މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން 3.50 ރުފިޔާ ބަހަން މިރޭ ފާސް ކޮށްފިއެވެ.

އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ތިން ރުފިޔާ ބައި ބަހަން ފާސް ކޮށްފައިވަނީ މިރޭ "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި އަހަރީ އާއްމު ޖަލްސާއިން ބައިވެރިވި 396 ހިއްސާދާރުންގެ ވޯޓުންނެވެ. މިއީ ބައިވެރިވި ހިއްސާދާރުންގެ 64 އިންސައްތަ ވޯޓެވެ. މި އަދަދު ނުފެންނަ ކަމަށް 257 ހިއްސާދާރުން ވަނީ ވޯޓު ދީފައެވެ.

އެމްޓީސީސީން ބޭއްވި އަހަރީ އާއްމު ޖަލްސާއަށް 5.6 މިލިއަން ރުފިޔާ ހިއްސާ ތަމްސީލް ކުރާ 556 ހިއްސާދާރުން ބައިވެރިވެފައިވެއެވެ. އެމްޓީސީސީން ހިއްސާގެ ފައިދާ ބަހާނީ މި ދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ ކުންފުުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އެމްޓީސީސީން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފައިވާއިރު، މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ޖުމްލަ 272 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ކުރިން 2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 191 މިލިއަން ރުފިޔާ ލިބި ހިއްސާއަކަށް ވަނީ ތިން ރުފިޔާ ބަހާފައެވެ.

މިޖަލްސާގައި ސަރުކާރުގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި މިދިޔަ އަހަރު ވެސް ތިއްބެވި ބޭފުޅުން އިންތިހާބު ކޮށްފައިވާއިރު، އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރަކަށް އިންތިހާބު ކޮށްފައިވަނީ 496 ވޯޓާއި އެކީ މުހައްމަދު އިމްރާން އާދަމްގެ އިތުރުން 462 ވޯޓާއި އެކީ ނަސްރަތު މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ކޮބާ އެމްޓީޑީސީ ހިއްސާ ބަހަނީކޮންއިރަކު

  2. އަހްމަދު

    272 މިލިއަންރުފިޔާގެ ފައިދާއެއްވީމަވެސް ހިއްސާއަކަށް އެންމެ3/50 ބަލާލަބަލަ އެސްޓީއޯ ކީއްތަވާނީ ތިޔައްވުރެ ރަނގަޅުއެއްޗެއްދިނިއްޔާ ރައްޔިތުން ތިބީހާދަހާލެއްގައޭ

  3. ޙަސަންބެ

    ކޮބާތަ ތިޔަބުނި ފައިދާގަނޑު؟؟