވުމަށް ނަޝީދު ހަމަޖެއްސެވި ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.

އަދި ލަންކާއަށް ދިމާވެފައިވާ މި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް ނަޝީދު ނިންމެވީތީ ބޮޑުވަޒީރު ރަނިލް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މީގެ ހަފްތާއެއް ކުރިން ލަންކާއާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމާޝަލް ކްރެޑިޓަރުންނާއި ޓްރެޒަރީ ބިލްތަކަށް ލަންކާގެ ހުރިހާ ބޭރުގެ ދަރަންޏެއް ރީސްޓްރަކްޗާ ކުރަން ޖެހޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކަން ކުރަން ފެނިވަޑައިގަންނަވަނީ ގާނޫނެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

ފުރަތަމަ ސިޔާސީ ކަންކަމަށް އިސްކަންދީ ފަހުން އިގްތިސާދީ ކަންކަން ހައްލުކުރަން އުޅުމުގެ ބަދަލުގައި ބުއްދިވެރި ގޮތަކީ އިގްތިސާދީ ރޭވުމެއްގެ ވަށައިގެން ސިޔާސީ ހަމަޖެހުން ގާއިމުކުރުން ކަމަށް ވެސް މިއަދު ކުރެއްވި ޓުވީޓުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ތަންފީޒުކުރެވޭ އިގްތިސާދީ ރޭވުމެއްގެ ވަށައިގެން ސިޔާސީ ހަމަޖެހުން ބިނާކުރުމަކީ ހިކުމަތްތެރި ގޮތެއް ކަމަށް ފެނޭ އަދި އެއީ ސިޔާސީ ކަންކަމަށް ފުރަތަމަ އިސްކަންދީ އެއަށްފަހު އިގްތިސާދީ ކަންކަން ކުރުމަށްވުރެ ރަނގަޅު ގޮތެއް" އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ސޮނިބެ

    ލަންކާގެ ބޮޑުވަޒީރު ކަމައް މީނާއައްޔަން ކުރޭ

    29
    3
  2. އެެއެއެސް

    ނަސީދު ލަންކާ ވެރިކަމައް އަރާންވީ ތަ.

    30
    3
  3. ބުނަނީ

    ބޮޑަށް ރަނގަޅުވީސް އަމިއްލައަށް މެޑަލްޖަހާ ލަންކާ ރައްޔިތުންގެ ހީރޯއަކަށް ވުމަށްވުރެ، ރާއްޖެއިން ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ކޮށްދޭ ކަމަކަށް ތިކަންހެދިނަމަ

    22
    4
  4. ސސ

    އަމިއްލަ ގައުމަށް ލާރިޔެއް ހޯދަނުދެވޭ މީހަކަށް އަދި އެހެން ގައުމަކަށް އެހީ ހޯދަދެވޭނެތަ.

    39
    4
  5. ހަސަނާ

    ސްޓަންޓެއް ޖަހަނީ

    24
    4
  6. ކޮވިޑް

    ހޫމް.... ކަލެއަށް މިޤައުމުގެ މިނިވަންކަމަށް ވުރެ މުޙިއްމީ އެހެން ޤައުމުތަކަށް އެހީވުން. ކަލޭ ކީއްވާނީ މި ނުބައި ނުލަފާ ސަރުކާރުގެ ކިބައިން މި ޤައުމު ސަލާމަތް ކުރަން ދުނިޔެއަށް ގޮވާލިއްޔާ؟

    24
    3
  7. ޖާނޭ

    ސިޔާސީ ގޮތުން ބާކީވީމާ ދެންވެސް ގޭގައި މަޑު އޮންނަށް އާދަކޮށްބަލާށެވެ. ތިޔަ އުޅެނީ އައްޗީވެގެންނޭ. ތިޔައީ ފަހެ ވޯލްޑް ބޭންކްތޯ؟ އަމިއްލް ޤައުމުގެ ދަރަނި ބޮޑުވެ އިންޑިއާގެ އުގަށް ވެއްޓި ޤައުމު ދަރަނިވެރިވާ އިރު އެކަން ރަގަޅު ކުަރްން ނޭގޭ މީހުން އެހްނ ޤައުމުތަކުގެ ކަންކަމް ބެހުމަކީ ވަރަށް ހެއްވާ ކަމެއް. ތިޔައުޅެނީ ތިމާއަކީ ވަރަށް މަޤުބޫލު މީހެއްކަމަށް ދެއްކުމުގެ ގޮތުން ކަންދައްކަން އުޅޭ ބޮޑު ކޮހެއް.

    22
    3
  8. ރީދޫ

    މީދެން ކާކު

    22
    5
  9. އަހަރެން...

    ބޯނުބާނާ ދޭތެރެއެއް ނޯންނާނެ ދޯ... އަމިއްލަ އަށް ގުއިނުދޮވިގެ ން އުޅޭއިރުގަ އަމިއްލައަށް އެދިގެން މާމޮޅު މީހަކަށް ހެދިގެން އަދިވެސް އެހެންމީހުންނަށް އެހީ ހޯދަދޭ ން މީނާ މިއުޅެނީ... އިހަށް އަމިއްލަ ވަޒަނުގެ މީހުންނަށް ބޭރުގެ އެހީތަށް ހޯދައިދީބަލަ.

    21
    4
  10. ދފ

    މީކަލޭގެއަށް ހޯދައިދޭނީ ބޭރުފައިސާއެއްނޫން

    22
    4
  11. ސަލް

    އަމިއްލަ ގައުމަށް ފައިސާއެއް ހޯދަނުދެވޭ މީހަކަށަ އަދި ހިލޭއެހެން ގައުމަކަށް ކޮންފައިސާއެއް ހޯދަދެވޭނީ. ތިއޮތީ ލަންކާމީހުންނަށް އިތުރު ހަލާކެއް ކުރިމަތިވެފަ.

    11
    2
  12. 123321

    ގަރުނުގެ ބޮޑު ޖޯކަރު، ރަނިލް އައްވެސް އެގޭ ބޯހަމަނުޖެހޭ މީހެއްކަން، މަބޮޑޭ

    14
    2
  13. ޝޮކްތެރަޕީ

    އިންޑިޔާއާ ގުޅިގެން ޖަރީމާ ހިންގަން ތިއުޅެނީ.

    11
    2
  14. ބުރޮކޮލީ

    ހެހޭ މިހަރަ ބުރާންޗާ 3ލައްކަމީހުން ކިރިޔާ ހަމަވާ މިގައުމު ހިންގަންނެގި ދިރާގާ އެއާޕޯޓާ ފެންކުންފުންޔާ މާލޭންއެތަށްބިމެއް ވިއްކަލާ 3އަހަރު ހަމަނުވަނިސް އިސްތިއުފަދިފަ މިގައުމުމަށް ޓެރަރިސްޓް ހަމަލާއެއްދީ މުޅިގައުމު ހުޅުޖާ ފިލާގޮސް ގޮޑި ދުވި މަރުކޮހެއް ކިހިނެއް ލަންކާ އައަށް ލާރިހޯދޭނެ ގޮތެއް ހޯދެނީ ލަންކަ އިންޑިޔަ އަށް ވިއްކާލާ ވަޑާންގެ އެއް ހިންގަންނެގުނު މަރުމޯލެއް

    11
  15. ރަދީފް ހުސެން

    ތި އުޅެނީ ލަންކާގެ ހަރުމުދާތައް އިންޑިޔާއައް ވިއްކާލަން

    11
    1
  16. ފަލަސްތީން

    ކޮންކަމެއްތަ ކުރެވޭނީ؟ ހަރުމުދާ ވިއްކުން މިކަމުގަ ލައްކާޔައް ބޮޑެތި ގެއްލުންވާނެ.

    10
  17. މަބޭ

    ލަންކާ އިތުރު އަންދަވަޅަކައް ވައްޓާނުލިއްޔާ ރަންގަޅު

    12
  18. Anonymous

    ރަނިލް އަކީ އިންޑިޔާ އަޑީގައި އޮވެގެން ލަންކާ ގައި ހަމަނުޖެހުން ހިންގުވާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކޮށް ވެރިކަމަށް އަރުވާފައިވާ އިންޑިޔާގެ ޕަޕެޓެއް. އަންނިއަކީ ވެސް އޭގެ ޕަޕެޓެއް.

    10
  19. ރަބަރޭ

    ތިޔަކަލޭގެ ގެންގޮސް ލަންކާ ބޮޑުވަޒީރު ކަމުގައި ބާންދާދީ ހެޔޮނުވާނެ ރާއްޖޭގެ ރައްޔިތުން މިހާރު ބަލާނުގަންނަ މީހެއްމީ އަމިއްލެއަށް މަބޮޑޭވެގަނެގެން އުޅޭ

    11
    1
  20. އަލީ

    ދެން މަޖްލިސް ރައީސްކަން ކުރަނީ ކާކު؟ އިސްތިޢުފާދީފަ ތިކަމާއިގެން ލަންކާއަށް ހިޖުރަކުރައްވާ. ދިވެހިން މިހާރު މަނިކުފާނަން ނޫނެކޭ ބުނެފި. ޚުދު އަމިއްލަ ޕާޓީ މީހުންވެސް.

    14
  21. ބެއްޔާ

    ތިޔަ ކަލޭގެ އަކީ ގައުތަކަށްހުރި ބޮޑު ވަބާއެއް

  22. އަޕީ ލަންކާ

    ރަނިލް އަކީ އަހަރެން ވަރަށް ސަޕޯޓް ކުރާ މީހެއް

  23. ޟ

    ބީ ޕްރައުޑް އޮފް އަވާ ހީރޯ
    ޖެލަސީ ކިލްސް

    2
    2