އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުން މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމުގެ މަސައްކަތް އިންޑިއަން އެޖްޒިމް ބޭންކުގެ ފަރާތުން މިއަދު ފަށާފައިވާ ކަމަށެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީ ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާއި އެކުގައި ޕެސެންޖާ ޓާމިނަލްގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއް ވެސް ޢިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި އެއާޕޯޓަށް ބޭޏުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރެވިގެން ދިއުމުގެ އިތުރުން އެއާޕޯޓޫގެ މަގުތައް ތަރައްގީ ކުރެވި ޕާކިން ސަރަހައްދެއްގެ އިތުރުން އެއާޕޯޓުގެ ތަރައްގީއަށް ބޭނުންވާ އެހެނިހެން ގިނަ ކަންތައްތަކެއް ވެސް މިމަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމަށްވާއިރު އެ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްޤީއަށް ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން އެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިޤްތިސާދު ފުޅާކުރުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުނިގޮނޑު

    އައްޑޫ ތަރައްގީ ކުރަނީ ޔޯ ނަމުގައި
    އެކަމަކު އެތަން ކުނިގޮޑަކަށް ހަދަން މިހާރު އެއުޅެނީ

  2. މަރީ

    ވޯޓު ކައިރިވޭ އެބަ.

  3. އައިހޭޓްޕޮލިޓިކްސް

    ކޮންމެ ވެރިކަމެއް ނިމެންކައިރި ވާއިރަށް މިކަހަލަ ވާހަކަތައް އަޑުއިވޭނެ. ކޮންމެ ޕްރޮޖެކްޓެއްވެސް އަވަސް އަވަހަށް ތެޅިފޮޅިގެން ވޯޓުހޯދަން ވާއިރަށް ނިންމާލަން.
    ދެން އަންނަ އަހަރު އެ ކުރިހާ މސައްކަތެއް ފެނައްވެ ހުރިހާ ދުއްޕާނެއް ޖެހޭނީ ރައްޔިތު މީހާއަށް. އަނެއްކާ އަނެއް ދައުރު ނިމެންދެން ރައްޔިތުން އުޅެންޖެހޭނީ ވެރިންކާރީ އާދޭސްކުރަން

    10
  4. ބޭރި

    ވޯޓު ކައިރިވާވަރަކަށް އަހުދާ ވަހުދު ކުރާނެ އެކަމަކު އާހިރުގައި ވެންޓިލޭޓަރަށް ވީވަރުވެސް ނުވާނެ ޔާމީން ވޯޓު ކައިރިވާވަރަކަށް އުމްރާނީ ތަރަށްގީ ފަށަނީ އިއުލާންކުރުމެއްނެތި މިސަރުކާރުން 5 އަހަރު ނިމުނުއިރުވެސް މަގޫދަޑިން ބުރިއްޖެއްވެސް އަޅައިނުދެވުނު އަބަދުވެސް ހިތުގަ އޮންނަނީ އިންޑިއާ އިންޑިއާ........ ޢައުޓުކޮށްލާނަން މިފަހަރު ވޯޓުން.

  5. ނަސީމް

    ޢައްޑޫ އެއަރޕޯޓް އެއޮތީ ވަރަށް ބޮޑަށް ތަރައްގީ ވެފަކަމަށް އަހުރެން ދެކެން. މިހާރު ހަމަ މިހާރު އެހުރީ. މިހާރު އެހުރީ ފުލުސް ކޮލެޖެއްވެސް ހުޅުވިފަ. މިކަން އަހުރެން ގަބޫލު ކުރާނޫއެވެ. ފުލުސް ކޮލެޖް ކޮބާ މައްސަލް ނެތީ. މުޅިއަތޮޅު ބްރިޖުން ގުޅާލާނެ.