ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި މިރޭ އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދިޔަ ހިނގާލުން ރޫޅާލުމަށް މިރޭ ސިފައިން ވެސް ހަރަކާތްތެރިވެއްޖެއެވެ.

ޕީޕީއެމްގެ އޮފީސް ކައިރިއަށް މިރޭ ވެސް ޕީޕީއެމްގެ ސަޕޯޓަރުން އެއްވުމަށްފަހު އިންޑިއާ އައުޓް ބެނާތައް ހިފައިގެން ވަނީ މާލޭގެ މަގުތަކުގައި ހިނގަން ފަށާފައެވެ. ޕީޕީއެމްގެ ސަޕޯޓަރުން މަގުތަކުގައި ހިނގަން ފެށުމުން އެސްއޯ ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅައި ހިނގާލުމުގެ ބައިވެރިންގެ ގަޔަށް ޕެޕަ ސްޕްރޭ ޖަހާފައެވެ. އަދި އޭގެ ފަހުން ސިފައިން ވެސް ވަނީ ހިނގާލުން ރޫޅާލުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.

މިރޭ "އިންޑިއާ އައުޓް" ހިނގާލުން ރޫޅާލަން ސިފައިން ނިކުތީ ފުލުހުން ސިފައިންގެ އެހީއަށް އެދިގެން ކަމެއް ނުވަތަ ނޫންކަމެއް އަދި އެއްވެސް އިދާރާއަކުން ކަށަވަރުކޮށެއް ނުދެއެވެ.

އިންޑިއާ އައުޓް ލިޔެފައި އޮތް ދިދައެއް ހިފައިގެން ހުރި މީހަކު ފަހަތުން ސިފައިންގެ މީހަކު ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވީޓް ކުރައްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ސޯލިހާއި އެމްޑީޕީގެ ޑިމޮކްރަސީއަކީ މިއީ ކަމަށެވެ.

ފުލުހުންގެ އަނިޔާވެރިކަން ކުށްވެރި ކުރާކަމަށާއި މިހާރު އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ ސުލްހަވެރި އިހްތިޖާޖު ރޫޅާލަން ސިފައިން ވެސް ހަރަކާތްތެރިވާކަމަށް ސައީދު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި މިރޭ ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން ފުލުހުން ވަނީ ހަތް މީހަކު ހައްޔަރު ކޮށްފައެވެ. އަދި ފުލުހުންގެ ފަރާތުން އަނިޔާ ލިބިގެން ދެމީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ރޭ ކުރިއަށް ގެންދިޔަ ހިނގާލުމުން ވެސް ތިން މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް އެމީހުން މިއަދު ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނުވާނެ

    ދެންނެރޭނީ އިންޑިޔާ ސިފައިން ކަންނޭގެ

    91
    3
    • ހަސަންކުރުސި

      ވަރަށްބޮޑަށް އިންޑިޔާގެ ދަށުވެފަ

      56
    • ގ

      ގަދަ އޭ ދޯ ޕީޕީއެމް ކުދިން ކޮޅު! ސިފައިންގެ މީހާޔަށް ވުރެ ކުރިން އެހެރަ ދުވެލަނީ. އަޅުގަނޑު ޕީޕީއެމް ނޫނަސް މި ކުދިންގެ ހިތް ވަރަށް ސާބަސް ދެން. ހަދާން ވަނީ އެމްޑީޕީން ރައީސް މައުމޫން ވެރިކަމުގައި މުޒާހަރާ ކުރި ހަދާން. ނޯ ފްރީޑަމް މިހާރު. އަންނި ކޮބައި ތޯ މިހާރު؟

  2. ވެދިޔަތަން

    އެެެއީ ގައުމު ހިމާޔަތްކުރަން ތިބިމީހުން އެކަމު......

    75
    2
  3. އަހްމަދު

    ތިފެންނަނީ ފަލަސްތީނުގެ ޒުވާނުންފަތުން އިސްރާއީލްގެ ޔަހޫދީން ދުވާގޮތައް ދިވެއްސެގެފަހަތުން ދިވެހި ސިއިންގެމީހަކުދުވާ މަންޒަރު މިދެންބޮޑުވަރުކަންނޭގެ

    93
    4
  4. އިންޑިއާ އިން

    އިންޑިއާ މީހުން ތިބީމަ ގައިން ތަނެއް އުނި ވަނީބާ. އެހެން ގައުމުގެ މީހުން ވެސް ރާއްޖޭގައި އެބައުޅޭ. މީ ދެން ބޮޑު ވަރު.

    11
    121
    • Anonymous

      އިންޑިއާ މީހުންނެތް ނޫން، އިންޑިއާ ސިފައިން ތިބޭތީ ކަންބޮޑުވެގެން މިއުޅެނީ..

      73
      2
    • އަލީ

      ކަލެޔައް ތަންދޮރު ވަކިނުވަނީ ނޫނީ ވަރަށްވުރެ ޖާހިލީ!! ތީ އަސްލު ދީނާ ގައުމީ ފިކުރައްވުރެ ބޮޑައް ސިޔާސީ ފިކުރު ބޮލައްވަނީމަ ވާގޮތް!! ދެން ރަންގަޅުވާނެ އަންހެން ދަރީގެ ކަންކަން ބަލަހައްޓައިދޭށޭ ކިޔާފަ އެމަންޖެ ކޮޓަރިއް އިންޑިޔާ ފިފައިންގެ މީހަކު ލާފަ ބެހެއްޓިޔަސް... ހަމަ ބަރާބަރުވާނެ. އެހެންނުވާނީ!! މަ ތާއީދުކުރާ ފިކުރުވިއްޔާ...

      16
    • ވާނުވާސް

      ބޭފުޅާ އިންޑިޔާމީހުން ތިބެގެނެއް ނޫން. އިންޑިޔާ ސިފައިން. މިރާއްޖޭގަ ސިފައިން މަދީތަ؟ ވާނުވާއެނގޭނީ ހަބަރުތައް ކިޔާއުޅުނީމަ

      17
  5. ސޭމ

    އަސްލު އިންޑިއާ އައުޓު ކީމަ އަހަރެމެން އިންޑިޔާމީހުނާ އިދެގެންއުޅޭ މީހުންގެ ހައްގުވެސް އެބަގެއްލޭ އެކަމަކު އިންޑިޔާ ސިފައިން މިއިގައުމުންއައުޓޭ ކިއިދާނެ މުޅިއިންއިންޑިއާއައުޓޭކިޔަންޏާ ޔާމީނު އައުޓޭވެސްއަހުރެމެންވެސްގޮވާނަން

    5
    60
  6. ކޮލެޖް

    ޢިންޑިޔާ މޯދީ އަކީ މުސްލިމުންނަށް އަނިޔާކުޜަ ނުބައި ބައެއް އެހެންވެ އުދަގޫވަނީ. ޟަކަރުވެރި ބައެއް

    50
    1
  7. ކކ

    މަތް ﷲ ގަންދީ ހުވާކޮށްގެން ތިބީ ޖޮން ޤައުމެއް އަދި ކޮން ބަޔަކު ޚިމާޔަތް ކުރަންކަން މިހާރު އެނގި ހާމަވެއްޖެ

    48
  8. ރާއްޖެތެރެ

    މީ ވަރައް ކަޑަ ކަމެއް. މިސަރުކާރުގެ ހުދުމުހުތާރުކަން މިފެންނަނީ.

    51
    2
  9. ހަސަންކުރުސި

    ވަރަށްބޮޑަށް އިންޑިޔާގެ ދަށުވެފަ

    54
    2
  10. މމ

    ކަޅު ޞަފްޙާތަކުން މި ޤައުމުގެ ތާރީޚް ލިޔެވިއްޖެ

    51
    1
  11. އެމްބަސީ

    މިއަދު އެންބަސީ އިން ގައުމު ހިންގާއިރު ކުޅިބަލަން ތިބެ ،ތިމާގެ ޕާޓީ މީހުން ކުރާ ގޯސްކަންތައް ނުފެނި ގައުމު ފަލަސްތީނަށް ވެގެންދާތަން މިފެންނަނީ. މިގައުމުގެ ފުރިހަމަ ބާރު މިނިވަންކަން އޮޔާދާތަން ބަލަންތިބުމަކީ މާދަމާ ހިތާމަކޮށް ރޯންޖެހޭނެ ވަރުގެ ކަމެއް. ބައެއްގެ ޖީބަށްދާ ފައިސާގެ ނުފޫޒުގައި ، ބައެއްގެ ވރިކަން ދިފާއުކުރުމުގެ ބޭނުމުގައި މިކުރާ ކަންތަކަކީ ސީދާ އަދިރިއަދިރިން ގެ ތާރީޚު އިޔާދަކުރުން.ޔާހޫދީން ފަލަސްތީނަށް ބާރުފޯރުވީ ހަމަ މިހެން. ފާޅުކަން ބޮޑުގޮތެއްގައި އެމް.ޑި.÷ީ ގެ އެތެރޭގެ އިންތިކާބުގައި އަންނި ލިޔުނު ސިޓީ ،އިންޑިޔާގެ ކުރީގެ މިލިޓާރީ ،މީހުން ސިޔާސީ މިހުން ދައްކާފައި ހުރި ވާހަކަ ތައް އެހުރީ ފެންނަށް. ހާމަކަން ބޮޑޫކޮށް ދައުލަތުގެ މައި އެއާޕޯޓު އިންޑިޔާއަށް ވިއްކާލުން ޔާމީން ފެއިލްކޮށްލީތީ ސެލިއުޓުކުރަން. މަދަރީންނޭ ހޭ އަރާ. މަދަރީންނޭ މިކަމާއި ދެކޮޅަށް އަޑު އުފުލާ. މުޒާހަރާކުރަން ނުކުންނަ މީހުންނަށް ހިތްވަރުދޭން ވެސް ގައުމުގެ މިނިވަންކަމަށް އަޑުއުފުލަން އެބަޖެހޭ. ކޮމެންޓްކުރަން ޖެހޭ.ސޯޝިއަލް މީޑިއާގައި އަޑުއުފުލަން ޖެހޭ.ވިސްނާނީ އެމީހެއްގެ ސިކުޑިން.

    51
  12. އިއްސެ

    ސިފައިންގެ މީހެއްގެ ހައިސިޔަތުން ތިކަން ކުއްވެރި ކުރަން. ތީ ދަށުދަރަޖާގެ އަމަލެއް

    19
    1
  13. ﷲބިރުވެތިވޭއަނިޔާވެރި ޖައްބާރުންނާދުރައްދޭ

    އިންޑިޢާގެ ދިފާއުގައި ދިވެހިރައްޔަތުން މަރަންސިފައިންނާ ފުލުހުންނެރެގެން ތިހިންގާޖަރީމާ ހަމަމިހާރުންމިހާރަށް ހުއްޓާ ސޯހިހް މިގައުމުގެ ރައީސްކަމުން ބޭރުކޮށް ތަހުގީގް ކޮށްހައްގު އަދަބުދޭންޖެހޭ އެމްޑީޕީއަކީ އަނިޔާވެރިން ލާދީނީ މީހުންގެ ގޭގްއައްޑާއެއް

    19
  14. ދަށުވެ

    އިންޑިޔާއިން މިސަރުކާރު ނޭވާހޮޅިއަށް އަޅުވާލީދޯ. ބުރިޖު ނަހަދާދޭނަމޭ ބުނީތަ؟ 2023 އަށް އެއްވެސް އެހީއެއް ނުދޭނަމޭ ބުނީތަ

    20
  15. ޙަބީބު

    މިރެޔައްވެސް ތައްޔާރު މިރެޔައްވީ ދިދަވެސް ހުރީ ތައްޔާރުގަ ގެރިމޯދީގެ އޯޑަރައް ދިވެހި އަސްކަރިއްޔާ ހިސޯޜުކޮއްގެން ތިބި މީހުން ދެނެގަންނަން ރަނގަޅު ވަގުތެއްމީ

    15
  16. ނަމުންސޯލިހުކަމުންޖާހިލު

    ކަސްމީރުގަ އިންޑިޔާ ހިންގާޒާތު ޖަރީމާއެއް ފެނިގެން މިދިޔައީ މިނިވަންކަމައް ހޫރާލި ދިދަ ވީދާލާ ނައްތާލާ ހަގީގަތް އޮޅުވާލަން އުޅޭތަން ފެނިގެން މިދަނީ

    16
    1
  17. ކޮމެންޓް

    ކޮބާ އަދިވެސް ބުނާތި ތިމަންނަގެ ވެރިކަމެއްގަ މުޒާހިރާކުރާމީހުން ހައްޔަރެއް ނުކުރާނަމޭ މިނިވަންކަމާއެކު މުޒާހިރާކުރުމުގެ ފުރުސަތު ހަމަކޮންމެ ދިވެހިރައްޔިތަކައްވެސް އޮންނާނެއޭ ދޭން ކެރިއްޖެތަ ނުކެރޭނެ ބަހަކާޢަމަލަކާ ދިމައެއްނުވާނެ

    14
  18. އަސްތާ..

    ހެހެ.. އަތެއްނުވިދޯ؟ މިވަރުގެ އަންފިޓްމީހުން މިހާރުވެސް ގިނަވާނީ އެމްއެންޑީ އެފް އަސި ޕޮލިސްގައި. މަށަށް 100% ގެރެންޓީ ޗީފް ޝަމާލުވެސް އަދި އެމްސީ ހަމީދުވެސް މީހަކުފަހާ ދުވަންވެއްޖެއްޔާ މިހާވަރުންދާނީ.. ތަންކޮޅަކަށް ބާރަށްދުވެވިދާނެ ދެންހުންނާނީ ގުނބުހިލިފަ.. ލޮލް..

    14
  19. އަލީ

    "އިންޑިއާ އިން
    މެއި 20, 2022 01:42
    އިންޑިއާ މީހުން ތިބީމަ ގައިން ތަނެއް އުނި ވަނީބާ. އެހެން ގައުމުގެ މީހުން ވެސް ރާއްޖޭގައި އެބައުޅޭ. މީ ދެން ބޮޑު ވަރު.
    6 94"

    ވާނުވާނޭގޭ މޮޔަމީހާ އިސްރާއީލް ، އިންޑިއާ ޕާކިސްތާން ، މަލިކު ،... ބަލާދިރާސާކޮއްލުން މުހިންމު ، ކަލޭގެ ދަރިން މިގައުމުގައި އެފަދަބަޔަކާސްވާން ބެނުންވަނީބާ، އަދި ކައްވަޅުގައި އޮންނައިރު އެދަރިން ކުރާ ދުޢާގެސަބަބުން ވާނެގޮތް ވިސްނޭތަ.

    11
    1