ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތް ފެށި، އަދިވެރިކަން ބަދަލުވިއިރު ވެސް ނިމެން ކައިރިވެފައި ހުރި ސީޕްލޭން ޓާމިނަލް ހުޅުވަން ތައްޔާރުވެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެތަނަށް ވަޑައިގެންފިއެވެ.

ސީޕްލޭން ޓާމިނަލް ހުޅުވަން ލަސްވެގެން ދިޔައީ ޓާމިނަލް އިން ޖާގަ ދޭނެ ގޮތްތަކެއް ރައީސް ސޯލިހްގެ ސަރުކާރަށް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުންނެވެ. ގިނަ ދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހު މިހާރު އެންމެ ފަހުން ޓާމިނަލްގެ ބޮޑުބައެއް ވަނީ ކުޑަ އަގެއްގައި ޓްރާންސް މޯލްޑިވްސް އަށް ދީފައެވެ.

ރައީސް އޮފީހުން މިރޭ ވިދާޅުވީ ރައީސް ސޯލިހް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) އަށް ޒިޔާރަތްކުރައްވައި، އެއާޕޯޓުގައި ހިނގަމުންދާ ތަރައްޤީގެ މަސައްކަތްތައް ބައްލަވާލައްވާފައި ކަމަށެވެ.

ރައީސް ސޯލިހް ވަނީ ވަނީ އެއާޕޯޓުގެ އައު ސީޕްލޭން ޓަރމިނަލް، ފަޔަރ ސްޓޭޝަން، ޕެސެންޖަރ ޓަރމިނަލް ބިލްޑިންގ، ކާގޯ ޓަރމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

އައު ސީޕްލޭން ޓަރމިނަލުގެ މަސައްކަތުގެ 99.9 އިންސައްތަ ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ރިސޯޓު ލައުންޖް އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓްއައުޓްގެ މަސައްކަތްތަކެވެ. އަލަށް ޤާއިމްކުރާ ފިޔުލް ހައިޑްރަންޓް ސިސްޓަމުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ބޭނުންކުރަމުންދާ ރަންވޭގެ ދަށުން ދާންޖެހޭ ފިޔުލް ހައިޑްރަންޓް ލައިން އެޅުމުގެ އިތުރުން ކޮމިޝަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.

ވީ.އައި.އޭގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފިއުލް ފާމުގެ 95 އިންސައްތަ މަސައްކަތް ނިމި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އިލެކްޓްރިކަލް އަދި ފަޔަރ ފައިޓިންގ ސިސްޓަމްތަކާއި، ސެކިޔުރިޓީ އާއި ސީސީޓީވީތައް ކޮމިޝަންކޮށް ޓެސްޓުކުރުން ހިމެނެއެވެ. މިއާއެކު ފިޔުލް ސިސްޓަމްތައް ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައިވެއެވެ. މި މަޝްރޫއުގެ ދަށުން ޤާއިމްކުރި ލޭންޑްސައިޑް ފިއުލިންގް ސްޓޭޝަންގެ މަސައްކަތްތައް ނިމިފައިވާއިރު، ކަރަންޓް ޓެސްޓު ކުރުމާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު މި ހިނގާ މޭ މަހުގެ ނިޔަލަށް މި ސްޓޭޝަން ބޭނުންކުރަން ފެށޭނެކަމަށް އަންދާޒާކުރެވެއެވެ.

އެއާޕޯޓުގެ ކާގޯ ޓާމިނަލުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ޓަރމިނަލުގެ އެތެރޭގެ ފެންސް ޖެހުމުގެ އިތުރުން، ފިނިޝިންގެ ބައެއް މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލްކުރުމާއެކު އައި.ސީ.ޓީ ނެޓްވަރކް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައި އެބަހުއްޓެވެ. ޓަރމިނަލް ފުރިހަމަކުރުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ދަތިކަމާއެކުވެސް ސެޕްޓެންބަރު މަހުގެ މެދުތެރެއަށް ޓަރމިނަލް ޓެސްޓުކުރެވި ކޮމިޝަންކޮށް ނިންމާލެވޭނެކަމަށް އަންދާޒާކުރެވެއެވެ. ޓަރމިނަލާއި އިންވެގެން ތަރައްޤީކުރެވެމުންދާ ކާގޯ ހާބަރުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ.

އައު ޕެސެންޖަރ ޓަރމިނަލް މަޝްރޫޢުގެ 30 އިންސައްތަ މަސައްކަތް ކުރިއަށްގޮސްފައިވާއިރު އެ ޢިމާރާތް އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު ބަދަލުތަކަކާއެކު މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެއާޕޯޓްގައި މިހާރު ވެސް ކުރިއަށް ދަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއުތަކެވެ. ނުވަތަ އޭރު ބަޖެޓް ހަމަޖެހިފައި ހުރި މަޝްރޫއުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޢަބޮ

    ކޮވިޑު ބޮއްބެ ބެލިޔަސް ސުކުރިންޔާ
    ރއސ ޔާމީނަ

    38
    3
  2. ގ

    މިފަހަރުވެސް ކީރިތި ކުރައްވާފަ ތިތަން ތަޅާލަން ނުބުނެފިއްޔާ ރަނގަރު.

    45
    3
  3. ރާއްޖެ

    ޓާމިނަލް ގެ 30% 4އަހަރުން ނިމުނީމާ އެއޮތީ ކި ސަރުކާރުގެ ސްޕީޑް އެނގެން.

    38
    3
  4. އަބޮ

    ސުކުރިންޔާ ރއސ ޔާމިން

    45
    4
  5. ނަރޭ

    ޝުކުރިއްޔާ ރައީސްޔާމީން ސީޕުލޭންޓާމިނަލްވެސް އަދި އިންޓަނޭސަނަލް ޓާމިނަލްވެސް ނިމުނީމަ ބަލައިލަން ސޯލިބޭގޮސްފަ އަނގައިން ކުޅުހިކުން ނޫންކަމެއްނުވާނެ މިގައުމުދުއް ތަރަށްގީގެ ބާނީ އަށް ޝުކުރިއްޔާ ފަށްފަށުން ޝުކުރުވެރިވަން 2023 ޔަގީން......... ޢިންޝާ ﷲ.

    47
    4
  6. ބަބުޅާ

    ސޯލިބޭ ކަލޭގެ ލަދުހަޔާތްކޮބާ ރިބަންކަޑަން ހަމަ އިންޓަނޭސަނަލް ދެންބުނޭ މަށޭ ހެދީ ޓާމިނަލް .

    39
    3
  7. ޔާމިން

    ބަލަ ޔާމިން ވެސް، ސޯލިޙް ވެސް ވެރިކަމަށް އަރަނީ ރައްޔިތުންނަށް ރައްޔިތުނގެ ފައިސާއިން ކަންކަން ކޮށްދޭނަމޭ ކިޔައި ރައްޔިތުން ކަިރީ ރޮއެ ހޭރިގެން. ތިތަނިން އެކަކުވެސް އެމީހެއްގެ ޖީބުން ލޯ ލާރިއެއްވެސް ޚަރަދެއް ނުކުރާނެ. ވީމާ ނޫސްތަކުގައި މިގޮތަށް ހެޑިންގ ޖެހުމުގެ ބޭނުމެއް ނެތް.

    10
    40
    • Anonymous

      ރައްޔިތުންގެ ފައިސާއިންވެސް ކަމަށް ނުކުރެވިގެންތާ މިއުޅެނީ

      31
      1
    • ކައުންސެލަރު

      ބަލަ އިސްތިއުފާ ދިން މީހާ ހުރިއިރުވެސް ދައުލަތުގަ ފައިސާ ހުރި. މިހާރުވެސް ލާރި އެބަހުރި. ކީއްވެ ރައީސް ޔާމީން ކުރިގެންދިޔަ ހެން މަޝްރޫއުތައް ކުރިޔަށް ނުގެންދެވެންވީ.

      16
      1
    • ލުޓޭރުންގެ ސަރުކާރު

      ރައްޔިތުންގެ ފައިސާ މިހާރުހުރީ އިބުރާހިމާ އޭނަގެ އަނބި މީހާ ދަތުރުކުރަން ބާކީހުރިބައި ގާތް މީހުންނަ ބައިއަޅަން..ދެންތިބެގެން ވައްކަން ކުރަނީ...ޖީބޭ އެބަކިޔައެއްނު ޖީބުގެ ވާހަކަނުދައްކާ މޑޕ ގުންޑާއިން ރައްޔިތުން ރުޅިއަރުވަން.

      16
      1
    • ކަންޒުކަހަބާއި މުސަޅު

      ރުޅިއަޔަސް ވައުދު ނުފުދި ބޮޑުތަނުން ލަސްވަންޏާ ރައްޔިތުން އެވާހަކަ ދައްކާނެ. ހުޅުލޭގެ މިހާރު ހިންގަމުންދާ ހުރިހާ ޕްރެޖެކްޓްތަކަކީ ރައީސް ޔާމީނުގެ ޒައާމަތުގައި ފަށާ ނިމި އަދި ފަށާ ނުނިމި ހުރި ޕްރެޖެކްޓް ތަކެވެ. މަސައްކަތް އަވަސް ކުރުން ފިޔަވައި އިތުރު ކަމެއް މިސަރުކާރުން ކުރާކަށްނުޖެހެވެ. މިވެރިކަމަށް 4 އަހަރު ހަމަވެގެންދާއިރު މިކަންކަން ނުވާތީ އެވާހަކަ ރައްޔިތުން ދައްކާނެއެވެ. މިތާގައި ރައްޔިތުންގެ ފައިސާއިން މަސައްކަތް ނުކުރާވާހަކައެއް ނުދައްކައެވެ. މިސަރުކާރަކީ ބޮޑުތަނުން ސްލޯ ސަރުކާރެކޭ ބުނެ ރައްޔިތުން ބަހުންކުރަމުންދާ މައުޒޫއެވެ. ރުޅިއަޔަސް އަދި ހިތައްތަދުވިއަސް ހަގީގަތަކީ މިސަރުކާރު ސިފަވަނީ ބޮޑުފަޅަ ކަންނެތް ކަންޒުކަހަބާކާއެވެ. ހުރިހާ ޝުކުރަކާއި ތައުރީފެއް ހައްގުވަނީ ކުރިގެ ރައީސް ޔާމީނަށެވެ. ކަންކަން ބަދަލުވެގެންދާގޮތް ބައްލަވާށެވެ. ވެރިކަން ކުރެއްވިއިރަށްވުރެން ރައީސްޔާމީނަށް ތާއީދުކުރައްވާ މީހުންގެ އަދަދު ބޮޑުތަނުން ދަނީ އިތުރުވަމުންނެވެ. ރައީސް ޔާމީނުގެ ލެގަސީއާއި ފިލޯސަވީ ފަހުންވާވަރަކަށް ތާއީދުދާނީ އިތުރުވަމުންނެވެ. އެއްޗެއްގެ މުހިންމުކަން ތަޖްރިބާ ކުރެވޭނީ އެއެއްޗެއް ގެއްލި ދިއުމުންނެވެ. ރައީސް ޔާމީނު ދެވަނަ ދައުރަށް އިންތިހާބު ނުވެވުނުކަމުގެ ހިތްދަތި ހިއުސާސް ރައްޔިތުނަށް މިއަދު ބޮޑުތަނުން ކުރެވެއެވެ.

      15
  8. ލިލީ

    މިހާރު ހިތައް އަރާނެ ތިމަންންޔަށް ވާނެބާވައޭ

    38
    3
  9. ޒަައިކް

    ސޯލިހުވެސް ހަދަން ވީ ގޮތަކީ ހުރިހާތަނެއްގަ ބިންގާ އަޅަންވީ ފައިބަމުން އޭރުން ދެން އަންނަ ބަޔަކު ކޮންމެ ކަމެއް ހަމަ ނިންމާއިރަށް މެޑަލް ޖަހާނި.. ޔާމީނުވެސް ބުރިޖާ ރަންވޭ ފިތަވާ އެއްތަނެއް ވެސް ނުނިންމާ ތިޔަ ޓާމިނަލުވެސް ރޮލަށް އޮތީ ހިޔާ ފުލެޓުގެ ކޮންކުރީޓު މަސައްކަތްވެސް ނުނިމޭ އެއްކޮށް.. ޕީޕީ ކުދިން މި ކިޔާ ގޮތަށް ވަންޏާ މުޅި ހުޅުމާލެއަކީ މައުމޫނު ހެދިތަނެއް.. ހުރިހާ ޕުލޭނެއްކޮށް ފުރަތަމަ ފޭސް ހިއްކައި އެކަން ފެށީ މަޢުމޫނު ވިއްޔާ.. ފޭސް ޓޫ އަކީވެސް މައުމޫނުގެ މާސްޓަރ ޕުލޭނެއް..

    5
    39
  10. އެސޮރު

    ޔާމިން ގެނައި ތަރައްގީފެނި ސޮނިވެއްޓިފާ

    41
    2
  11. ޙަަަހަ

    ތީނައަށް ތިތަން ފެނުނަސް ކުރާނެ ފައިދާއެއްނެތް ، ތަންދޮރު ނޭނގޭ މީހަކަށް ކޮލިޓީތަނެއް ދެއްކިޔަސް އަނގަ ތަންމިނަށް ހުޅުވައިގެން ބެލުން ދެން ކޮންކަމެއްކުރާނެ

    29
    2
  12. Anonymous

    ތިޔަ ތަނަށް ވަން މީހަކަށް ތިތަނުގެ ފުރިހަމަ ކަމާއި ހިތްގައިމުކަން އިހުސާސްކުރެވޭނެ..އަދި ޕްލޭނެއްނެތި ކުރާމަސައްކަތް ފުރިހަމަ ކަންވެސް އެގޭނެ.

    23
    2
  13. ރާއްޖެތެރެ

    މުޅި ރައްޖޭން ފެންނަނީ ރައިސް ޔާމިން ފެށި ކަންތައްތައް.

    25
  14. ބޮސް

    ވަގުތުމީހުން ހާދަވަރަކަށް ޔާމީނަށް ހުޝާމަދުކޮށްފަ ލިއުންތައް ލިޔަނީ. ފުކެއްބޮޑުވަރު. ތީއެކަމަކު މިނިވަންކަމާއެކު މަސައްކަތްކުރަންޖެހޭ ބައެއްނޫންތަ. ބަލަ ކަލޭމެން ލޮލަށްތިތިބީ އަނދުންއެޅިފަތަ. ނޫނީ ސިކުނޑިގޮވާފަތަ. ކަލޭމެންނަކަށް ނޭނގޭތަ ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް ތަރައްގީއަށް ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާންޖެހޭކަން. ކޮންމެމީހަކު ވެރިކަމުގަ ހުއްޓަސް ވެރިކަމުން ފައިބާމީހަކު ފަށާފައިވާ މަސައްކަތް ދައުލަތަށާއި ރައްޔަތުންނަށް ފައިދާއާއި ލާބަހުރި ގޮތަކަށް ކުރިއަށް ގެންދިއުމަކީ އޭރަކު ވެރިކަމުގަހުރި މީހެއްގެ މައްޗަށް ލާޒިމުކަމެއް. ޒިންމާދާރުކޮށް ނޫސްވެރިކަން ކުރަން ނޭނގެންޏާ ނޫސްވެރިކަންކުރަުން ހުއްޓާލަންފެނޭ. ޢިނގޭ ވަގުތު މީހުންނަށް މިކޮމެންޓް ޖަހަން ނުކެރޭނެކަންވެސް.

    26
    • ވާގޮނުސްކޮ

      ކެކެކް.... ހަޖަމުނުވީދޯ؟ ކަޑަނުވަންވީއެންނު؟
      ރ ޔާމީން ވަރުގެ ހިންގުންތެރި ކަންކުރަން އެނގޭ ރައީސްއެއް ހަމަނެތް.... ހަޖަމުނުވިއަސް ހަގީގަތް ބަދަލެއްނުވާނެ އަދި ނުވެސްކުރެވޭނެ. ދެން ލަލަލާ

      13
      1
  15. ގަދަންބެ

    ޔާމީން ސަރުކާރުގަފެށި ހާދަޕްރޮޖެކްޓެއް އެބައޮތޭ ހުއްޓުން އަރާފަވެސް އެޕްރޮޖެކްޓުތަކުގެ ވާހަކަވެސް ގޮވާލަބަލަ

    17
  16. އަޑެސަލޭ

    ގދ.ހަވަރު ތިނަދޫގައި ޔާމިނު ހިއްކާދީފަ އޮތް މާސިންގާ ބިމުން ގޯތިދޭންވެސް ރިޔާސީ އިންތިހާބުތެރޭގައި މި އުބޫ ވައުދުވިއެވެ. އެމްޑީޕީ ސަރުކާރެއްގައި ގދ.ހަވަރު ތިނަދޫއަށް ކޮއްދެވުނީ ކޮންކަމެއްހެއްޔެވެ ސަރުކާރު އިމާރާތްތަކުގަ ހުޅުޖެހުން ފިޔަވާ.

    21
    • ހަގީގީ ބައްޑާ

      އަގަފުޅާ ކޮށްފަ ޔާމިނަށް ބެވިއިރު ނޭގޭ ދޯ ސޯލިހުމެންނަކީ ތަނެއްދޮރެއް ނުދަންނަ ކަމެއް
      ކުރަންނޭގޭ ގަމާރުންތަކެއްކަމެއް މަޖުލީހު އިންތިހާބުވެސް މި ހިޔަޅުން ދިނީ ލާދިނީ ފަނާކުރަނިވި ހުޅުޖެހި ޕާޓީއަށްކަން ކެއްކޮށްލާ ދިވެހިންމީ ގަމަރުނތަ ނުނީ ޖާހިލުންތަ މިދަނީ 5އަހަރުވަމުން ދިވެހިނިކަމެތި ރައްޔިތަކަށް ކޮށްދިންކަމެއް މިގައުމަށް ވީފައިދާއެއް ލިބުނުހާލާރި ބައިއަޅާ ބަހާ ހުސްކުރުން ނޫންކަމެއްކުރިތަ ޔާމިނުބޮލުގަ ވަގުޓެގް އަޅުވާ މިމީހުން ގައުމު ފެރި އިންޑާއަށް ގައުމު ވިއްކާ ގައުމުފަނާކޮށް ލޫޓުވަމުން އެދަނީ ތިނަދޫއަށް ޔާމިނު 5އަހަރު ތެރޭކޮށްދިން ކަންތަކުގެބަދަލު ބޮލާލަޖެހީ ކޮންކަމެއް މި5 އަހަރު ތިރަށަށް މި ވަގުން ކޮށްދިނީ

      10
  17. ޙަބީބު

    ލަދުގެ ކަންފުޅެއްވެސްނެތް ޔާމިނު އަޅުއްވައި ދެއްވި ހަރުދަނާ ބިންގާތަކަކީ ހުއްޓުމެއްނެތި ދައުލަތުގެ ހަޒާނާޔައް އާމްދަނީ އޮހޭ ގޮތައް ކުރައްވާފަވާ ބުރަ އަގުހުރި މަސަތްކަތް ޑޮލަރުގެ ދަތިކަން ހައްލުކުރުމައް ދުނިޔޭގެ އެންމެ މުއްސަނދި ހޮޓެލްޗެއިންތަކާ ގުޅިގެން ވެލާ ޖޯލި އިތާފުށި ރިޒްކާލްޓަން ޕަޓީނާ ސޮނެވާ ޖާނީފަދަ އިތުރު އެތައް ރިސޯޓެއް ހުޅުވާ މިވެރިކަމުގަވެސް ހުޅުވަމުން އެބަދޭ ވިނަވިފުލެޓާ އެތައް ެެެެެެެެެެެެެެެެެ އެތައް ރަށެއްގެ އެއާޕޯޓު އެޅުމާއެކު 25 މިނިޓުން ދެވެހިސާބުގަ އެއާޕޯޓާ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮއް ދެމެހެއްޓެނިވި ގޮތަކައް ކުނިފަރުބަދަ ނުޖަހަ ނައްތާލުމާ މަގުތަކުގަ ތާރު އެޅުމާ ބުރިޖުގެ ފަސޭހަކަން ދަސްކޮއްދީ ލޯނު ނަގައިގެން ކަންކޮއްފަ ލޯނައްދައްކާނެ ފައިސާ ހޯދަން މިންނެތް މަސަތްކަތް ކުރެއްވީ ޔާމިނު ޔާމިނައް ޝުކުރިއްޔާ

    11
  18. އަލީ

    "އެއާޕޯޓްގައި މިހާރު ވެސް ކުރިއަށް ދަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއުތަކެވެ. ނުވަތަ އޭރު ބަޖެޓް ހަމަޖެހިފައި ހުރި މަޝްރޫއުތަކެވެ.
    ސީޕްލޭން ޓާމިނަލް ހުޅުވަން ލަސްވެގެން ދިޔައީ ޓާމިނަލް އިން ޖާގަ ދޭނެ ގޮތްތަކެއް ރައީސް ސޯލިހްގެ ސަރުކާރަށް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުންނެވެ. ގިނަ ދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހު މިހާރު އެންމެ ފަހުން ޓާމިނަލްގެ ބޮޑުބައެއް ވަނީ ކުޑަ އަގެއްގައި ޓްރާންސް މޯލްޑިވްސް އަށް ދީފައެވެ. "
    %5 މަސައްކަތް 5 އަހަރުން ކުރެވުނީމަ ހުންނާނީ ސަރުކާރު ހިނަގިފަ؟

    10
  19. މެޑަމް ފާތުން

    އަބަދުވެސް "ޔާމީނު" ކިޔާއިރު "ވަގު" ކުރިއަށް ލީމަ ފުރިހަމަވާނެ

    3
    13
    • ވާގޮނުސްކޮ

      ކޮންމެ އެއޗެކިޔަސް ރ ޔާމިން ހަަޖަމް ކުރައްވާނެ.
      ސަބަބަކީ ތިގޮވެލިފަތީގަ އެއްވެސް އޮއްޓަރެއް ނެތީމަ ހަގީގަތް އެކުލެވޭ އޮއްޓަރު ހުރި ގޮވެއްޔެނަމަ މިއަދު މާލެއާއި ހުޅުމާލެ އަދި އެއާރޕޯރޓްއަށް ބޫންކަނޑާފަ ކާރަކަށް އަރާގެ ދުއްވާލާފަ ނުދެވުނީސް. މައުމޫނަކަަށް އަންނިއަކަށް ،ޔާމީންގެ ފަސްއަހަރުގެ ދައުރުގަ ގެނެވުނު
      ތަރައްގީގެ 10 ޕަސެންޓް ވެސް ގެނެހެއް ނުދެވުނު. ތިތިބީގުއިރޯނުގަ ޖެހިއަވަދިވެ އަވަރުވެފަ. ޕޮހް

  20. Anonymous

    މައުމޫނު ފެއްޓެވި ބުރިޖުވެސް ޔާމީނު ނިންމި. ޝުކުރާ ރައީސް މަޢުމޫން

    3
    14
  21. ނާދިރާ

    ލަދެއް ހަޔާތެއް ހުރިނަމަ މިބޭ އިސްތިއުދާ ދިނީސް. ވެރިކަން ކުރަން ނޭނގުނަސް ބޭނިގަނެގެން އެބަ އޅޭ.

  22. މިރުސް

    އެއީ ޔާމީނު އަޅާ ގެއެއް ނޫނެއްނު؟ ޔާމީނުގެ ވެރިކަމުގައި ކިރިޔާ ކޮންމެ ކަމެއް ފެށުނީ ވެރިކަން ނިމުނީމަ އެއީ ދެން އަންނަ ބައެއްގެ މަސައްކަތެއް، ކީއްވެ 5 އަހަރުގައި ނުނިންމީ ބުރިޖު ނުނިމޭ، ހިޔާ ފުލެޓު ނުނިމޭ އެއަރޕޯޓު ނުނިމޭ، ދެން ކޮންކަމެއް ނިމުނީ؟