ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު، ސްރީ ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު ސިރިސޭނާއާއި ބައްދަލުކުރައްވާފައިވަނީ އެމަނިކުފާނު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ސިރިސޭނާއާއި ބައްދަލު ކުރައްވައި ނަޝީދު ކުރެއްވި ޓުވިޓުގައި ވިދާޅުވީ، ލަންކާ އަށް މިހާރު ދިމާވެފައިވާ އުނދަގޫ ހާލަތާއި ގުޅޭގޮތުންނާއި ލަންކާގެ ކުރިމަގަށް ހުރިހާ ޕާޓީތަކެއް ވެސް އެއް އަމާޒެއް ގެންގުޅުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ސިރިސޭނާއާއި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މިކަންކަމާއި ގުޅޭ ގޮތުން ރައީސް ނަޝީދު މަޝްވަރާކޮށްފައިވާއިރު، އެގައުމަށް ބޭރުގެ އެހީ ހޯދައި ދިނުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހާ ވަނީ ރައީސް ނަޝީދު އެމަސައްކަތުގެ ކޯޑިނޭޓަރެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.
ރައީސް ނަޝީދު ކޯޑިނޭޓަރަކަށް ހަމަޖައްސާފައިވަނީ އެމަނިކުފާނަށް އެކަމަށް ހުށަހެޅުއްވުމުންނެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާއާއި ގުޅިގެން ކާބޯތަކެތީގެ އިތުރުން ތެލާއި ގޭސް ހޯދުމުގައި ވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެގައުމުން ތެޔޮ ހުސްވެ ބައެއް ހިސާބުތަކުގައި ކަރަންޓުގެ ހިދުމަތްތައް ވެސް ދެމުން އަންނަ ކުޑަ ވަގުތުކޮޅަކަށެވެ.
މިދަތިތަކަށް އެގައުމުގެ ސަރުކާރަށް ހައްލެއް ހޯދައި ނުދެވިފައިވާތީ ގިނަ ރައްޔިތުން އަންނަނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.
ދެން ފެނޭ ންށީދު ލަންކާ ވެރިކަމައް ކުރިމަތި ލުމައްް
ހާދަހާބޮޑު ސިޓީއުރައެއްހިފައިގެން ތިދިޔައީ.