ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފުލުހުންގެ ސްޕެޝަލިސްޓު އޮޕަރޭޝަންސްގައި މަސައްކަތް ކުރި ހަތަރު ފުލުހަކު ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހައްޔަރުކޮށްފައިވާ ހަތަރު ފުލުހުންނަކީ އެސްއޯގައި މަސައްކަތް ކުރަމުން ދަނިކޮށް މިމަހުގެ ތެރޭގައި އއ.ރަސްދުއަށް ފޮނުވާލި ހަތަރު ފުލުހެކެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު މާލެ ގެނައުމަށްފަހުއެވެ. އަދި މިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭވެސް ވަނީ އެސްއޯގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް އާއި އިތުރު ފުލުހަކު ހައްޔަރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަހުޅޫފު

    ބަޢާވާތް ކުރަން އުޅޭފަ ފިލީ ދޯ

  2. އަޙުމަދު

    އެހެންވެ މިކިޔަނީ ރާ ނުބޯށޭ ރނދޫ!

  3. މޯޑީ

    ދެން ޔާމީން، ވެރިކަމުގަ ބަހައްޓަން ބޭނުންވަނީ ކާކުބާ؟

  4. ޒަަމް

    ގައުމުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ތިބި ބަޔަކު ހެޔޮނުވާނެ މިހެން އުޅޭކަން. ފުލުހުންނާ ސިފައިންނަށް ހެޔޮ ވިސްނުންދެއްވާށި