ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ހަދަން އެންވަޔަރަ މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

މި މަރުކަޒރު ހެދުމަށް މިނިސްޓްރީން ތައްޔާރުވެފައިވާއިރު، މިހާރު މިނިސްޓްރީން ވަނީ އެކަމާ ގުޅޭ ގޮތުން އައްޑޫގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުންވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތަށް ހުޅުވާލާފައެވެ. ޝަކުވާއާއި ހިޔާލު ހުށަހެޅުމުގެ ފަހުގެ ތާރީހަކީ އަންނަ ބުރާސްފަތި ދުވަހެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ، "އެލިމިނޭޝަން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން ހަދާ މަރުކަޒުގެ ސާވޭ އަންނަ ޖުލައި މަހުގެ ތެރޭގައި ހަދާނެ ކަމަށެވެ.

މި މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އައު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައެވެ.

މިނިސްޓްރީން ބުނީ 1979 ގެ ކުރިން އުފައްދައި އައްޑޫ އަދި ފުވައްމުލަކަށް އެތެރެކޮށްފައި ހުރި ޕީސީބީ ހިމެނޭ 16 އާލާތެއް ތިމާވެއްޓާ ރައްޓެހި ގޮތަށް ނައްތާލުމަށް ބޭރު ފެސިލިޓީއަކަށް ފޮނުވުމުގެ ކުރިން އަލަށް ހަދާ މަރުކަޒުގައި ރައްކާކުރެވޭނެ ކަމަށެވެ. އެ މަސައްކަތް ނިމުމުން އެތަން ވާނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ފެސިލިޓީއަކަށެވެ.

އެ މަޝްރޫއަކީ ރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ލަނޑުތަނޑިތައް ހާސިލްކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަން ރީނދޫ

    މިދެން ކީހާ ދެރަކަމެއް. ނިޔުކްލިއަރ ރިއެކްޓަރ ތަކުން ދޫކޮށްލާ ފެނަކީ ވެސް ނުރައްކާތެރި ކުނި،އަދި ރިއެކްޓަރ ތަކުން ބޭނުން ކޮއްފަ ދޫކޮއްލާ ޔޫރޭނިއަމް ފަދަ ރައްޔިތުންގެ ސިއްހަތަށް އިންތިހާ ނުރައްކާ ބާވަތްތައް ހިމެނޭ. އައްޑޫ މި ހަދަނީ ދުނިޔޭގެ ގައުމުތަކުގެ ނުރައްކާތެރި ވޭސްޓް ޑަމްޕް ކޮއްލާ ގޮނޑަކަށް. ސާބަހޭ ޖީބަށް ޕައުންޑް ވައްދަނީ ތިގޮތައްތަ.

  2. އައްޑޫ ނިކަމެތި ރައްޔިތެއް

    ނުރައްކާތެރި ކުނި ރައްކާ ކުރަންވީ އެއްނުން މިސަރުކާރުގެ ހުރިހާ ވަޒީރުންގެ ގޭގޭގަ
    އައްޑޫ ރައްޔިތުން މަރަންވެގެން މިސަރުކާރުން މަކަރާއި ހީލަތުން ތިއުޅެނީ
    2023 ހަދާން ނައްތާލާތި
    މިތިބީ ވޯޓް ކަރުދާސްކޮޅު އަތުގައި ނުޖެހިގެން

  3. ޔަހުޔާ

    ބެލެވޭ ގޮތުން މިހާރު އެއުޅެނީ އައްޑޫ ރައްޔިތުން ނޭވާލާތީވެސް ކަންބޮޑުވެގެން އެކަން ހުއްޓުވަން . މި މީހުންނަކީ ނިކަން އަނިޔާވެރި ރަހުމެއްނެތް ބައެއް
    2023 ގެ ވޯޓް ހޯދަން ނާންނާތި