އިންޑިއާ އައުޓް ކެމްޕޭން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކުރަން ފުލުހުން އަނެއްކާ ވެސް ކޯޓު އަމުރެއް ހޯދައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު، ހީނާ ވަލީދު "ވަގުތަށް" ވިދާޅުވީ، ކޯޓު އަމުރު ހޯދުމަށްފަހު މުހައްމަދު އިސްމާއީލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށް ހީނާ ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހިންގުމުގައި އިސްކޮށް އުޅޭތީ މިދިޔަ ބުދަ ދުވަހު ވެސް މުހައްމަދު އިސްމާއީލް ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭރު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓު އަމުރާއި ހިލާފަށް ހައްޔަރު ކޮށްފައިވާތީ ދޫކޮށްލާފައެވެ.

ފުލުހުން ބުނެފައިވަނީ މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައި ވަނީ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ޤައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިސްމާޢީލް

    ކަލޯމެން ތިގޮތައް ކިތެއްމެ ކޯޓު އަމުރެއް ހޯދައިގެން މެންބަރު މުޙައްމަދު އިސްމާޢީލް ހައްޔަރު ކުރެވިދާނެ. އެކަމު "އިންޑިއާ އައުޓ" މި ބަސް ހައްޔަރު ކުރާނެ އަމުރެއް ދެވޭނެ ކޯޓެއް ނެތް. ވީމާ ތިކުރަށްވަނީ ބޭކާރު ކަމެއް މިއަޑު( "އިންޑިއާ އައުޓް" ) ކަނޑުވައެއް ނުލެވޭނެ މަންޒިލަށް ވާސިލުވުމުގެ ކުރިންނެއް. އިންޝާ ﷲ

    57
    2
    • ަަށވޔަނިބ

      ދޫބަންދު ކުރަންވީ އޭރުން ހުއްޓޭނެ

      11
      1
  2. ބޯދިގުޒައީމް

    ދިވެހިރައްޔިތުން ހިފާހައްޔަރުކޮއް ޖަލައްލުމައް އެއްމެގިނަ ކޯޓްއަމުރުހޯދުމުގެ ރިކޯޑުމުގުރާލި ސަރުކާރު އަދިރާއީސް ގާނޫހަދާމަޖިލީހުގަ ބޯހުދުވަންދެން މަސައްކަތްކުރުމުމުގެރިކޯޑު ހަދާފަ ހުރިމީހާކު ވެރިކަމައްއާދެމުނީމަ މިވީއިންޑިއަންއޯޝަން މުގާބެއައް ރައްޔިތުންފެލާލަނީ ޓެކުސް އިންފުލޭޝަން ވައްކަން އެހާމަތި ކަޅުދަބަހަކުން އުފަންވި ވާނުވާ ނޭގޭ ވެންޓިލޭޓަރުތައް މިސަރުކާރުގަ

    14
  3. ވގ ޔނ

    ބައެއް ކުއްތާ އަބަދުވެސް ގެންގުޅެންޖެހޭނި ކޮށީގަ އެއީ އެސޮރުމެން މީހުންނައް އަނިޔާކުރާތީވެ